Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވ. ތިނަދޫ އައު އިންޖީނުގެ

ވ. ތިނަދޫ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށައިފި

އާ ޖަނަރޭޓަރާއެކު، ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136 ކިލޯވޮޓްއަށް ވަނީ އިތުރުވެފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 16:08
ވ. ތިނަދޫގައި ސްޓެލްކޯއިން ހެދި އެސްޓީޑަބްލިއު500 ޖަނަރޭޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ވ. ތިނަދޫގައި ސްޓެލްކޯއިން ހެދި އެސްޓީޑަބްލިއު500 ޖަނަރޭޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ސްޓެލްކޯއިން އުފެއްދި ޖަނަރޭޓަރާއެކު، ވ.ތިނަދޫ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށައިފިއެވެ. ތިނަދޫގެ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށާފައިވަނީ ސްޓެލްކޯގެ ސްޓެވޯ ވޯރކްޝޮޕުން އެސެމްބަލްކުރި ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ މުޅިން އައު ޖަނަރޭޓަރަކާއެކު ކަމަށާއި، މި ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރު ތަކުގެ ތެރެއިން، ކޮމިޝަންކޮށް ބޭނުން ކުރަންފެށި ފުރަތަމަ ޖަނަރޭޓަރުކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ، އާ ޖަނަރޭޓަރާއެކު ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136 ކިލޯވޮޓް އިތުރުވެފައިވާ ކަމަށެވެ. މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ 656 ކިލޯވޮޓެވެ.

Advertisement - newsAdvertisement

ތިނަދޫގެ އާ އިންޖީނުގެ ބޭނުންކުރަން ފަށާފައި މިވަނީ ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯރކްވެސް އަޕްގްރޭޑް ކުރުމަށްފަހުގައި ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. އަދި އެ ރަށުގެ ބާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރު ސެޓްތައް އާ އިންޖީނުގެއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް އާ އިންޖީނުގެއަށް ބަދަލު ކުރެވުމާއެކު، ބާ އިންޖީނުގެ ބޭނުން ކުރުން އެއްކޮށް ހުއްޓާލާނެއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި، ތިނަދޫ އިންޖީނުގޭގައި ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ތިނަދޫ އިންޖީނުގޭގައި 20 ކިލޯވޮޓްގެ ސޯލާ އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވ. ތިނަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި

19 ސެޕްޓެމްބަރު 2025
ވ.ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި

ވ.ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި

19 ޑިސެމްބަރު 2023
ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި

17 ޖުލައި 2023
ވ.ރަކީދޫއާއި ތިނަދޫ އަދި އދ. ދިއްދޫ ދާއިރާގެ ބައި-އިލެކްޝަން މެއި-6 ގައި

ވ.ރަކީދޫއާއި ތިނަދޫ އަދި އދ. ދިއްދޫ ދާއިރާގެ ބައި-އިލެކްޝަން މެއި-6 ގައި

25 މާރިޗު 2023

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު