Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކައިވެނި

"ދެމަފިރިންގެ ދެމެދުގައި ލޯބި ފެންނަން ނެތް ނަމަ، ކުރާ ހުކުމަކުން އެ ލޯބި ގެނައުމަކީ ވާނެ ކަމެއް ނޫން"

ލޯތްބާއި އޯގާވެރިކަން އަސްލަކަށް ބަލައިގެން ދެވޭ ފަރުވާތައް ވަރަށް މަދު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2021 | ހޯމަ 10:44
ރާއްޖޭގައި މީހުން ވަރިވާ ނިސްބަތް އަންނަނީ އިތުރުވަމުން

ރާއްޖޭގައި މީހުން ވަރިވާ ނިސްބަތް އަންނަނީ އިތުރުވަމުން

އަބަދުވެސް އަޑުއިވޭ ވާހަކައެއް އޮވެއެވެ. ރާއްޖޭގައި ވަރި ގިނަވާ ވާހަކައެވެ. ކައިވެނި ކުރުމަށްފަހު ވަރިއާ ހިސާބަށް ދިޔުމަށް ނަގާ މުއްދަތު އަވަސް ވާހަކައެވެ. މިއީ މިހާރު މި މުޖުތަމައަށް ބަލާލިޔަސް ފެންނަން އޮތް ހަގީގަތެކެވެ.

ދެމީހަކު އެކުގައި ގުޅިގެން ޒަވާޖީ ހަޔާތެއް ފަށަނީ ވަރަށް ގިނަ ފޮނި އުންމީދުތަކާއެކުއެވެ. އެކުގައި މުޅި އުމުރު ދުވަސް ހޭދަކުރާނެކަމަށް ބުނެ، ކޮންމެ ފަދަ ހާލަތެއް ދިމާވިޔަސް ދޫކޮށް ނުދާނެކަމުގެ ވައުދުތައް ވަމުންނެވެ. އެހެންނަމަވެސް ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ، ދެމަފަރިންގެ މެދުގައި މައްސަލަތައް ޖެހެން ފަށައެވެ. ކުދި ކުދި މައްސަލަތައް ބޮޑުވެ، ހައްލު ނުކުރެވި ދިގުލައިގެން ދިޔުމުން ގިނަ ފަހަރަށް ވަރިއާ ހިސާބަށް ދެއެވެ.

ކައިވެންޏެއްގައި އެންމެ މުހިންމު އެއްކަމަކީ އެ ލޯބި ދަމަހައްޓައި އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވުމެވެ. އަނެކާގެ އިހުސާސްތައް ވެސް ދެނެގަނެ، އެ އިހުސާސްތަކަށް އިހްތިރާމު ކުރުމެވެ. އެހެންނަމަވެސް މިފަދައިން ކަންތައް ނުކުރެވޭ ތަން އައުމުން ނުވަތަ މައްސަލަ ހައްލު ނުވުމުން ކޮންމެވެސް އެކަކު ދުރުވާން ވިސްނައެވެ. ގިނަ ފަހަރަށް ވަރިވާން އެދި ފޯމު ވެސް ހުށަހަޅާނީ އަންހެން މީހާއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިން ބުނީ އާއިލީ ކޯޓަށް ޚިދުމަތް ހޯދަން ދާ މީހުންގެ ތެރެއިން މައްސަލަ ހުށައެޅުމުގެ ބޮޑު ބައެއް ހިއްސާކުރަނީ އަންހެނުން ކަމަށެވެ. އަދި އެހެން އެއްވެސް ކޯޓަކަށް އެ ނިސްބަތުން ޚިދުމަތް ހޯދުމަށް އަންހެނުން ނުދާ ކަމަށްވެސް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދަރިފުޅަށް ޚަރަދު ނުދިނުމާއި، ހަޟާނާތުގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ފިރިމީހާގެ އެކި މައްސަލަތަކާއި ގުޅިގެން ވަރިވާން ބޭނުންވެގެން ހުށައަޅާ މައްސަލަތައްވެސް ހިމެނޭ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އިސްލާމްދީނުގައި ވަރި ކުރުމުގެ ބާރު އޮންނަނީ ފިރިމީހާއަށެވެ. އެހެންނަމަވެސް އިތުރަށް ނޫޅެވޭނެކަން ޔަގީންވާ ހާލަތުގައި އަންހެން މީހާއަށް ވެސް ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅިދާނެއެވެ. ގިނަ ފަހަރަށް އަންހެންމީހާ އަމިއްލައަށް ވަރިވުމަށް އެދި ކޯޓަށް ހުށަހެޅުމުން، އާއިލާގެ ފަރާތުންނާއި ގާތްތިމާގެ މީހުންގެ ފަރާތުން އަންނަ ޕްރޮޝެރ ބޮޑުވެގެންދެއެވެ. ކަންތައްތައް ހަނދާން ނައްތާލުމަށްފަހު، ނޫނީ ފެންނަ ކަންތައްތައް ނުފެންނަ ކަންތައްތަކަށް ހެދުމަށްފަހު، ދަރިން ތިބިނަމަ އެ ދަރިންނަށްޓަކައި ވެސް ކައިވެނި ދަމަހައްޓަން މަސައްކަތް ކުރާށޭ ބުނާތަން އާދެއެވެ.

އެހެންނަމަވެސް ގަބޫލުކުރަންވީ ހަގީގަތަކީ ގުޅުމެއް ދެމެހެއްޓޭނީ ދެމީހުންގެ ވެސް އެއްބާރުލުމާއެކު ކަމެވެ. އެކަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ގުޅުން ކުރިއަށް ނުދާނެ ކަމެވެ. ޖޭއެސްސީގެ މެމްބަރު އަލީ ސަމީރު ވެސް ވިދާޅުވަނީ މިފަދައިންނެވެ. ސަމީރު ވިދާޅުވީ ދެމަފިރިންގެ ދެމެދުގައި ލޯތްބާއި އޯގާވެރިކަން ފެންނަން ނެތް ހާލަތެއްގައި، އެ ދެމަފިރިންނަށް ކުރާ ހުކުމަކުން އެ ލޯބި ގެނައުމަކީ ވާނެކަމެއް ނޫން ކަމަށެވެ.

ސަމީރު ވިދާޅުވީ އެ ވާހަކަތަކަކީ ރާއްޖޭގައި ކަން ހިނގާފައިވާ ގޮތުގެ މިސާލުތައް ކަމަށާއި އަދި އެކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހެޅިފައި ވެސް ވާ މައްސަލަތައް ކަމަށެވެ. ސަމީރު ވިދާޅުވީ މިފަދަ ބައެއް އަމަލުތަކަކީ އިސްލާމްދީނުގެ ނަމުގައި ކުރެވޭ ކަންތައްތަކެއް ކަމަށެވެ. އެހެންނަމަވެސް އެގޮތަށް އަމަލު ކުރުމަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް އެނގެން ނެތް ކަންތައްތައް ކަމަށެވެ. ދީނުގައި އަންގަވާފައިވަނީ އާއިލީ ދުނިޔެއަކީ ލޯތްބާއި ހަމަޖެހުމާއި އެކަކު އަނެކަކަށް އަޅާލުމާއި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ.

ގިނަ ފަހަރަށް އަނބިމީހާ އިސްވެ ވަރިއަށް އެދުމުން މުޖުތަމައުގެ ތެރެއިން ވެސް އެ މީހަކަށް ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ. ވަރިވެފައިވާނަމަ އެމީހާއާ ދޭތެރޭގައި ދެކޭގޮތް ވެސް ތަފާތުވެގެންދެއެވެ. ސަމީރުގެ ވާހަކަތަކަށް ރިޔާއަތް ކުރާއިރުވެސް ސާފުވާން އެއްކަމެއް އެބައޮތެވެ. އަންހެނަކާމެދު އިހުމާލު ވެވޭ ކަމަށްވާނަމަ އެކަމާއި ދެކޮޅަށް އަޑު އުފުލުމަކީ ކުރަންވާނެ ކަމެއް ކަމެވެ. ފިރިމީހާ އަނިޔާވެރިވާއިރު އެއީ ލޯތްބާ އޯގާވެރިކަމުގެ އަސްލުކަމުގައި ބަލައިގެން ކުރިއަށް ދިޔުމަކީ ހައްލު ނޫން ކަމެވެ.       

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު