Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޔާމީންގެ ޖަލު ހުކުމް ބާތިލް ކުރުން

މުޖުރިމު ޔާމީނު "ބޭއިއްޒަތުބަރީ"

ރައީސް ޔާމީނު މަނީލޯންޑް ކުރިކަމަކަށް ނުވި

އ.މ.ޔ
އ.މ.ޔ | 30 ނޮވެމްބަރު 2021 | އަންގާރަ 12:34
ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ

ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ

ކޮރަޕްޝަނަކީ ރާއްޖޭގައި ކުށެއް ނޫން ކަހަލައެވެ. ބާރާއާރު ލިބުމުން ހިތުހުރި ކަމެއް ކޮންމެ މީހަކުވެސް ކުރަމުން ގެންދިއުން އޯކޭ ވެއްޖެ ކަހަލައެވެ. ބާރު ހުރި މީހެއްގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވުމަށް އުންސުރު ހަމަވާކަމަކަށް ނުވެއެވެ. ޤާނޫނުތަކާއި އުސޫލުތައް އެކުލަވާލާ ތަރުތީބުވެފައި އޮތީ ވަގުން ވައްކަން ކޮށްގެން މިނިވަންކަމާއެކު އުޅެވޭ ގޮތަށޭ ހީވެއެވެ. ބާރުވެރިކަމުގައި ތިބޭއިރު ކުރާ އެއްވެސް ކަމަކީ ކަމެއްނޫން ކަހަލައެވެ. ބަޔަކު މޮޔައެއް ނުވާނެ ހެއްޔެވެ. ރޯމާދުވާލު ލޯތަކުގެ ކުރިމަތީގައި ފާޅުކަން ބޮޑުގޮތެއްގައި ޖަރީމާ ހިންގާ މުޖުރިމުން ކޯޓުތަކުން ނިކުމެގެން އެތިބަ އަންނަނީ ފިސާރި މައުސޫމުންނަށް ވެގެންނެވެ. ގާނޫނެއްގެ ނުވަތަ އުސޫލެއްގެ ދެފޮޅުވަތް ދޭތެރެއިން ހޯދާ ދޫމަޅިއެއްގެ ތެރެއިން ދެމިގަނެގެންނެވެ.

ނިކަން ދެކިބަލާށެވެ. ރައީސް ޔާމީނު ވެސް މަނީލޯންޑް ކުރިކަމަކަށް ނުވިއެވެ. ދަތް ދިލުވައިގެން މީހުންގެ ކުރިމައްޗަށް އޭނާވެސް ނިކުންނާނެއެވެ. ލަދެއް ހަޔާތެއް ނެތިއެވެ. ދިމާލަށް ސާބިތުވެ ފެންނަން އޮތް އެތައްކަމެއް އޮއްވާ ފައިސާ ޖަމާކުރާ ޗެކުގައި ވަކިކަމެއް ކޮށްގެން ވަކިތާކުން ކިހިނެއް ލިބުނު ފައިސާއެއްކަން ލިޔެފައި ނެތުމުން އެއީ ކޮން ފައިސާއެއްކަން ސާބިތުކޮށް ނުދެވެޔޭ ބުނެ ސާބިތު އެތައް ހެއްކެއް ނަފީކުރުމަށްފަހު ރައީސް ޔާމީން އަކީ މައުސޫމު މީހެއްކަން ކަނޑައެޅޭގޮތަށް ނިޒާމު ބައްޓަން ވެފައި އޮތުމަކީ މަގުމަތީ ކޯޓުތައް އުފަންވުމުގެ ސަބަބު ނޫންބާވައެވެ. ކުށެއް ކުރުމުގައި ބައިވެރިވެ އެކަން ހިންގި މީހުންގެ ބަހަކީ ބުރަދަނެއް ނެތް ވާހަކައެއް ކަމަށް ބަލާ ގޮތް ނިންމުމަކީ އިންސާފަށްވެ ހަގީގަތް ފޮރުވިޔަސް އިންސާފު ހޯދާދެވޭ ކަމަށް ވާނެ ހެއްޔެވެ.

ރައީސް ޔާމީނުގެ މަނީލޯންޑަރިން މައްސަލާގައި ކްރިމިނަލް ކޯޓުގެ ހުކުމާއި، ހައި ކޯޓުން އެ ހުކުމަށް ތާއީދު ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ އެސްއޯއެފްގެ ޗެކަކީ ދައުލަތަށް ލިބެންޖެހޭ ޗެކެއް ކަމާމެދު ސުވާލު އުފައްދާފައެވެ. ސުޕްރީމް ކޯޓުގެ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުގެ މަރުހަލާގައި ގާނޫނާ ޚިލާފު ކަމެއް ހިމެނޭތޯ ނުވަތަ ނޫންކަން ކަމަށްވެއެވެ. ޔާމީންގެ އެކައުންޓަށް ފައިސާ ލިބުނު ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު ދިމާނުވާތީ، އެސްއޯއެފްއަށް ޖަމާވީ ގއ. ވޮޑަމުލާ ކުށްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާކަން ފާހަގަވެފައި ނުވާ ކަމަށް ނިންމާ، އެހެން ހުރިހާ ހެއްކާއި ގަރީނާގެ ބާރު ކަނޑުވާލުމަކީ ވެސް އިންސާފެވެ.

ގއ. ވޮޑަމުލާގެ ފައިސާ ނުލިބިގެން ޔާމީން ގުޅި ކަން ސާބިތުކޮށްނުދެވޭ ކަމަށް ބުނާއިރު އެ ޖަރީމާގައި އަމަލީކޮށް އުޅުނު އިސް ދެމީހުން ކަމަށްވާ އަދީބާއި ޒިޔަތުގެ ބަހަކީ ބަލައިގަނެވޭ އެއްޗަކަށް ނުވިއެވެ. އަޅެފަހެ ޔާމީނަށް ފައިސާ ލިބޭލެއް ލަސްވެގެން އަދީބާ ޒިޔަތަށް ނުގުޅާ ޔާމީނު ގުޅާން އޮންނާނީ ކާކާހެއްޔެވެ. އެޖަރީމާ ހިންގުމުގައި ނޫޅޭ ވާނުވާ ނޭނގޭ މާދުރުގައި ހުރި މީހަކާ އެކަމާ ގުޅޭގޮތުން ޔާމީނު ގުޅާނެ ހެއްޔެވެ. ޔާމީނުގެ މައްޗަށް ކުށް ސާބިތުކުރުމުގެ ނިޔަތް ނެތީމާ އަދީބާއި ޒިޔަތުގެ ބަހަކީ ބަލައިގަންނަން ކަމުދާ އެއްޗަކަށް ނުވާނެތާއެވެ.

ރައީސް ކަމުގައި ހުރީތީ މަގާމުގެ ނުފޫޒާ ބާރުގައި އުސޫލުތައް ބަދަލުކޮށް ވައްކަން ހިންގަން އިތުބާރު ކުރެވޭ ވަގުން ލައިގެން ޔާމިނު ދައުލަތް ހިންގީ މިއަދަށް ތައްޔާރުވެގެންނެވެ. އޭސީސީ އޮތީ މުށުތެރޭގައެވެ. ގާނޫނާއި އުސޫލުތައް ބަދަލުކޮށްލައި ދޫމަޅި އިތުރުކޮށްލައިގެނެވެ. ނިކަން ރަގަޅަށް ދައުލަތް ދަވާލައިގެން ނިކުމެ ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން ނުޖެހޭނެހެން ކަންކަން އެތިބީ ތަރުތީބުކޮށްގެނެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ޔާމީނާ އެއްހަަމައެއްގައި ތުހުމަތު ކުރެވޭ ބަޔަކަށް ދައުވާ އުފުލިފައި ނުވުމަކީ ޔާމީނު ކުށެއް ނުކުރުމެއް ނޫނެވެ. ތަފާތު ކުރުން ގެންގުޅޭ ކަމުގެ ހެއްކެއްވެސް ނޫނެވެ. ކަންބޮޑުވުމަކީ ޔާމީނާ ދެކޮޅަށް ސާބިތު އެތައް ގިނަގުނަ ހެއްކާއި ގަރީނާ ހުއްޓާ އެއިން އެއްވެސް ކަމަކަށް ނުބަލާ ޗެކެއްގައި ފައިސާ ލިބުނު ގޮތް އެނގެން ނެތްކަމަށް ބުނެ އެކަމަށް އެވަރުގެ ބޮޑު ބުރަދަނެއް ދިނުމެވެ. ފައިސާ ޖަމާ ކުރާ ޗެކެއްގައި އެފައިސާއެއް ލިބުނު ގޮތް ބަޔާން ކުރުމުން ނޫނީ ފައިސާ ޖަމާކޮށް ނުދިނުމުގެ އުސޫލެއް އޮތީ ކޮންތާކު ހުރި ކޮން ބޭންކެއްގައި ހެއްޔެވެ.

ފެންނަން ހުރިހާ ހެއްކާ ގަރީނާއަށް ބެލުމެއް ނެތި އަނެއްކޮޅުން ޖޫރިމާނާގެ އަދަބު އުސޫލާ ޚިލާފަށް މާ މަތީ އަދަބެއް ކަނޑައެޅި ކަމަށް ބުނެ ހުކުމެއް ބާތިލުކުރިއިރު ޔާމީނާއި ދެކޮޅަށް ހުރި ގިނަގުނަ ހެއްކާ ގަރީނާއަށް އެއްވެސް ބުރަދަނެއް ނުދީ މުޖުރިމު ޔާމީނު "ބޭއިއްޒަތުބަރީ" ވެގެން ދިޔައީއެވެ.    

ރައީސް ޔާމީންފަސް އަހަރުގެ ޖަލު ހުކުމުން ރައީސް ޔާމީން މިނިވަންވުން

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު