Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިބު ރައީސްގެ ބަންގްލަދޭޝް ދަތުރުފުޅު

ނައިބު ރައީސް، ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2021 | އަންގާރަ 16:40
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އެޤައުމުގެ ބޮޑުވަޒީރުގެ އެޑްވައިޒަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އެޤައުމުގެ ބޮޑުވަޒީރުގެ އެޑްވައިޒަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހާރު ބަންގްލަދޭޝްއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ އެޑްވައިޒަރ ޓު ދަ ޕްރައިމިނިސްޓަރ، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އަދި މިނިސްޓަރ އޮފް އެޑިއުކޭޝަންއާ ވަކިވަކިން ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އެޑްވައިޒަރ ހިސް އެކްސެލެންސީ ސަލްމާން ރަޙްމާނާއެވެ. މި ބައްދަލުކުރެއްވުމުގައި، ކޮވިޑް-19ގެ ސަބަބުން ދެ ޤައުމަށް ވެސް ކުރިމަތިވެފައިވާ ގެއްލުންތަކާ ގުޅިގެން، ރާއްޖެއާއި ބަންގްލަދޭޝްގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، ޞިއްޙީ ޚިދުމަތުގެ އެކި ދާއިރާތަކުން ޚާއްޞަ ވެގެން، ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ވެސް ރާއްޖެއަށް ބޭނުންވާ ކަމުގައި ވިދާޅުވެފައެވެ. އަދި ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި، ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށް އެމަނިކުފާނު ދެ ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، ޢިމްރާން އަޙްމަދާއެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވީ އެންމެ އަވަހަކަށް ރެގިއުލަރައިޒް ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި، ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުންގެ ބޭނުން މިހާރަށްވުރެ ފަސޭހައިން ހިފުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ހުރިހާ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމުގައި މިނިސްޓްރީގެ އެހީއަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މުވައްޒަފުންގެ 'ކްރިޓިކަލް ސްކިލް' އިތުރުކުރުމަށް ޓެކްނިކަލް ޓްރެއިނިންގއާއި ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ވޯރކް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގައި ދެޤައުމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އެމް.ޑީ. ޒާހިދު އަޙްސަން ރަސަލްއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ކުޅިވަރު ދާއިރާ ތަރައްޤީކުރުމަށް، އެތުލީޓުންނަށް ޚާއްޞަ ޓްރެއިނިންގ ކޭމްޕްތަކާއި، ކުޅިވަރުގެ ދާއިރާގެ އެކި ފަންނުތަކުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ވަނީ 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ)ގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން 14 އަހަރުގެ ދިވެހި އަންހެން ކުޅުންތެރިޔާ ދީނާ ދެއްކި ކުޅުމަށް ތަޢުރީފު ކުރައްވައި، ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ޤާބިލުކަން ހުރި މިންވަރު ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖޭގެ ކްރިކެޓް އަލުން ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގައި ކުޅުމަށް އޯލް ސިސްޓާ ބަންގްލަދޭޝްގެ ކްރިކެޓް ޓީމެއް މިހާރު ރާއްޖެ އަތުވެއްޖެނަމަ ކުޅިވަރުގެ ރޮނގުން ކުރިއަރާފައިވާ ޒުވާނުންނާއި، އަމިއްލަ ފަރުދުންގެ ސަމާލުކަން ކްރިކެޓަށް ލިބިގެންދާނެ ކަމަށް ބެލެވޭކަމުގައި ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ދީޕޫ މޮނީއާއި ބައްދަލުކުރައްވައި ނައިބްރައީސް ވިދާޅުވީ، ޞިއްޙީ ދާއިރާއާއި އިންޖިނިއަރިންގ ފަދަ ދާއިރާތަކުން ޚާއްޞަ ތަޢުލީމީ ފުރުޞަތުތައް އިތުރުކުރުމަށާއި، ތަޢުލީމީ ރެގިއުލޭޓަރީ ބޮޑީތަކުގައި ސްޓޭންޑަރޑް ޕްރެކްޓިސްތައް އުފެއްދުމަށް ބޭނުންވާ ފަންނީ ތަޖުރިބާ ކާރުން ބިނާކުރުމަށް، ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމަށެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ އިންސްޓިޓިއުޝަންތަކުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިނުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އެޑްވައިޒަރާއި، އެޤައުމުގެ ބައެއް މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުންތަކަށްފަހު، އެމަނިކުފާނު ވަނީ ސައުތު އީސްޓް އޭޝިއަން ފައުންޑޭޝަން (އެސް.އީ.އޭ.ސީ.އޯ)ގެ ޗެއަރމަން ޞަލާޙުއްދީން ކަސެމް ޚާންއާ ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޗިޓަގޮންގް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދެ ދަރިވަރަކަށް ދެއްވި ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދިން ސިޓީ ޤަބޫލުފުޅު ކުރައްވާފައެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޔުނިވަރސިޓީ އޮފް އޭޝިޔާ ޕެސިފިކްގެ އެކްޓިންގ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑޮކްޓަރ ސުލްޠާން މަޙްމޫދުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެއް ދަރިވަރަކަށް ދެއްވި ފުލް ސްކޮލަރޝިޕްގެ ފުރުޞަތާއި، އަދި އިތުރު އެއް ދަރިވަރަކަށް ޕާރޝަލް ފީ މަޢާފުކޮށްދިނުމުގެ ފުރުޞަތު ޤަބޫލުފުޅު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުމުޑީނީ ވެލްފެއަރ ޓްރަސްޓްގެ މެނޭޖިންގ ޑިރެކްޓަރ ރަޖީވް ޕްރަސާދް ޝާހާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބެޗްލަރސް އޮފް ޑެންޓިސްޓްރީ (ބީޑީއެސް) ކިޔެވުމަށް ދިވެހި 5 ދަރިވަރަކަށް ދެއްވި ޚާއްޞަ ސްކޮލަރޝިޕާއި، ދިވެހި 2 ދަރިވަރަކަށް މާސްޓަރ އޮފް ސައިންސް (އެމްއެސްސީ)އިން ނަރސިންގ ކިޔެވުމަށް ދެއްވި ފުރުޞަތު ޤަބޫލުފުޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ބަންގްލަދޭޝްފައިސަލް ނަސީމްނައިބު ރައީސް, ފައިޞަލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު