Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްފަރި ފަރަށް އުރުނު ބޯޓު

ބޯޓު ޖޫރިމަނާކުރަން ނިންމި ނިންމުން ރަނގަޅު: ޝައުނާ

25 ނޮވެމްބަރު 2021 | ބުރާސްފަތި 06:23

ބޯޓު ފަރަށް އެރުމުގައި ކެޕްޓަންގެ އިހުމާލު އޮތްކަން ފާހަގަވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ނޮވެމްބަރު 2021 | ބުރާސްފަތި 06:23
ކ. ރަސްފަރީ ފަރަށް އެރި ބޯޓު

ކ. ރަސްފަރީ ފަރަށް އެރި ބޯޓު

ކ. ތަސްފަރީ ފަރަށް އެރި ބޯޓު ޖޫރިމަނާކުރަން ނިންމި ނިމުން ރަނގަޅު ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ނިންމަވައިފިއެވެ.

'އެމް.ވީ ނަވިއޯސް އަމަރިލިސް' ނަމަކަށް ކިޔާ ކާގޯ ބޯޓު ކ. ރަސްފަރީ ފަރަށް އެރުމާއި ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ ދެއްކުމަށް ބޯޓުގެ ވެރިފަރާތަށް އަންގާފައެވެ. އެ މައްސަލަ، ބޯޓުގެ ވެރިފަރާތުން ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައެވެ. މިނިސްޓަރު އެމައްސަލަ ބައްލަވައި ނިންމެވީ އީޕީއޭގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތްކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ބޯޓު ފަރަށް އެރުމުގައި ބޯޓު ދުއްވަން އިން ފަރާތުގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަން ފާހަގަކުރެއްވެއެވެ. ހާދިސާގެ ލިޔެކިޔުންތަކުން އެނގޭގޮތުން ބޯޓުގެ އިންޖީނެއްގެ ޓެމްޕްރޭޗަރ މަތިވެގެން ކެޕްޓަނަށް އެކަން ފާހަގަކުރެވިފައި ވަނީ 18 އޮގަސްޓް 2021 ގެ 13:00 ގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ދިމާވި މައްސަލަ ބެލުމަށް ބޯޓުގެ އިންޖީނު ނިއްވާލާފައި ވަނީ ހަމަ އެ ދުވަހު 14:30 ގައި ކަމަށާއި، ބޯޓު ފަރަށް އަރާފައި ވަނީ 19 އޮގަސްޓް ގެ މެންދަމު 0300 ގައި ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، މި ހާދިސާ ހިނގިކަން ރަސްމީކޮށް ސަރުކާރުގެ މުއައްސަސާތަކަށް ބޯޓުގެ ވެރިފަރާތުން ރިޕޯޓުކޮށްފައި ވަނީ 19 އޮގަސްޓް ވަނަ ދުވަހުގެ ރޭގަނޑު 20:00 ގައިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ބޯޓު ފަރަށް އެރިކަން އީޕީއޭ އަށް ލިޔުމުން އަންގާފައި ވަނީ 21 އޮގަސްޓް ވަނަ ދުވަހު ކަމަށާއި، އޭގެކުރިން، ބޯޓު ފަރަށް އަރައިގެން އުޅޭކަން އީޕީއޭ އަށް އަންގާފައި ވަނީ ރަސްފަރި ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ މުވާސަލާތީ ކުންފުނި 'ދިރާގު' ގެ މުވައްޒަފުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެ ކުންފުނިން މި މައްސަލަ އީޕީއޭ އަށް ރިޕޯޓުކޮށްފައި ވަނީ 19 އޮގަސްޓް ވަނަ ދުވަހުގެ މެންދުރު 13:27 ގައި ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ބޯޓުގެ ވެރިފަރާތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގައި އެއްބާރުލުން ދިންކަމަށް ބަލައިގަނެވޭނެ ޖާގައެއް ނެތްކަމަށް މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކުރެއްވިއެވެ. އިމަރޖެންސީ ހާލަތެއްކަމަށް ގަބޫލުކޮށް، ވަގުތު އޮއްވައި ކަމާބެހޭ ފަރާތްތަކަށް އަންގައި އެ ފަރާތްތަކުގެ އެހީތެރިކަން ބޯޓުން ހޯދިނަމަ، ބޯޓު ފަރަށް އެރުމުން ސަލާމަތްކުރެވުނީސް ކަމަށް ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުން ދެކޭކަމަށްވެސް މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރގެ ނިންމެވުމުގައި ވަނީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ އެންމެބޮޑު ރައުސްމާލަކީ ފަރުތަކުގެ ނިޒާމުކަން ފާހަގަކުރައްވާފައެވެ. އަދި ފަރުގެ ނިޒާމަކީ އޭގެ މައްޗަށް ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައިވާ، ވަކިން ޚާއްސަކޮށް ފަތުރުވެރިކަމާއި މަސްވެރިކަން އެއާއި ނުލާ ދެމެހެއްޓެނި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ނިޒާމުތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބޭ ގެއްލުމުގެ އިތުރުން ތެޔޮ ލީކުވުން ފަދަ ހާދިސާއެއް ހިނގިނަމަ، ރާއްޖޭގެ ތިމާވެއްޓަށާއި، މަސްވެރިކަމަށާއި، އާންމު ސިއްހަތަށާއި، ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު އަހަރުތަކެއް ވަންދެން ކުރާނެކަމީވެސް ޝައްކެއްނެތް ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަޙައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަޙައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބުލަނޑާއާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަޙައްދެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް