Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންސްޕޯޓް އޮތޯރިޓީ އުވާލުން

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ކޮމިޓީން ފާސްކޮށްފި

އޮތޯރިޓީ އުވާލުމަށްފަހު މިނިވަންތަނެއް އުފައްދާނެ ކަމަށް މިނިސްޓްރީން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ނޮވެމްބަރު 2021 | އަންގާރަ 07:13
ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ރައްޔިތުންގެ މަޖިލީހުގައި މި މައްސަލަ ބަލަމުން ދިޔަ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގައި މި މައްސަލަ ބަލަމުން ދިޔައީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައެޅީ ސަރުކާރުގެ ފަރާތުންނެވެ. އެ އޮތޯރިޓީ އުވާލުމަށް އަންގާރަ ދުވަހު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސައިން ޒިޔާދެވެ. ބިލް ހުށަހަޅުއްވަމުން ހުސައިން ޒިޔާދު ވިދާޅުވީ ބިލް ހުށަހަޅުއްވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީކަމަށެވެ. މި ބިލަށް އާންމުންގެ ޚިޔާލުވެސް ހޯދާފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އާއި، އެޓަރނީ ޖެނެރަލް އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ބައްދަލުކޮށް މަޝްވަރާވެސް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަނީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން މިނިސްޓަރ ބޭނުންފުޅުވާ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަމުން ނުދާކަމަށާއި މިނިސްޓަރުގެ ބަސް ނުވިކޭކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ވިސްނުމަކަށް އެންމެ ފުރަތަމަ ދިޔައީ އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ބަލާލާއިރު، ދަތުރުފަތުރާ ގުޅުންހުރި ކަންކަން އަބަދުވެސް ބަލަމުންދާނީ މިނިވަން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކުން ނަމަވެސް، ރާއްޖެއަށް ބަލާނަމަ ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރޭގައި ވަރަށް ބޮޑަށް ކޮރަޕްޝަން އަށަގެންފައި އޮތުމާއި އެކަމުން އަރައިގަތުމަށް އޮތް ހައްލަކީ އެތަން އުވާލާ އެތަނުން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީގެ ދަށަށް ގެނައުން ކަމަށް މިނިސްޓްރީގެ ބޭފުޅުން ފާހަގަ ކުރައްވާފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އެގާނޫނުން ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ބޯޑު ހިނގަމުންދާންވާނީ މިނިސްޓަރުގެ ބެލުމުގެ ދަށުންކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

އެހެންކަމަށްވާއިރު މުޅި ގާނޫނު އުވާނުލައި ބޯޑުގައި ތިބި ބަޔަކު ބަދަލުކޮށްގެން އެކަން ނުވާނެތޯ މެމްބަރުން ވަނީ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ. އެކަމަށް ޖަވާބު ދެމުން މިނިސްޓްރީން ފާހަގަކުރަމުން އައީ ދެ ފަރާތުގެ މަސައްކަތުގައި ފުށު އެރުންތަކެއް ހުރުމާއި އޮތޯރިޓީގެ މަސައްކަތްތަކުގައި ލަސްތަކެއް ހުރުމެވެ. އަދި މިނިސްޓަރ އަންގަވާގޮތަށް އޮތޯރިޓީގެ ބޯޑުން މަސައްކަތް ކުރަމުން ނުދިޔުމެވެ. އޮތޯރިޓީގެ ގާނޫނު އުވާލުމަށް މިނިސްޓްރީން ބޭނުންވަނީ ގާނޫނުގައި މައްސަލަތަކެއް އުޅޭތީ ނޫންކަމަށް މިނިސްޓްރީގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށްފަހު އުފެއްދެވި ތަނެކެވެ. މިސަރުކާރު އައުމަށްފަހު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަލުން އުފައްދަވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު