Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަހުވަދޫ މެޖިސްޓްރޭޓްގެ މަގާމު ގެއްލުން

ސާބިތު ދަރަންޏެއް އޮވެގެން، ކުޑަހުވަދޫ މެޖިސްޓްރޭޓްގެ މަގާމު ގެއްލިއްޖެ

ކޮމިޝަނުގެ ސަމާލުކަމަށް ގެނެވުނު މައްސަލައެއް ބެލިބެލުމުން ޙުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައިނުވާކަން އެނގޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ނޮވެމްބަރު 2021 | ބުދަ 17:47
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރު

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރު

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުގެ ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން, މަގާމު ގެއްލިފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ން ނިންމައިފިއެވެ.

އެކަމާގުޅޭގޮތުން ޖޭއެސްސީން ބުނީ، ކޮމިޝަނުގެ ސަމާލުކަމަށް ގެނެވުނު މައްސަލައެއް ބެލިބެލުމުން، ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުގެ ސާބިތު ދަރަންޏެއް، ޙުކުމާ އެއްގޮތަށް އަދާކޮށްފައިނުވާކަން އެނގެން އޮތްކަމަށެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެގެ 15 ވަނަ މާއްދާގެ (ބ)ގެ (2) ވަނަ ނަންބަރުގައިވާ ގޮތުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް ނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެކަމެކެވެ. އެއިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެނަމަ އެ ފަނޑިޔާރަކު ހުރި މަޤާމު ހުސްވީ ކަމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާތީ، އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުގެ ކިބައިން ފަނޑިޔާރުކަމުގެ ޝަރުތު އުނިވެއްޖެކަމަށް ނިންމާކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރު ހުންނެވި، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމު ހުސްވީކަމުގައި ނޮވެމްބަރު 24 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މިއަހަރުގެ 89 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައިކަމަށް ޖޭއެސްސީން ބުނެއެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ރާއްޖެ ޓީވީގެ ވިސާމަށް ކުށް ސާބިތު ނުވުމުން ޕީޖީން އިސްތިއުނާފް ކުރީތީ ކަންބޮޑުވޭ: އެމްޑީޕީ

18 އެޕްރީލު 2017
ރާއްޖެ ޓީވީގެ ވިސާމަށް ކުށް ސާބިތު ނުވުމުން ޕީޖީން އިސްތިއުނާފް ކުރީތީ ކަންބޮޑުވޭ: އެމްޑީޕީ
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
04 އެޕްރީލު 2017

މިރުޒާ މަރާލިކަން ސާބިތުވެ ނަސީފާއި ޝިފާއު މެރުމަށް ހުކުމް ކޮށްފި

04 އެޕްރީލު 2017
މިރުޒާ މަރާލިކަން ސާބިތުވެ ނަސީފާއި ޝިފާއު މެރުމަށް ހުކުމް ކޮށްފި
28 މާރިޗު 2017

ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ

28 މާރިޗު 2017
ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ
25 މާރިޗު 2017

ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ

25 މާރިޗު 2017
 ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ
20 މާރިޗު 2017

ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން

20 މާރިޗު 2017
ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު