Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެމިލީ ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކުރުން

ފަނޑިޔާރަކު ކުރާ އެންމެ ކަމެއްގެ ލައްގަނޑު މުޅި އުމުރު ދުވަހަށް ހުރޭ: ހުސްނުއްސުއޫދު

28 ނޮވެމްބަރު 2021 | އާދީއްތަ 13:50

ފަނޑިޔާރުންގެ އަމަލުތައް ބައްޓަންކުރާއިރު އިތުރަށް ސަމާލުވާން ޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ނޮވެމްބަރު 2021 | އާދީއްތަ 13:50
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

ފަނޑިޔާރަކަށް ކުރެވޭ އެންމެ ކަމަކުން އެމީހާގެ މުޅި އުމުރު ދުވަހަށް އެކަން ލައްގަނޑެއްހެން ފިލައި ނުގޮސް ހުންނާނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ފެމިލީ ކޯޓަށް އައްޔަނުކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މިއީ ވަރަށް ކުޑަ މުޖުތަމައެއް ކަމަށެވެ. ފަނޑިޔާރުންގެ އުޅުން ބައްޓަންކުރާއިރު އިތުރަށް ސަމާލުވާން ޖެހޭ ކަމަށާއި، ކުރެވޭ ކޮންމެ ކަމަކުންވެސް ފަނޑިޔާރުންގެ އަގު ވެއްޓިދާނެ ކަމަށެވެ. އަދި ކުރެވޭ އެންމެ ކަމެއްގެ ލައްގަނޑު މުޅި އުމުރު ދުވަހު ނުފިލައި ހުރުން އެކަށީގެންވާކަމަށް ހުސްނުއްސުއޫދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފަނޑިޔާރު ވިދާޅުވީ ފެމިލީ ކޯޓުގެ މަސައްކަތްތަކަކީ މުހިންމުކަން ކުޑަ މަސައްކަތްތަކެއްކަން ބައެއް މީހުން ދުށް ނަމަވެސް، އެ މަސައްކަތްތަކަކީ އެއްގޮތަކަށްވެސް މުހިންމުކަން ކުޑަ މަސައްކަތެއް ނޫން ކަމަށް ހުސްނުއްސުއޫދު ވިދާޅުވިއެވެ. އެހެންނަމަވެސް ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމަށް ގިނަ ދުވަސް ނަގާ ކަމަށާއި، އެއީ އެ މައްސަލަތަކަކީ އެހެން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާ ތަފާތު މައްސަލަތަކަކަށް ވާތީ ކަމަށް ވިދާޅުވިއެވެ.

ހުސްނުއްސުއޫދު ވިދާޅުވީ، ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ގާނޫނުތަކެއް ހިންގައިގެން ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށެވެ. އެ ކޯޓަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ މީހުންގެ ތެރޭގައި އުފެދޭ ޚިލާފު ތަކަކަށްވާތީ، ނުވަތަ ގުޅުންތަކަކަށް ބުރޫ އަރައިގެން ހުށަހެޅޭ މައްސަލަތަކެއް ކަމުން މިފަދަ ގިނަ މައްސަލަތައް ހައްލުކުރެވޭނީ ސުލްހަ ގެނެވިގެން ކަމަށެވެ. އެއީ ގާނޫނަކުން ނުވަތަ ހުކުމަކުން ހައްލު ގެނެވޭނެ މައްސަލަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފެމިލީ ކޯޓުގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބެންޖެހެނީ ލުއި ފަސޭހަކޮށް ކަމަށާއި، މިހާރުވެސް ދަތިތައް ހުރިކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ދަތިތަކުގެ އަޑު އަހައި އެކަންކަމަށް ހައްލު ހޯަދައިދޭން މަސައްކަތްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރުން ހުކުމްތައް ލިޔާއިރު ތަފްސީލުކޮށް ލިޔުމަކީ ވަރަށް މުހިންމު ކަމެއްކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އެއީ އެ ހުކުމް ރައްދުވާ ފަރާތަށް، ހުކުމް ކުރި ސަބަބު އިތުރަށް އެނގިގެންދާނެ ކަމެއް ކަމަށާއި، ފަނޑިޔާރުންނަށް ކުރާ އިތުބާރުވެސް ބޮޑުވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ އއ. ފެރިދޫ، ނަޝީދީހިޔާ، އަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރާއި މ. ވިލުފުށީގެ، އަލްއުސްތާޒާ މައީޝާ ޔޫސުފް ސަމީރެވެ. އެ ދެބޭފުޅުންނަކީ ފަނޑިޔާރުން އައްޔަނުކުރާ ކޮމިޓީން އިންޓަރވިއުކޮށް އެންމެ ގާބިލުކަމަށް ފެންނަކަމަށް ނިންމަވައި ކޮމިޝަނަށް ލަފާ ދެއްވި ދެބޭފުޅުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް