Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުން

ރުހުމަކާ ނުލައި ދެމަފިރިންގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމަކީ ރޭޕް ކަމުގައި ކަނޑައަޅައި ގާނޫނަށް އިސްލާހު ގެނެސްފި

30 ނޮވެމްބަރު 2021 | އަންގާރަ 02:18

މިބިލް ފާސްކޮށްފައިވަނީ 52 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ނޮވެމްބަރު 2021 | އަންގާރަ 02:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރުހުމަކާ ނުލާ ދެމަފިރިންގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމަކީ ރޭޕްކުރުން ކަމަށް ކަނޑައަޅާ ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ދެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަހުމަދު ނަސީމް އާއި ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން އެވެ. މި ދެ ބިލް ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ.

Advertisement - newsAdvertisement

ކޮމިޓީން މިގާނޫނަށް އިސްލާހު ގެނައިއިރު ވަނީ ރޭޕްކުރުން ކަމަށް ބުނެފައި އެވަނީ ދެމަފިރިން ކަމުގައިނުވާ ދެމީހުންގެ މެދުގައި ނުވަތަ ދެމަފިރިންގެ މެދުގައި މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް އެމީހެއްގެ ރުހުމާ ނުލާ ވެއްދުމަށެވެ. ކުރިން ގާނޫނުގައި އޮންނަނީ ދެމަފިރިން ކަމުގައިނުވާ ދެމީހުންގެ މެދުގައެވެ.

މަޖިލީހުން ފާސްކޮށްފައިވާ ބިލްގައި ޖިންސީ ގޯނާގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރޭޕްކުރުމަށް ނުވާގޮތަށް، އަދި ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި، ހާނިއްކައެއް ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އެނޫންވެސް އިހާނެތި ޢަމަލެއް އޭނާގެ ރުހުމާ ނުލައި ކުރުމަށެވެ.

މީގެއިތުރުން މިގާނޫނަށް ދެން ގެނެސްފައިވާ އެންމެ މުހިންމު އިސްލާހަކީ ރޭޕްކުރުމާއި ޖިންސީ އަނިޔާ ހިންގާ މައްސަލަތަކުގެ ތަހުގީގުގައި ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލުކުރުމަށް ލާޒިކުރުމެވެ. އެތަހުލީލުތަކުގައި ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުމަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ. ބިލްގެ 50 ވަނަ މާއްދާގެ 1 ގެ ރ ށް ގެނެސްފައިވާ އިސްލާހަކީ ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތާއި ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުސޫލު އެކުލަވާލުމާއި ގުޅޭ މާއްދާއެވެ.

އެގޮތުން ގާނޫނަށް ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމަށާއި، އެ ސާމްޕަލްތަކުގެ ފޮރެންސިކް ތަހްލީލުކުރުމަށް ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ރުހުން ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ކުށުގެ ޝިކާރައަކަށްވާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސާމްޕަލް ނެގުމަށް ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނޭ ގޮތުގެ އުސޫލުތަކާއި، އެފަދަ ސާމްޕަލް ނަގައި އެ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނޭ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ދިވެހި ފުލުހުންގެ ޚިދުމަތާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަޝްވަރާއާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައި ސިއްހީ ކަންކަމާއި ގުޅޭ މަސްއޫލިއްޔަތު ހަވާލުވެގެންވާ ވަޒީރު ހަދައި އާންމު ކުރަންވާނެއެވެ.

އަދި ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ޞިއްޙީ އެހީތެރިއެއް ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ޞިއްޙީ މަރުކަޒެއްގައާއި ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ހޮސްޕިޓަލެއްގައި ހުންނަންވާނެކަމަށް މަޖިލީހުން ފާސްކުރި ބިލްގައިވެއެވެ. އަދި އެފަރާތްތަކަކީ "ވިކްޓިމް ސެންޓަރޑް އަދި ޓްރައުމާ އިންފޯމްޑް" ނަޒަރިއްޔާތުގެ ތަމްރީނުވެސް ލިބިފައިވާ ފަރާތްތަކަށްވާންވާނެކަމަށް ބިލްގައި ބުނެއެވެ.

ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މިރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

23 މާރިޗު 2017
ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
13 މާރިޗު 2017

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް