Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިސޯޓްތަކުން ކަނޑަށް ކުނިއަޅާ މައްސަލަ

ރިސޯޓްތަކުން، ފަނާވެ ނެތިދާ ކުނި ކަނޑަށް އުކާލެވޭގޮތަށް އޮތް މާއްދާ، ގަވާއިދުން އުނިކޮށްފި

ރިސޯޓްތަކުން ކަނޑަށް ކުނިއަޅާކަމުގެ ޝަކުވާ ކުރަމުންދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 13:30
ރިސޯޓުން ކަނޑަށް އަޅާފައިވާ ކުނިތައް އިގްބާލް ނަގާފައި- އިގްބާލް

ރިސޯޓުން ކަނޑަށް އަޅާފައިވާ ކުނިތައް އިގްބާލް ނަގާފައި- އިގްބާލް

ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ އުކާލެވޭނީ، ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި، ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ކުނިކަމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކުރާ މާއްދާ އެގަވާއިދުން އުނިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. މިއިސްލާހުގައި ވަނީ އެގަވާއިދުގެ 5.3.3 ވަނަ މާއްދާ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އުވޭނެކަމަށެވެ.

ގަވާއިދުގައިވާ މިމާއްދާ އުވާލާފައިމިވަނީ ރިސޯޓްތަކުން ކަނޑަށް ކުނިއަޅާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. އެގޮތުން މިފަހުން ވަނީ ރ. އަތޮޅުގެ އެމަރެލްޑް މޯލްޑިވްސް ރިސޯޓުގައި ޑައިވަރެއްގައި ގޮތުގައި މަސައްކަތްކުރި އިގްބާލް ބިލާލު، އެރިސޯޓަށް މޫދަށް އަޅާލާފައި ހުރި ކުނި ކޮތަޅުތަކެއް ނަގައިގެން ގޮސް ރިސޯޓުގެ ރިސެޕްޝަނުގައި ބަހައްޓާފައެވެ. އެކަމަށް ގިނަ ބަޔެއްގެ ސަމާލުކަންވެސް ވަނީ ލިބިގެންގޮސްފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން، ފަނާވާ ޒާތުގެ ކުނި ކަނޑަށް އުކާލުމުގެ ހުއްދަ ރިސޯޓްތަކަށް ލިބުނުނަމަވެސް އެނޫން ބާވަތުގެ ކުނިވެސް ރިސޯޓްތަކުން ކަނޑަށް އަޅާކަމުގެ ޝަކުވާ އަކީ ޒަމާނުއްސުރެވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.

ކަނޑަށް ކުނިއަޅާނަމަ ސީރިއަސް ފިޔަވަޅު އަޅާނެކަމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ، 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ކ. އެނބޫދޫފަޅުގައި ހުންނަ ކްރޮސްރޯޑްސް މޯލްޑިވްސްގައި އިއްޔެ ކުރިއަށް ގެންދިޔަ މޯލްޑިވްސް ޓޫރިޒަމް ކޮންފަރަންސްގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވެފައިވަނީ އެކަމުގެ ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައިނުވާކަމަށާއި ރިސޯޓްތަކުން ކުނި އަޅައިގެން އެހާތަނަށްވެސް މިނިސްޓްރީން މައްސަލައެއް ބަލާފައިވާނީ އަމިއްލައަށް އިސްނަގައިގެންކަމަށެވެ.

ގަވާއިދަކުން ބާރުލިބިގެން ރިސޯޓުތަކުން ކުނި އަޅާ މައްސަލައިގައި މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމެންޓް ކޮމިޓީން ވަނީ، މިއަހަރުގެ ޖެނުއަރީ މަހު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި މަޓީން ބުނެފައިވަނީ ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ހުއްޓާލަން ޖެހިއްޖެ ނަމަ ވަރަށް ދަތިވާނެކަމަށެވެ. ޚާއްސަކޮށް ސަފާރީތަކަށް، ރަށްރަށަށް ކުނި ގެންދަން ދަތުރުކުރަން ވަރަށް ދަތިވާނެ ކަމަށެވެ. އަދި ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން ހުއްޓޭނީ ކުނި މެނޭޖްކުރާ ފެސިލިޓީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް، ކުނި އުފުލާ ބޯޓުތަކެއްގެ ޚިދުމަތް ލިބިގެން ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ތިރީހަކަށް ދުވަހުގެ މުހުލަތެއް ދީފައި، ކަނޑަށް ކުނި އެޅުން މަނާކުރަން ތާއީދުކުރާ ކަމަށާއި އެކަމަށް އެއްބާރުލުން ދޭނެ ކަމަށް މަޓީން ވަނީ ބުނެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ޤަވާޢިދުގެ 5.3.3.ގައި ބުނެފައިވަނީ ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި، ކުނި ކަނޑަށް އަޅަން ޖެހިއްޖެނަމަ އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި، ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ތަކެއްޗެވެ. އަދި މިގޮތުން އުކާލެވޭ އަމިއްލައަށް ފަނާވެ ނެތިދާ ކުނި އުކާލަންޖެހޭނީ އަތޮޅުން ބޭރަށް، ވަޔާއި އޮޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށެވެ. އެގަވާއިދުގެ 5.3ގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަންތަނުން ކުނި ނައްތާލަންޖެހޭނީ ރާއްޖޭގެ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަގޮތެއްގެމަތިން، ރާއްޖޭގައި ހެދިފައިވާ ތިމާވެށީގެ ގާނޫނުތަކާއި ސަރުކާރުގެ އެކި އިދާރާތަކުން އަމަލުކުރަމުން ގެންދާ ގަވާއިދުތަކުގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަތިންނެވެ.

އެއުސޫލުތައް މިގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެއުސޫލުގައި 8 ކަމެއް ބަޔާންކޮށްފައިވެއެވެ.

ރިސޯޓުކުނި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

10 ޖުލައި 2025
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ

ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ

20 މެއި 2024
ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

29 އެޕްރީލު 2024

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު