Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ބަންގަލަދޭޝް

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް

މިއީ ބަންގްލަދޭޝްގެ ފޮރިން ސެކެޓަރީގެ ދެ ދުވަހުގެ ދަތުރުފުޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ނޮވެމްބަރު 2021 | ހުކުރު 12:33
ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ އެމްބެސެޑަރ މަސްއޫދު ބިން މޫމިން ރާއްޖެ ވަޑައިގެންނެވީ ހުކުރު ދުވަހުގެ މެންދުރުއެވެ. ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ފޮރިން ސެކްރެޓަރީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަރުޙަބާ ދަންނަވާފައެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކެޓަރީ އަބްދުލް ޤަފޫރު މުޙައްމަދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ބައިލޭޓްރަލް މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

މި މަޝްވަރާތަކަކީ މާރޗް 2021 ގައި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ދި އެސްޓެބްލިޝްމަންޓް އޮފް ބައިލޭޓްރަލް ކޮންސަލްޓޭޝަންސް" ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްވަރާތަކެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި މަޝްވަރާތަކުގެ ތެރޭގައި، ދެ ޤައުމުން ވެފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށާއި، ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ދެ ޤައުމުގެ ފޮރިން ސެކެޓަރީން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ދެ ދުވަހުގެ މި ދަތުރުފުޅުގައި ނައިބްރައީސް ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންވެސް ބައިވެރިވެޑައިގަންނަވާފައިވެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު