Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޮމިކްރޯން ވޭރިއަންޓް

އައު ވޭރިއަންޓް ރާއްޖެއަށް ނާންނާނެ ކަމަށް ބަލައިގެން ވާކަށެއް ނެތް!

އައު ވޭރިއަންޓާއެކު މުޅި ގައުމު ވަނީ އެލަރޓަށް އައިސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2021 | އާދީއްތަ 12:21
ރޯދަ މަހުގެ ހަވީރު މާލޭގެ ރަސްފަންނު ސަރަހައްދު

ރޯދަ މަހުގެ ހަވީރު މާލޭގެ ރަސްފަންނު ސަރަހައްދު

2019 ވަނަ އަހަރު މުޅި ދުނިޔެ ކޮވިޑް-19 ވަބާއާ ކުރިމަތިލާންޖެހުނު ފަހުން މީހުންގެ ތެރޭގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ މި ވައިރަހުގެ ވާހަކައެވެ. މި ވައިރަހުން ރައްކާތެރިވުމަށް އެކި ގައުމުތަކުން ހަރުކަށި ފިޔަވަޅުތައް އަޅައި މުޅި ދުނިޔެ "އެލަރޓް" ވިއެވެ. އަދި ބައްޔަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. މި ވައިރަހާ ހަނގުރާމަ ކުރަމުންދާތާ ދެ އަހަރު ވެފައިވާއިރު، މިހާރު ވަނީ ބަލިން ރައްކާތެރިވެ ތިބުމަށާއި، ބަލީގައި ބޮޑުވަރުވާ މިންވަރު ކުޑަކުރުމަށް ވެކްސިނެއް އުފެއްދިފައެވެ. އަދި ގައުމުތައް އާންމު ހާލަތަކަށް ގެނެސް، "ނިއު ނޯމަލް"އަކަށް ވަނީ ގޮސްފައެވެ. ދިވެހިރާއްޖެ ވެސް ވަނީ ނިއު ނޯމަލްއަކަށް ގޮސް، ކުރިއެކޭ އެއްގޮތަށް އުޅެން ފަށާފައެވެ.

މިހެން އުޅޭއިރު ދޭތެރެ ދޭތެރެއިން ކޮވިޑް-19 ގެ ކޭސްތައް މައްޗަށް ދެއެވެ. އަދި ކޮންޓްރޯލް ކުރެވެއެވެ. މިފަހަރުވެސް މިވަނީ މިފަދަ ރާޅަކާ ކުރިމަތިލާންޖެހިފައެވެ. އެހެންނަމަވެސް މިރާޅަކީ އެހެން ފަހަރުތަކަށްވުރެ ނުރައްކާތެރި ރާޅަކަށްވުން އެކަށީގެންވެއެވެ. މިއީ ދެކުނު އެފްރިކާއިން ފެނިފައިވާ "އޮމިކްރޯން" ނަމަކަށް ކިޔާ ވޭރިއަންޓެކެވެ. ވޭރިއަންޓް އޮފް ކޮންސާންގެ ގޮތުގައި ކަނޑައަޅާފައިވާ ވޭރިއަންޓެކެވެ. މިއީ މިގޮތަށް ކަނޑައެޅި 5 ވަނަ ވޭރިއަންޓަށްވާއިރު، ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިވޭރިއަންޓްގައި ގިނަ އަދަދެއްގެ މިޔުޓޭޝަންތައް ހިމެނޭކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއްކަމަށެވެ. އެހެން ވޭރިއަންޓްތަކާއި އަޅާބަލައިރު އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު މިވޭރިއަންޓްގައި ބޮޑުކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އަދި މީގެ ކުރިން ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށްވެސް މި ވޭރިއަންޓް ޖެހުމުގެ ފުރުސަތު ބޮޑުވުމަކީ އައު ވޭރިއަންޓުގެ ނުއްކާތެރިކަން އިތުރުވާ ކަމެކެވެ.

މި ވޭރިއަންޓުގެ ނުރައްކާތެރިކަން އެނގި ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ އަވަސް ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެފްރިކާގެ ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓާލައިފައެވެ. ރާއްޖެވެސް މިހާރު ވަނީ އެފްރިކާގެ ދެކުނު ބިތުގެ ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓާލި ގައުމުތަކުގެ ލިސްޓުގައި ހިމެނިފައެވެ. އަދި މުޅި ރާއްޖެ މިހާރު ވަނީ އެލަރޓަށްވެސް އައިސްފައެވެ. އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އައު ވޭރިއަންޓް ރާއްޖެއަށް ނާންނާނެކަމަށް ބަލައިގެން ނުވާނެކަމަށެވެ. އެހެންނަމަވެސް އިތުރު ފިޔަވަޅުތައް އަޅައިގެން ބަލި އައުން ލަސް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މިބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެފްރިކާގެ 7 ގައުމެއްގެ މީހުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ. މި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީއެވެ. އެހެންނަމަވެސް މިގައުމުތަކުން އަންނަ ދިވެހިންނާ ވޯރކްޕަރމިޓް ހޯލްޑަރުންނަށް ރާއްޖެ އެތެރެވެވޭނެއެވެ. މިއީ ސަރުކާރުން އެޅި އަވަސް ފިޔަވަޅެކެވެ.

ޑރ. ނަޒްލާ ވިދާޅުވިހެން މި ބަލި ރާއްޖޭގައި ފެތުރުން ލަސްކުރުމަށް މިހާރުން މިހާރަށްވެސް ދިވެހިންނަށް ކުރެވޭނެ ކަންކަން އެބަހުއްޓެވެ. އެއީ ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ދުވަސްކޮޅު ދިވެހިން އަޅާފައިވާ ފިޔަވަޅުތަކެކެވެ. އެއީ އައު ކަމަކަށްވެސް ނުވާނެއެވެ. އެގޮތުން މުޅި ގައުމު ލޮކްޑައުން ނުކުރި ނަމަވެސް އެހެން މީހުންގެ ތެރޭގައި އުޅޭ އުޅުން މަދުކުރެވޭނެއެވެ. އަމިއްލައަށް އައިސޮލޭޓް ވެވޭނެއެވެ. މާސްކު އަޅައި ގައިދުރުކަން ބެހެއްޓޭނެއެވެ. މި ވޭރިއަންޓާއެކު މުޅި ދުނިޔެ އެލަރޓް ވެފައިވާއިރު، ގިނަ ގައުމުތަކަކުން މިހާރު ގެންދަނީ މިގޮތަށް އަމަލުކުރަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލްކޮށް، ދިވެހިން ވަނީ މީގެ ކުރިން ނަމޫނާ ދައްކާފައެވެ. އެހެންކަމުން މި ވޭރިއަންޓު ރާއްޖެއާ ހަމައަށް އައުން ހުއްޓުވުމަށް މިހާރުން މިހާރަށްވެސް ކުރެވެންހުރި ކަންކަންކޮށް ދިވެހިންނަށް ނަމޫނާ ދެއްކިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

24 ޖޫން 2018
ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް

ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް

25 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

01 ޖެނުއަރީ 2018
ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް

ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް

12 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު