Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ މީހުން

ޣައިރު ހާޒިރުގައި ހުކުމްކޮށް ޕާސްޕޯޓު ހިފަހައްޓާފައިވާ 422 މީހުން، ހައްލު ހޯދައިދެވޭތޯ ބަލަނީ

25 ނޮވެމްބަރު 2021 | ބުރާސްފަތި 10:29

އެއްފަހަރަށްވުރެ ގިނަ ފަހަރަށް ހުކުމް ކޮށްފައިވާ 67 މީހެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 ނޮވެމްބަރު 2021 | ބުރާސްފަތި 10:29
ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި

ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި

ޣައިރު ހާޒިރުގައި ހުކުމްކޮށް ޕާސްޕޯޓު ހިފަހައްޓާފައިވާ 422 މީހުން ޕާސްޕޯޓް ދޫކުރެވޭނެ ގޮތް ހެދުމަށް އޭޖީ އޮފީހުގައި ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޖުޑިޝަރީ ކޮމިޓީން މިހެން ނިންމާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ 3 މޭ 2021 ގައި ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެން ކޮމިޓީން އެ މައްސަލަ ބެލުމަށްފަހުގައެވެ.

އީވާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ، އެކި އެކި މައްސަލަތަކުގައި ޣައިރު ހާޒިރުގައި ކޯޓުތަކުން ހުކުމް ކުރުމަށްފަހު، ތަންފީޒީ އިދާރާތަކުން އެ ހުކުމް ތަންފީޒުނުކޮށް، އެހެންނަމަވެސް އެފަރާތްތަކުގެ ޕާސްޕޯޓު ދިގު މައްދަތަކަށް ހިފަހައްޓާފައި ވާތީއާއި، އެފަދައިން ޕާސްޕޯޓް ހިފެހެއްޓިފައިވާ ގިނަ ފަރާތްތަކެއް މުޖުތަމައުގައި އުޅޭއިރު، އެކަމަށް ހައްލެއް ނުލިބިވާ މައްސަލަ ބަލައި ދިނުމަށެވެ.

މި މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު އެކުލަވާލި ރިޕޯޓްގައިވާ ގޮތުން 21 އޮކްޓޫބަރު 2021 ގެ ނިޔަލަށް، ގާތްގަނޑަކަށް 512 މައްސަލައެއްގައި، ޣައިރު ހާޒިރުގައި ހުކުމްކޮށް، އެ ހުކުމް ތަންފީޒު ކުރުމަކާނުލައި، ޕާސްޕޯޓު ހިފަހައްޓާފައިވާ 422 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ބިދޭސިންވެސް ހިމެނެއެވެ. މީގެ ތެރޭގައި އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ހުކުމް ކޮށްފައިވާ 67 މީހެއްވެސް ހިމެނެއެވެ.

ހުކުމް ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މަަދަނީ މައްސަލަތަކާއި، ޖިނާއި މައްސަލަތައްވެސް ހިމެނެއެވެ. ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ ޖަލަށްލުމަށާއި ގޭބަންދާއި އަރުވާލުން އަދި ކޮމިއުނިޓީ ސާވިސްއަށެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ޣައިރު ހާޒިރުގައި 25 އަހަރަށް ޖަލަށްލާން ހުކުމްކޮށް އެ ހުކުމް ތަންފީޒުނުކުރާ މީހަކު ވެސް އެބަހުއްޓެވެ.

ގިނައީ ކުރު މުއްދަތުގެ ހުކުމްތައް ކަމަށްވީ ނަމަވެސް, އެ މުއްދަތު ހަމަވެގެން ދިޔަ ފަހުން ވެސް ޕާސްޕޯޓް ދޫކޮށްފައި ނުވާކަން ކޮމިޓީން ފާހަގަ ކޮށްފައިވެއެވެ.

މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އިސްތިސްނާ ހާލަތެއްގެ ގޮތުގައި ދެވިފައިވާ ހަނި ފުރުސަތަށްވުރެ, ފުޅާކޮށް ޖިނާއީ މައްސަލައެއްގައި ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވިގެން ނުވާނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ޣައިރު ހާޒިރުގައި ހުކުމްކޮށް ދިގު މުއްދަތެއް ފާއިތުވެ ގޮސްފައިވަނީ ތަންފީޒީ އިދާރާތަކުން އެ ފަރާތްތައް ހޯދައި ހުކުމް ތަންފީޒު ކުރުމަށް އެކަށީގެންވާ މަސައްކަތްކޮށްފައި ނެތުމުން ނުވަތަ ޒިންމާ ފުރިހަމައަށް އަދާކޮށްފައި ނެތުމުންކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ކޮމިޓީ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފަސް ރިކޮމެންޑޭޝަނެއް ވަނީ ހިމަނާފައެވެ. މީގެތެރޭގައި ފާސްޕޯޓް ހިފަހައްޓާފައިވާ 422 މީހުންގެ މައްސަލަ، ހަމަޖެހޭ އުސޫލަކުން އޭޖީ އޮފީހުގެ އިސް ނެގުމުގެ މަތިން ނިންމުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ދާދީ ފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ. އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ދޫކޮށްލާފައިވާ މީހުންގެ ތެރެއިން އެ މީހުންނަށް ކޮށްފައިވާ ޝަރުތުތަކާ ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫއަ ކުރަންޖެހޭ މީހުން ހިމެނޭ ގޮތަށް، ހުކުމް ތަންފީޒު ކުރަންޖެހޭ މީހުންގެ ތެރެއިން، އެކި ސަބަބުތަކާހެދި މުޖުތަމަށް ދޫވެފައިވާ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާނެ ކަމަށެވެ. އެފަދަ ކަމެއް ނެތް މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާނެކަމަށެވެ. ޕާސްޕޯޓް ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަ ނުކުރުމާއި، ދަރަނި އަދާ ނުކޮށްގެން ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މީހުން ހިމެނޭ ކަމަށެވެ. މި އެންމެންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ތަންފީޒު ކުރަންޖެހޭ ހުކުމްތައް ހުރުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ހުކުމް ކޮށް ގިނަ ދުވަސް ވެފައިވާ މީހުންނަށް ރަނގަޅުގޮތެއް ހަމަޖެހޭތޯ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ރައީސް ނަޝީދަށް ހުކުމްކޮށްފައިވަނީ ގާނޫނާ ހިލާފަށް: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަށް ހުކުމްކޮށްފައިވަނީ ގާނޫނާ ހިލާފަށް: ރޮޒެއިނާ
20 އެޕްރީލު 2017

ރައުދާގެ ކޮލެޖު މީހުންގެ ހާޒިރުގައި ސީއައިޑީގެ ޓީމުން ތަހުގީގު ކުރިއަށް ގެންގޮސްފި

20 އެޕްރީލު 2017
ރައުދާގެ ކޮލެޖު މީހުންގެ ހާޒިރުގައި ސީއައިޑީގެ ޓީމުން ތަހުގީގު ކުރިއަށް ގެންގޮސްފި
20 އެޕްރީލު 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން ނިންމައިފި

20 އެޕްރީލު 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން ނިންމައިފި
06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
26 މާރިޗު 2017

ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

26 މާރިޗު 2017
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ
26 ފެބުރުއަރީ 2017

ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް