Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހަވަންދިއްޕޮޅު ޕޯޓް

އާގުބޯޓު ފަހަރަށް އިހަވަންދިއްޕޮޅުގައި ޚިދުމަތް ދިނުމަށް އެދި ހުށަހެޅި ގަރާރު އިގްތިސާދީ ކޮމިޓީއަށް

ގަރާރު ބަލައިގަތީ 50 މެމްބަރުންގެ ވޯޓުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 09:07
އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް

އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް

އިހަވަންދިއްޕޮޅުގައި އާގުބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހުށަހެޅި ގަރާރު ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ގަރާރު ބަލައިގަތީ 50 މެމްބަރުންގެ ވޯޓުންނެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި މިގަރާރުގައި ބުނެފައިވަނީ، ރާއްޖެއަކީ ހުޅަނގާއި އިރުން މުދާ ހިފައިގެންދާ އާގުބޯޓު ފަހަރު، ދަތުރުކުރާ މަގުގައި އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ ކާގޯ ބޯޓުފަހަރު ހުރަސްކުރާ ޗެނަލަކަށްވާތީ، މިކަމުން ހޯދެން އޮތް ނަފާ ހޯދުމަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އަމާޒު ހިފިދާނެ ސިނާއަތެއް ކަމަށެވެ. ބޭރުގެ އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ސިނާއަތެއް މިހިނދުން މިހިނދަށް ގާއިމުކުރުމަކީ، ބޭނުންތެރިކަމެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެ ހުރަސްކޮށް ގައުމުތަކަށް ގެންދާ މުދަލުގެ އަގު އިތުރުވެފައިވާ ކަމަށާއި، ރާއްޖެ ހުރަސްކޮށްދާ ބޯޓުފަހަރު ކޮންމެ އަހަރަކު ހާހުން އިތުރުވަމުން އަންނައިރު، އެ ބޯޓުފަހަރުން ގެންދާ މުދަލުގެ އަގު ބިލިއަނުން ގުނާލެވެއެވެ. އެހެންކަމުން އެ ސިނާއަތުގެ މަންފާ ހޯދުން މުހިއްމު ކަމަށް ގަރާރުގައި ވެއެވެ. އެ މަންފާ ލިބޭނެ ޓްރާންސްޝިޕްމެންޓް ޕޯޓެއް، މިދިޔަ ދިގު މާޒީގައި ގާއިމުވެފައި ނެތް ކަމަށާއި، ރާއްޖެއަކީ މި ސިނާއަތުން އެންމެ ފައިދާ ވާނެ ގައުމު ކަމުގައި ގަރާރު ހުށަހެޅުއްވި މެމްބަރު ސަލީމް ވިދާޅުވިއެވެ. މިއީ އައު ވިސްނުމެއް ނޫން ކަމަށާއި، ކޮންމެވެސް ސަބަބަކާހެދި އެއަށް އަމަލީ ސިފަ މިހާތަނަށް ގެނެވިފައި ނުވާ ކަމަށެވެ.

މިފަދަ ބަނދަރެއް ގާއިމުކުރުމަށް ބިލިއަނުން އިންވެސްޓްމެންޓް ބޭނުންވާނެކަން ގަބޫލުފުޅުކުރެއްވޭ ކަމަށާއި، އެހެންނަމަވެސް އެވަރުގެ ފައިނޭންސާ ނުލައި ވެސް މިހާރުވެސް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ. ބޯޓުތައް ބަނދަރުކުރެވި، ކޮންޓެއިނަރުތައް ބާލައި، ކަންކަން ނުކުރެވުނަސް، އިހަވަންދިއްޕޮޅަކީ، ފަޅުވެރިންނަށް ޚިދުމަތްދެވޭނެ ޕޮއިންޓަކަށް ހެދިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިކަންކަމާއެކު ދިވެހިންނަށް ވަޒީފާ އިތުރުވެ، ދިރިއުޅުން ތަރައްގީކޮށް ކުރިއެރުވިދާނެ ކަމަށާއި، އެހެންކަމުން އެކަންއެކަން ކުރަން ޖެހިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

އުލިގަމު ހުރަސްކޮށް ދުވާލަކު 45 އާއި، 55އާ ދެމެދުގެ އަދަދަކަށް އާގުބޯޓުފަހަރު ދަތުރުކުރާއިރު އުލިގަމަކީ ޕޯޓެއްގެ ގޮތުގައި ބަލައިގެންފި ނަމަ އެކަމުގެ ފައިދާ އެ ސަރަހައްދަށް ލިބޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން މިހާރުން މިހާރަށް އުލިގަމުގައި ބޯޓު ފަހަރަށް ކޮންމެވެސް ޚިދުމަތެއް ދެވޭނެ މަގު ފަހިކުރުމާއި، ސެކިއުރިޓީ ފޯރުކޮށްދިނުން މިހާރުވެސް ހަމަޖެހިގެންދާނެ ގޮތެއް ބައްލަވައިދެއްވުމަށް ގަރާރުގައި ވަނީ އެދިފައެވެ.

ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ ބޯޑަރުތައް ބަންދުވެ ދުނިޔޭގެ އިގްތިސާދު ހުއްޓުމަކަށް އައި ހިނދު ރާއްޖޭގެ އިގްތިސާދު އެކަމަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ހުއްޓި، އެ ސިނާޢަތަށް ބަރޯސާ ވެފައިވާ އަދި އާމްދަނީ ލިބޭނެ އެހެން ދޮރުތައް ބަންދުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެހެން ގޮތަކަށް ބައްޓަން ކުރުމުގެ މުހިއްމުކަން މިވަނީ ބޮޑުވެފައި ކަމަށް ގަރާރުގައި ބުނެފައިވެއެވެ. ފަތުރުވެރިކަމަކީ ދުނިޔެއަށް އަންނަ ކިތަންމެ ކުޑަ ލޮޅުމަކުން ވެސް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ސިނާއަތެއް ކަމަށާއި، ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް އެކަމުން އަސަރު ކުރާކަން ކޮވިޑްގެ ސަބުން އެނގިގެން ދިޔަ ކަމަށެވެ. އެކަން މިހާރު ރާއްޖެ ތަޖުރިބާ ކޮށްފައިވާ ކަަމަށެވެ. އެހެންކަމުން އެ ސިނާއަތަށް އެކަނި ބަރޯސާވެގެން އޮތުމަކީ ގައުމެއްގެ ގޮތުގައި ކުރަން ހެޔޮވެސް ނުވާވަރުކަމެއްކަން ކޮވިޑްގެ ސަބަބުން އެނގި ދަސްވެއްޖެ ކަމަށް ސަލީމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެއެވެ.

އެ ފިލާވަޅުގެ އަލީގައި އިގްތިސާދީ މާހިރުން ގޮވަމުން ދަނީ އިކޮނޮމިކް ޑައިވަރސިފިކޭޝަންގެ މުހިއްމު ކަމުގެ ވާހަކަ ކަމަށާއި، އިގްތިސާދު ބިނާކުރެވޭނެ އެހެން ކަންކަން ބަލައި، އެކަމަށް ޕްލޭން ކުރުން މުހިއްމު ކަމަށް ގަރާރުގައިވެއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކުރީ މިއަހަރުގެ ކުރީ ކޮޅުއެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ގާއިމްކުރުމަށް ރާވާފައިވާކަމަށެވެ. އަދި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ގާއިމްކުރުމަށް އަމާޒު ހިފާފައިވާކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު