Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްމެދު އިމާރާތުގެ ބިލް

އެއްމެދު އިމާރާތުގެ ބިލަށް ކޮމިޓީން ހަތް އިސްލާހެއް ހުށަހަޅައިފި

26 ނޮވެމްބަރު 2021 | ހުކުރު 03:16

މި ބިލުގައި ޖުމްލަ 141 މާއްދާ ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ނޮވެމްބަރު 2021 | ހުކުރު 03:16
މާލެސިޓީގައި އިމާރާތް ކުރަމުންދާ ބައެއް އިމާރާތްތައް

މާލެސިޓީގައި އިމާރާތް ކުރަމުންދާ ބައެއް އިމާރާތްތައް

ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދިނުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކު ކުރެވޭނެ މަގުފަހިކޮށްދޭނެ އުސޫލުތަކާއި ހަމަތައް ބަޔާންކޮށް ސަރުކާރުގެ ފަރާތުން ހުށަހެޅި، އެއްމެދު އިމާރާތުގެ ބިލަށް ހަތް އިސްލާހެއް ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ހުށަހަޅައިފިއެވެ.

އެ ކޮމިޓީން މި އިސްލާހުތައް ހުށަހެޅުމަށް ނިންމާފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ 2021 ވަނަ އަހަރުގެ 69 ވަނަ ބައްދަލުވުމުގެ ތެރެއިން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތުގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު ޢިމާރާތުގައި ހިމެނޭ ޔުނިޓުތައް ގަނެ ވިއްކުމާއި މިލްކު ކުރުމުގެ ހަމަތައް އަދި އެއްމެދު ޢިމާރާތް ބެލެހެއްޓުމާއި ބޭނުން ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ، "އެއްމެދު ޢިމާރާތުގެ ބިލު" 14 (ސާދަ) ބާބުގެ މައްޗަށް ބަހާލާފައިވާއިރު، އެ ބިލުގައި ޖުމްލަ 141 (ސަތޭކަ ސާޅީސްއެއް) މާއްދާ ހިމެނެއެވެ. އެގޮތުން، ބިލުގެ ފުރަތަމަ ބާބުގައި ބިލުގެ ތަޢާރުފާއި މަޤްޞަދު ބަޔާންކޮށްފައިވާއިރު، ބިލުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވަނީ ބިލުގެ މަފްހޫމްތަކުގެ އަސާސްތަކެވެ.

ބިލުގެ ތިންވަނަ ބާބަކީ ބިމާއި ޢިމާރާތުގައި ހިމެނޭ ބައިތައް ކަނޑައެޅުމާ ގުޅޭ ކަންކަން ބަޔާންކޮށްފައިވާ ބާބެވެ. އަދި ހަތަރުވަނަ ބާބާއި ފަސްވަނަ ބާބުގައި ސްޓްރީޓް ޕްލޭނަށް ހުއްދަ ދިނުމާއި، ސްޓްރީޓް ޕްލޭނަށް ބަދަލު ގެނައުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާއިރު، ސްޓްރީޓް ސްކީމް އުފެއްދުމާ ގުޅޭ ކަންކަން ބަޔާންކޮށްފައިވަނީ ބިލުގެ ހަވަނަ ބާބުގައެވެ. ބިލުގެ ހަތްވަނަ ބާބުގައި ބަޔާންކޮށްފައިވަނީ ސްޓޭޖް ޑިވެލޮޕްމަންޓާގުޅޭ އުސޫލުތަކެވެ. އެގޮތުން، ސްޓޭޖް ޑިވެލޮޕްމަންޓްގައި ހިމަނަން ޖެހޭ ބައިތަކާއި، ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމަށް ހުށަހެޅުމާ ގުޅޭ އިޖުރާއަތުތަކާއި ސްޓޭޖް ޑިވެލޮޕްމަންޓުގެ، އެންމެހައި ކަންކަން އެ ބާބުގައި ބަޔާންކޮށްފައިވެއެވެ. ޢިމާރާތް ރަޖިސްޓަރީ ކުރުމުގެ ހުއްދަ ދިނުމާއި، އެއްމެދު ޢިމާރާތުގެ ޔުނިޓުތައް ގަނެވިއްކުމާއި ދިނުން އަދި ރަޖިސްޓަރީ ކުރުމާ ގުޅޭ މާއްދާތައް ބިލުގެ އަށްވަނަ ބާބާއި ނުވަ ވަނަ ބާބުގައި ތަފްޞީލު ކޮށްފައިވާއިރު، މެނޭޖްމަންޓް ކޯޕަރޭޝަން އުފެއްދުމާއި، މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަންޑު ޤާއިމުކުރުމާގުޅޭ އުސޫލުތައް ބިލުގެ ދިހަވަނަ ބާބާއި އެގާރަ ވަނަ ބާބުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، އެއްމެދު ޢިމާރާތާގުޅޭ ފަރާތްތަކުގެ ޙައްޤުތައް "އެއްމެދު ޢިމާރާތުގެ ބިލު ތަންފީޒުކުރުމާ ގުޅޭގޮތުން" ކައުންސިލްތަކުގެ މަސްއޫލިއްޔަތު ހިމެނޭ ގޮތުން ބިލުގެ ބާރަ ވަނަ ބާބާއި ތޭރަ ވަނަ ބާބު އެކުލަވާލާފައިވާއިރު، ބިލުގެ އެންމެފަހު ބާބު ކަމުގައިވާ ސާދަ ވަނަ ބާބުގައި ހިމަނާފައި ވަނީ ބިލުގެ ޢާންމު މާއްދާތަކެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 7 ޑިސެންބަރު 2019 ގައި އޮތް 19 ވަނަ ރައްޔިތުންގެ މުޖިލީހުގެ 2019 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 77 ވަނަ ޖަލްސާގައެވެ. މީގެ އިތުރުން، 26 ފެބުރުވަރީ 2020 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގައި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ. އަދި، 17 މާރިޗު 2020 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 (ފަސްދޮޅަސް ހަތަރު) މެންބަރުންގެ އިއްތިފާޤުން ބިލު މަޖިލީހުން ބަލައިގަތުމަށް ވަނީ ފާސް ކޮށްފައެވެ.

"އެއްމެދު ޢިމާރާތުގެ ބިލު” ހުށަހެޅުއްވުމުގެ މަޤްޞަދެއްކަމުގައި ސަރުކާރުން ފާހަގަކުރައްވާފައިވަނީ، ދިވެހިރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތުގެ ގޮތުގައި ރަޖިސްޓަރީ ކޮށްދިނުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތެއްގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކު ކުރެވޭނެ މަގުފަހިކޮށްދިނުމާއެކު، ޔުނިޓުތައް މިލްކުވާނެ ގޮތްތައް ކަނޑައެޅުމާއި، އެއްމެދު ޢިމާރާތުގެ އެކި ބައިތަކުގައި ދިރިއުޅެ، އެ ތަންތަން ގަނެވިއްކުއި، ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްތައް ކުރުމާއި، އެއްމެދު ޢިމާރާތް ބެލެހެއްޓުމާއި ބޭނުން ކުރުމުގެ އެނޫންވެސް އުސޫލުތައް ބަޔާންކުރުމެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް