Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސްތީނުގެ މައްސަލަ

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ދެމިހުންނާނަން: ޝާހިދު

މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ނުފެންނާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2021 | އަންގާރަ 02:14
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބޭއްވި ބައްދަލުވުން

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބޭއްވި ބައްދަލުވުން

ފަލަސްތީނުގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ދުނިޔޭގެ ގައުމުތަކުން މަސައްކަތްކުރަންޖެހޭ ކަމަށާއި، މިއީ ނުކޮށް ދޫކޮށްލެވެން އޮތް ކަމެއް ނޫން ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ސޮލިޑެރިޓީ ވިތް ދަ ފަލަސްތީނިއަން ޕީޕަލް" އާ ގުޅިގެން އާންމު މަޖިލީހުގައި ކުރިއަށްދިޔަ ޚާއްސަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އިސްރާއީލާއި ފަލަސްތީނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް އެތައް މަސައްކަތެއް ކުރެވިފައިވާއިއު މިއިން އެއްވެސް ކަމަކުން ރަނގަޅު ނަތިޖާ އެއް ނުފެންނަކަމީ ކަންބޮޑުވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މައްސަލަ ހައްލުކުރުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލް ރިސޮލިއުޝަން ނުވަތަ މިނޫންވެސް ރިސޮލިއުޝަންތަކަށް ރިއާޔަތްކޮށް، ބައިނައަލްއަގުވާނީ ގާނޫނުތަކާ ގަވައިދުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށް ޝާހިދު ވިދާޅުވިއެވެ. މިކަންކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި، އެތައް އަނިޔާއެއް ތަހައްމަލްކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާ ދޭތެރޭ ވިސްނައި، އެމީހުންނަށް އަމާން ކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށް އާންމު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޝާހިދު ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. ޔޫއެންއާރުޑަބްލިއުއޭއިން ގެންދަނީ ޖޯރޑަން، ލުބްނާން، ސީރިއާގެ އެކި ސަރަހައްދުތަކުގައި ތިބި 5.6 މިލިއަން ފަލަސްތީނުގެ ރެފިއުޖީންނަށް ތައުލީމާއި، ސިއްހީ ޚިދުމަތާއި، އިޖުތިމާއީ ގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ އެމީހުންނަށް އެހީވަމުންނެވެ.

އެހެންނަމަވެސް މި މަސައްކަތްތައް ކުރިއަށްގެންދަން ބޭނުންވާ ފަންޑު ޔޫއެންއާރުޑަބްލިއުއޭ ގައި ނެތް ކަމަށާއި، މިއީ ގިނަ ކަންކަމަކަށް ބުރޫ އަރާނެ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އަންހެންކުދިންގެ ތައުލީމާއި، ވެކްސިންގެ ޚިދުމަތާއި، އަދިވެސް މިނޫން އެކި ޚިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް މި ޚިދުމަތްތައް ލިބޭނެ މަގު ހުއްޓުނަ ނުދިނުމަށް ޔޫއެންއާރުޑަބްލިއުއޭއަށް ބޭނުންވާ ފަންޑު ހޯދައިދިނުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން މިހާތަނަށް ނުކުރެވި ހުރި މަސައްކަތްތަކަށް ނުބަލައި، ކުރިއަށް އޮތް ތަނުގައި ކުރެވޭނެ ކަންކަމާ ދޭތެރޭ ވިސްނައި، ރަނގަޅު މަސައްކަތްތަކެއް ކުރުމަށްވެސް ޝާހިދު ވަނީ ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

ޝާހިދު ވަނީ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު