Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެނިސް ތަރި ޝުއާއީ

ޗައިނާގެ ޓެނިސް ތަރި ޝުއާއީ ހާލު ރަނގަޅު ކަމަށް ބުނެފި

22 ނޮވެމްބަރު 2021 | ހޯމަ 12:11

އައިއޯސީގެ ރައީސް ތޯމަސް ބެކާއެކު ބޭއްވި ވީޑިއޯ ބައްދަލުވުމުގައި ޝުއާއީ ވަނީ ހާލު ރަނގަޅުކަމަށް ބުނެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 22 ނޮވެމްބަރު 2021 | ހޯމަ 12:11
ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީ

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީ

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީ ވީޑިއޯ މެދުވެރިކޮށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީގެ ރައީސް ތޯމަސް ބެކްއާ ބައްދަލުކޮށް ހާލު ރަނގަޅުކަމަށް ބުނެފިއެވެ.

ނޮވެމްބަރު މަހުގެ ކުރީކޮޅު ޗައިނާގެ އިސް އޮފިޝަލަކާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި ފަހުން ޝުއާއީގެ ހަބަރެއް ނުވާތީ އޭނާ ދިރިހުރިކަމުގެ ހެކި ދައްކަން ޗައިނާއަށް އެކި ފަރާތްތަކުން ދިޔައީ ޕްރެޝަރު ކުރިމަތިކުރަމުންނެވެ.

އައިއޯސީގެ ރައީސް ތޯމަސް ބެކްއާ އެކު ބޭއްވި 30 މިނެޓުގެ ވީޑިއޯ ބައްދަލުވުމުގައި ޝުއާއީ ވަނީ އޭނާގެ ހާލު ރަނގަޅުކަމަށް ބުނެފައެވެ. އަދި އޭނާގެ ހާލާއިމެދު އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ އެކަމަށް ޝުކުރުއަދާކޮށްފައިވެއެވެ.

އައިއޯސީން ނެރުނު ބަޔާނެއްގައި ބުނީ ޝުއާއީގެ ހާލު ރަނގަޅު ކަމަށާއި، ބެއިޖިންގައި ހުންނަ ގޭގާއި އޭނާ މިހާރު އުޅެމުންދާތީ، އޭނާގެ ޒާތީ ދިރިއުޅުމަށް އިހުތިރާމް ކުރުމަށް އެދިފައިވާ ކަމަށެވެ.

ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ޝުއާއީގެ ޚަބަރެއް ނުވާތީ އެކަމާ ގިނަ ފަރާތްތަކުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އޭނާ ގެއްލުނީ ޗައިނާގެ ބޮޑުވަޒީރުގެ ކުރީގެ ނާއިބު ޒަންގް ގައޮލީއާ ގުޅޭ ތުހުމަތުތަކެއް ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި ޕޯސްޓްކުރި ފަހުންނެވެ.

ޝުއާއީ ބުނީ 2013 އިން 2018 އަށް ޒާންގްއާ އެކު ޖިންސީ ގުޅުމެއް ބާއްވަން އޭނާ އަށް މަޖުބޫރު ކުރުވި ކަމަށެވެ. ފަހުން އެ ޕޯސްޓު ވަނީ ޑިލީޓްކޮށްފައެވެ. އަދި އޭގެ ފަހުން ޝުއާއީގެ ޚަބަރެއް ވެސް ނުވެއެވެ.

ޕެންގް ޝުއާއީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި
26 ޖޫން 2017

ކޮލަމްބިއާގައި ބޯޓު ބަންޑުން ޖަހާލުމުގެ ހާދިސާއެއްގައި މަދުވެގެން ހަ މީހުން މަރުވެއްޖެ

26 ޖޫން 2017
ކޮލަމްބިއާގައި ބޯޓު ބަންޑުން ޖަހާލުމުގެ ހާދިސާއެއްގައި މަދުވެގެން ހަ މީހުން މަރުވެއްޖެ
03 ޖޫން 2017

މެންޗެސްޓާ ހަމަލާ: އާރިއާނާ ގްރާންޑޭ ޒަޚަމްވި ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައިފި

03 ޖޫން 2017
މެންޗެސްޓާ ހަމަލާ:  އާރިއާނާ ގްރާންޑޭ ޒަޚަމްވި ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައިފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް