Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނިޔާތަކާއި ދުރުހެލިވުން

އެކި މާހައުލުތަކުގައި، އެކި ބާވަތުގެ ގޯނާ ކުރުމަކީ މިއަދު މުޖުތަމައުގައި ފެތުރިފައިވާ ވަބާއެއް: ޚުތުބާ

26 ނޮވެމްބަރު 2021 | ހުކުރު 08:19

އެކި ގޯނާ ކުރުމަކީ ބިމުގައި ފަސާދަކުރުން ފަދަ ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ނޮވެމްބަރު 2021 | ހުކުރު 08:19
ރ. ރަސްގެތީމް ޢީދު ނަމާދަށް މީހުން ދަނީ

ރ. ރަސްގެތީމް ޢީދު ނަމާދަށް މީހުން ދަނީ

އެކި މާހައުލުތަކުގައި އެކި ބާވަތުގެ ގޯނާ ކުރުމަކީ މިއަދު މުޖުތަމައުގައި ފެތުރިފައިވާ ވަބާއެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

އަނިޔާތަކާއި ދުރުހެލިވުމަށް ގޮވާލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ އިލްމުވެރިން ވިދާޅުވާ ފަދައިން އެކި ގޯނާ ކުރުމަކީ ބިމުގައި ފަސާދަކުރުން ފަދަ ކަމެއް ކަމަށެވެ. މަގުމަތީގައި ނުވަތަ އޮފީހުގައި މީހަކު ބޭނުންވާ ނުބައި މަޤްސަދު ހާސިލް ކުރުމަށް އަނެކުންނަށް ބިރު ދެއްކުމަކީ ހަނގުރާމަ ކުރުން ފަދަ އަމަލެއް ކަަމަށެވެ.

Advertisement - newsAdvertisement

ހުރިހާ ބާވަތެއްގެ އިހާނެތިކަންކަމަކީ އިސްލާމްދީން މަނާކުރާ ކަންތައްތައް ކަމަށާއި އެންމެ ބޮޑުވެގެންވާ ރިބާއަކީ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހުއްދަކުރުން ކަމަށްވާއިރު މުސްލިމެއްގެ އަބުރާއި އިއްޒަތާއި އިއްފަތްތެރިކަމާއި އޭނާގެ ލެއާއި މުދަލަކީ މާތްﷲ ޙުރުމަތްތެރި ކުރައްވާ ހިމާޔަތްކުރައްވާފައިވާ ތަކެތި ކަމަށް ޚުތުބާގައި ބުންޏެވެ.

ދޭދޭ އަފްރާދުންގެ މެދުގައި ހިނގާ އަނިޔާގެ އަމަލުތަކުގެ ސަބަބުން އިޖްތިމާއީ ފޭރާން ވީދި، މުޖުތަމައުގައި އޮންނަ ސުލްހަމަސަލަސްކަން ބޮއްސުންލައިގެން ދާތަން ބަލަން ކަމާބެހޭ މުއައްސަސާތަކުން ތިބެގެންނުވާނެއެވެ. އޭގެ ސަބަބުން މުޖުތަމައުގައި އެކުވެރިކަމާއި އެއްބާރުލުން ނެތިގެންދާތަން ބަލަން ނުތިބެ، ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި މިކަމުގައި ފަރުވާ ކުޑަކޮށްފިނަމަ މުޖުތަމައުގައި އަރާރުން އުފެދި ދީނީ ގޮތުން ހުއްދަ ނުކުރާ އެތަކެއް އަމަލުތަކަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށް ވެސް ޚުތުބާގައިވެއެވެ.

މިއަދު ނުހަނު ގިނައިން އިވެނީ ތިމާގެ މީހުންނާއި އެކުވެރިންނާއި އަނބިން ނުވަތަ ފިރިން ފަދަ ނުހަނު ގާތް މީހުން އެކަކު އަނެކަކަށް ކުރާ ތުރާތަކާއި އަނިޔާގެ ވާހަކަތައް ކަމަށްވާއިރު މީގެތެރެއިން ގެވެށި އަނިޔާގެ ވާހަކަ ވަކިން ޚާއްސަ ގޮތެއްގައި ފާހަގަކުރެވިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. ގެވެށި އަނިޔާއަކީ ފިރިން އަނބިންނަށް، އަނބިން ފިރިންނަށް ކުރާ އަނިޔާ އާއި މައިންބަފައިން ދަރިންނަށް، ދަރިން މައިންބަފައިންނަށް ކުރާ އަނިޔާއާ އާއިލާގެ މެމްބަރުން އެކަކު އަނެކަކަށް ކުރާ އަނިޔާއާ އިންސާފެއް ނެތި އާއިލާގެ އެކި މީހުންނާ ދޭތެރޭގައި ގެންގުޅޭ ތަފާތުކުރުން ފަދަ އަމަލުތަކެކެވެ. މިއަދު ގޭގަޔާއި ސްކޫލުތަކުގެ ދަރިވަރުންނަށް ވެސް އަނިޔާ ލިބެމުންދާއިރު މިކަންތައްތައް އިތުރުވެގެންދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ. އެންމެ ގާތް މީހާގެ މައްޗަށް ވެސް މިއަދު އިތުބާރު ކުރެވޭކަށް ނެތެވެ.

އެއްވެސް މުސްލިމަކު އަނެއް މުސްލިމެއްގެ އަބުރާ ބެހުމާއި ފުރައްސާރަ ކުރުމާއި ހޭރުވުމާއި އިއްފަތްތެރިކަމަށް އަރައިގަތުމާއި އިސްލާމްދީން ހުއްދަ ނުކުރާ ފާހިޝް އަމަލުތައް ހިންގުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ. އެންމެ އޯގާތެރިކޮށް ހިތަން ޖެހޭ މީހުންނަށް އަނިޔާވެރިވުމަކީ ގެންލުން ހުރި ހަޑިހުތުރު އަމަލެއް ކަމަށާއި އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. ރިވެތި ގޮތުގައި އަނބިންނާއި މުއާމަލާތް ކުރުމަށް މާތްﷲ ފިރިންނަށް އަންގަވާފައިވާ ކަމަށެވެ.

ހުރިހާ ބާވަތެއްގައި އަނިޔާއިން ރައްކާތެރިވާން ޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެހެނީ އެއަނިޔާ ލިބިގެންވާ މީހާގެ ދުޢާ އަކީ އިޖާބަވުން ވަރަށް އަވަސް ދުޢާއެއް ކަމަށެވެ. އަދި އަނިޔާ ލިބިގެންވާ މީހާގެ ދުޢާ މާތްﷲ އިޖާބަ ކުރެއްވުމަށް އެއްވެސް ހުރަހެއް ނުވާ ކަމަށް ޚުތުބާގައި ބުންޏެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް