Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީންގެ އިސްތިއުނާފު މައްސަލަ

މިމަހުގެ 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ޔާމީންގެ މައްސަލަ ނިންމަނީ

އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ނޮވެމްބަރު 2021 | ބުރާސްފަތި 12:23
ރައީސް ޔާމީން ޕީޕީއެމްގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ

ރައީސް ޔާމީން ޕީޕީއެމްގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމްގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފު ހުކުމް، އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުރުމަށް ސުޕްރީމް ކޯޓުން ތާވަލްކޮށްފިއެވެ.

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފުގެ ހުކުމް ކުރަން ތާވަލްކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00އަށެވެ.

Advertisement - newsAdvertisement

ގއ. ވޮޑަމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން، އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑަރކުރިކަމުގެ ކުށުގައި ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

މިމައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. ޔާމީންގެ ފަރާތުން މިމައްސަލަ ސްޕްރީމް ކޯޓާ ހަމައަށް ގެންދިޔައީ އެހެންވެއެވެ. ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑްރިންގެ މައްސަލާގައި ސުޕްރީމް ކޯޓުގައި ގިނަ އަދި ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންދިޔަ އެވެ. އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.

އެހެންނަމަވެސް މިދިޔަ ހަފުތާ އިތުރު އަޑުއެހުމެއް ވަނީ ބާއްވާފައެވެ. މިއަޑުއެހުމަކީ ގއ. ވޮޑުމުލާގެ ކުލީގެ ފައިސާ ހިމެނޭ ޗެކްގެ ނަންބަރު، ބޭންކް ސްޓޭޓްމެންޓާއި ޑިޕޮސިޓް ސްލިޕްގައި ދެ ގޮތަކަށް ލިޔެފައި އޮތުމުން އެކަމާ ގުޅޭ ގޮތުން ދައުލަތާ ސުވާލުކުރުމަށް ބޭއްވި އަޑުއެހުމެވެ.

ޔާމީން ޖަލަށް ލާން ކުރި ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު، ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރިޝްވަތާއި މަނީ ލޯންޑަރިންގގެ މައްސަލައެއް ޔާމީނާ ދެކޮޅަށް އަންނަނީ ހިންގަމުންނެވެ. އަދި މަނީ ލޯންޑަރިންގެ އައު ދައުވާއެއް ޕީޖީ ވަނީ ބުދަ ދުވަހު ރައީސް ޔާމީނާ ދެކޮޅަށް ކޮށްފައެވެ. އެއީ ވ. އާރަށް ކުށްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުގައެވެ. 

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު