Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫއެން ނަމޫނާ ޖަލްސާ

ޔޫއެން ޖަލްސާ އަހުމަދިއްޔާ ހޯލުން، ވަރަށް ތަފާތު!

މި ބައްދަލުވުމުގައި ދަރިވަރުން ވަނީ 63 ގައުމު ތަމްސީލުކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 12:40
އދ. އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުން

އދ. އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުން

ދުނިޔޭގެ ފެންވަރުގައި މުހިންމު ނިންމުންތައް ނިންމާ އެއް ތަނަކަށް ވާނީ ހަމަ ގައިމުވެސް އދ. ގެ އާންމު މަޖިލީހެވެ. މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސަކަށް ހުންނެވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ދުނިޔޭގެ ބޮޑެތި ނިންމުންތައް ނިންމާ މަޖިލީހެއްގެ ރައީސަކަށް ރާއްޖޭގެ ވަޒީރަކު އިންތިޚާބުވުން ވެގެންދިޔައީ ދިވެހިންނަށް ދުނިޔޭގެ އެންމެ އުހަށް ދެވޭނެ ކަމުގެ އުންމީދު އައު ވެގެން ދިޔަ ކަމަކަށެވެ. ކުރިއަށްދާން މަސައްކަތްކޮށްފިނަމަ ކޮންމެ ހިސާބަކަށްވެސް ދެވިދާނެ ކަމުގެ އުންމީދު އާލާވިއެވެ.

އަދި މިކަން ނަމޫނާއެއްގެ ގޮތުގައި ބަލައިގެން އެހިސާބަށް ވާސިލްވުމަށް މަސައްކަތްކުރާނެ އެއް ބަޔަކަށް ވާނީ ހަމަ ގައިމުވެސް ބޮޑުވަމުން އަންނަ ކުދިންނެވެ. ހިތްވަރާއެކު މަސައްކަތްކުރާނަމަ ކާމިޔާބަށް ވާސިލްވާނެ ކަން މިއަދު މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. މިކަމުން ބޮޑުވަމުންދާ ޖީލަށް އައު ހިތްވަރެއް ލިބިފައިވާކަން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ވަނީ ދައްކުވައިދީފައެވެ. އެ ސްކޫލުން އިންތިޒާމުކޮށްގެން، އެ ސްކޫލްގެ 7 އަދި 8 ގައި ކިޔަވަމުންދާ ދަރިވަރުންގެ ބައިވެރިވުމާއެކު ވަނީ އދ. އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުުމުގައި އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުން ވަނީ ދުނިޔޭގެ 63 ގައުމެއް ތަމްސީލުކޮށްފައެވެ. ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ އެ ސްކޫލްގެ ގްރޭޑް 11 ގައި ތައުލީމު ހާސިލްކުރަމުންުދާ އަންޖަލް މުހައްމަދު އަގީލެވެ. ނާއިބުރައީސަކީ ގްރޭޑް 11 ގައި ތައުލީމު ހާސިލްކުރަމުންުދާ އާދަމް ނާއިޝް ނަސީމެވެ. ސެކްރެޓަރީ ޖެނެރަލަކީ، ގްރޭޑް 11 ގައި ތައުލީމު ހާސިލްކުރަމުންދާ މަރިޔަމް ނައިސަމް ސައީދެވެ. މި ބައްދަލުވުމުގައި 63 ގައުމު ތަމްސީލުކުރި ދަރިވަރުންވަނީ އެ ގައުމުތަކުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ވަހަކަދައްކާފައެވެ. އަދި 33 ގައުމަކުން ވަނީ އެ ގައުމުތަކުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ކަރުދާސް ހުށަހަޅާފައެވެ. މި ކަރުދާސްތައް ތައްޔާރުކޮށްފައިވަނީ އެ ދަރިވަރުން އަމިއްލައަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށްފަހުއެވެ.

މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކެޓްރީ އަބްދުލްޣަފޫރު މުހައްމަދެވެ. އޭނާ ވަނީ ދަރިވަރުންގެ ފަރާތުން އެހާ ފުރިހަމައަށް އދ. ގެ އާންމު މަޖިލީހުގެ ކަންކަން ދައްކުވައިދިނީތީ އެކަމަށް ތައުރީފުކުރައްވާފައެވެ. އަދި ކުރިއަށްއޮތް ތަނުގައި އެ ދަރިވަރުން ފޮރިން މިނިސްޓްރީއާ ގުޅޭނެ ކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ ޚިދުމަތަށް އޮތީ ފާގަތި ކުރިއެރުމެއް ކަމުގައި ގަބޫލުކުރައްވާކަމަށް ފޮރިން ސެކެޓްރީ ވިދާޅުވިއެވެ. ގައުމުތައް ތަމްސީލުކުރައްވާ ދަރިވަރުން ދީފައިވާ ސްޕީޗްތަކުގައި އެގައުމުތަކުން ކުރިމަތިލަމުންދާ ބޮޑެތި ކަންކަން ފާހަގަކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔަވަގުތު ގައުމުތައް ތަމްސީލުކުރި ދަރިވަރުންގެ ބެލެނިވެރިންނަށް އެހެން މާލަމެއްގައި ތިބެގެން ޖަލްސާ ބެލޭނެ އިންތިޒާމު ސްކޫލުން ވަނީ ހަމަޖައްސައިދީފައެވެ. ދަރިވަރުންގެ ބަހުގެ ހުނަރު ކުރިއެރުވުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންތައްތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ބޭއްވި މި ބައްދަލުވުން ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައިވުމާއެކު އެ ސްކޫލްގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެކި ހަރަކާތްތައް ކުރިއަށްގެންދިއުމެވެ.

ސްކޫލަކުން އިސްނަގައިގެން މިފަދަ ހަރަކާތެއް ކުރިއަށްގެންދިއުމުން މިކަމުން އެންމެ ބޮޑަށް ދައްކުވައިދެނީ ސްކޫލްތަކުންވެސް ދަރިވަރުން މިފަދަ ކަންކަމަށް އަހުލުވެރިކުރުވުމަށް ދޭ އަހައްމިއްޔަތުކަމެވެ. އަދި މިއީ ޖިންސީ ހަމަހަމަކަން ގާއިމްކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ޒަމާނަކަށް ވާއިރު، އަހުމަދިއްޔާ ސްކޫލުން ބޭއްވި އދ. ގެ އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުމުގައި ޖަލްސާގެ ރިޔާސަތުގައި އަންހެން ދަރިވަރަކު އިނުން ވެގެން ދިޔައީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް ކަމަކަށެވެ. އަންހެނަކަށްވެސް އެފަދަ މަގާމަކަށް ދެވިދާނެކަން މިކަމުން ދައްކުވައިިދިނެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރަންޖެހޭ: ސާޖިދާ

މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރަންޖެހޭ: ސާޖިދާ

07 ސެޕްޓެމްބަރު 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު