Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ކެމްޕެއިން

އިންޑިއާ އައުޓް ކެމްޕެއިނަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ނެޓްވޯކުގައި ހިމެނޭ މީހުން ހިންގާ ކެމްޕެއިނެއް – މާރިޔާ

28 ނޮވެމްބަރު 2021 | އާދީއްތަ 03:19

އިންޑިއާ އައުޓް ކެމްޕޭނުގައި އުޅެނީ އަތުން ގުނާލެވޭހާ މަދު ބަޔަކާއި ސޯޝަލް މީޑިއާ ބޮޓުންތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ނޮވެމްބަރު 2021 | އާދީއްތަ 03:19
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ - އިންޑިއާ އައުޓް ކެމްޕެއިން ހިންގަނީ ސޯޝަލް މީޑިއާ ބޮޓުންތަކެއް ކަމަށް މިނިސްޓަރ ވިދާޅުވި

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ - އިންޑިއާ އައުޓް ކެމްޕެއިން ހިންގަނީ ސޯޝަލް މީޑިއާ ބޮޓުންތަކެއް ކަމަށް މިނިސްޓަރ ވިދާޅުވި

އިންޑިއާ އައުޓް ކެމްޕޭނަކީ ސޯޝަލް މީޑިއާ ބޮޓުންތަކެއް ހިންގާ ކެމްޕޭނެއް ކަމަށާއި، އެކަމުގެ ފަހަތުގައި ތިބީ މަސްތުވާތަކެތީގެ ވިޔަފާރީގެ ނެޓްވޯކުގައި ހިމެނޭ މީހުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ވޯލްޑް އިން ވަން ނިއުސް (ވިއޯންއަށް) ދެއްވި އިންޓަރވިއުއެއްގައެވެ. މާރިޔާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނުގައި އުޅެނީ އަތުން ގުނާލެވޭހާ މަދު ބަޔަކާއި ސޯޝަލް މީޑިއާ ބޮޓުންތަކެއް ކަމަށެވެ. އަދި އެމީހުންގެ މަސައްކަތަކީ ނަފްރަތާއި ރުޅިވެރިކަން އުފެއްދުން ކަމަށާއި، އެއްވެސް ކަހަލަ ބުރަދަނެއް ނެތް ވާހަކަ ފެތުރުމަކީ އެމީހުން ކުރަމުންދާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އެ މީހުންނަކީ ޑިމޮކްރަސީއާއި ދެކޮޅު، ގާނޫނާއި ގަވާއިދުތަކާ ވެސް ދެކޮޅު ހަދަމުންދާ ބައެއް ކަމަށެވެ. އަދި އެ މީހުންނަކީ ދެފުށް ފެންނަ ވެރިކަމެއް ކުރާތަން ބަލަން އުނދަގޫ ބައެއް ކަމަށާއި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުޖަތަމައެއް ބަލަން އެމީހުންނަށް އުނދަގޫވާނެ ކަމަށެވެ. މާރިޔާ ވިދާޅުވީ މި ކަންކަން އެމީހުންނަށް ހަޖަމް ނުވަނީ އެއީ ކޮރަޕްޓް ބައެއް ކަމަށް ވުމުން ކަމުގައެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އެ މީހުންނަކީ ޑްރަގުގެ ވިޔަފާރިއާއި ނެޓްވޯކްތަކާއި ގުޅިފައިވާ ބައެއް ކަމަށާއި، އެމީހުންގެ ނުރުހުން އަމާޒުވަނީ އިންޑިއާއާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރާތީ ކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އެމީހުން ފަތުރަމުންދާ ޕްރޮޕެގެންޑާގެ ސަބަބުން އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ. އަދި އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ދެގައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިފާޢީ ކަންކަމުގައި ދެޤައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެފަރާތުގެ ފައިދާ އާއި، ދެޤައުމާއި އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށް ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް