Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީނުގެ ޝަރީއަތް

އަމީނުގެ އަތުން ގެންދިޔަ ލެޕްޓޮޕްގައި ހުރި ވީޑިއޯތައް ދައްކާލައިފި، އައިސިސްއާ ގުޅުންހުރި ގިނަ ވީޑިއޯތަކެއް!

ޕްރީ-ޓްރަޔަލް މަރުހަލާގައި ރިޕޯޓު ހިއްސާކޮށްފައި ނުވުމުގެ ޝަކުވާ ދިފާއުން ކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 08:06
މުހައްމަދު އަމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރުގެ މަންޒަރެއް

މުހައްމަދު އަމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރުގެ މަންޒަރެއް

ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީނުގެ އަތުން ގެންދިޔަ ކަމަށް ބުނާ ލެޕްޓޮޕްގައި ހުރި ވީޑިއޯތައް ޝަރީއަތުގެ މަޖިލީހުގައި ދައްކާލައިފިއެވެ.

ދައުލަތުގެ ވަކީލުގެ އެދުމަކަށް މި ވީޑިއޯތައް ދައްކާފައިވަނީ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައެވެ. މި މައްސަލައިގައި އަމީންގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، އެއީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ހޯމަ ދުވަހު އޮތީ ދައުލަތުން ހުށައަޅާފައިވާ 2 ހެއްކެއްގެ ހެކިބަސް ނެގުމެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ފުރަތަމަ ހާޒިރުކުރީ ޕްރިލިމިނަރީ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރުމުގައި އުޅުނު ޖުމާން އަބްދުއްރަހީމެވެ. އޭނާއަކީ ފުލުހުންގެ ފޮރެންސިކް ސަރވިސްގައި މަސައްކަތް ކުރަމުންދާ އޮފިސަރެކެވެ.

ދެން ހާޒިރުކޮށްފައިވަނީ މި މައްސަލައިގެ ޕްރިލިމިނަރީ ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓާއި، ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި އޮފިސަރު އިބްރާހިމް ޒުހައިރެވެ. އޭނާއަކީ ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އޮފިސަރެކެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ގެންދިޔަ ލެޕްޓޮޕަކުން ތަހުލީލު ކުރި ވީޑިއޯތަކެއް ވަނީ ޝަރީއަތުގެ މަޖިލީހުގައި ދައްކާލާފައެވެ.

އޭގެ ތެރޭގައި މުސްލިމު ބައެއް ލީޑަރުންގެ ވާހަކަތަކާއި، އައިސިސްގެ ހަނގުރާމަމަތީ ވީޑިއޯތަކާއި، ހަނގުރާމަވެރިންގެ ވާހަކަތައް ދައްކުވައިދޭ ވީޑިއޯތަކާއި، އައިސިސްގެ ލޯގޯއާއި ދިދަ ފެންނަ ވީޑިއޯތަކުގެ އިތުރުން، އެމީހުންގެ މީޑިއާއެއްގެ ގޮތުގައި ބޭނުންކުރާ މީޑިއާއެއްގެ ލޯގޯ ޖެހި ވީޑިއޯތަކެއްވެސް ހިމެނެއެވެ. ދިވެހިބަހުން އަޑުއަޅާފައިވާ ވީޑިއޯއާއި، އަރަބި ބަހުން އަޑުއަޅާފައިވާ ވީޑިއޯއާއި، ގުރުއާނުގެ ބައެއް ސޫރަތްތައް ހިމެނޭ ވީޑިއޯވެސް ވަނީ ދައްކާލާފައެވެ. މިއީ ހައްތާވެސް ލެޕްޓޮޕްގެ ހާޑް ޑިސްކުން ފެނިފައިވާ ވީޑިއޯތައްކަން ހެކިބަސް ދެމުން ޒުހައިރު ފާހަގަ ކުރިއެވެ.

މިއީ ހައްތަހާވެސް ލެޕްޓޮޕްގައި ހުރި ފައިލްތައް ބަލަމުންދިޔައިރު، މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ވީޑިއޯތައްކަން އޭނާ ފާހަގަ ކުރިއެވެ. އެގޮތުން ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތު އަމީންގެ މައްޗަށް ކުރެވެއެވެ.

ލެޕްޓޮޕްގެ އިތުރުންވެސް ބައެއް ޑިވައިސްތައް ބަލާފައިވާއިރު، އޭގެ ތެރެއިން "އެންކްރިޕްޓަޑް" މީޑިއާ ޑިވައިސްތަކެއްވެސް ވަނީ ފެނިފައެވެ.

ޕްރީ-ޓްރަޔަލް މަރުހަލާގައި މި ރިޕޯޓު ހިއްސާކޮށްފައި ނުވުމުގެ ޝަކުވާ ދިފާއުން ކުރި:

ދައުލަތުން ހުށައެޅި ހެކިވެރިޔާ ތައްޔާރުކުރި ރިޕޯޓާއި ގުޅޭގޮތުން ދިފާއުން ވަނީ ކަންބޮޑުވުމެއް ފާޅު ކޮށްފައެވެ. އެގޮތުން އެ ދެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ 28 ނޮވެމްބަރު 2019 ގައި ކަމަށްވުމާއެކު، އެއީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދައުލަތަށް ހުށައެޅުމުގެ ފުރުސަތު ލިބި، ދިފާއަށް އެއަށް ޗެލެންޖު ކުރުމުގެ ފުރުސަތު އޮތް ހެއްކެއްކަން ދިފާއުން ތަކުރާރުކޮށް ފާހަގަކުރެއެވެ. އަދި ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައިވެސް އެކަން ބަޔާން ކުރާނެކަމަށް ދިފާއީ ވަކީލު ބުންޏެވެ.

"ދައުލަތުން އަމީންގެ މައްސަލަ ދެވަނަ ފަހަރަށް ވެއްދިއިރު، ކުރިން ހުށައަޅާފައި ނެތް، އެކަމަކު އޭރު ވުޖޫދުގައި އޮތް، އޭރު ހުށައަޅައި އެ ވާހަކަ ދެއްކުމުގެ ފުރުސަތުވެސް އޮތް ހެކިތަކެއް ހުށަނާޅައި ދޫކޮށްލާފައިވަނީ" ކަމަށް ދިފާއީ ވަކީލު ބުންޏެވެ. އަދި މިހާރު ހުށައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އޮތް "ޗެއިން އޮފް ކަސްޓަޑީ" އެއް ނޫންކަން ވަކީލު ފާހަގަ ކުރިއެވެ.

ނަމަވެސް ދައުލަތުން ވަނީ މި ރިޕޯޓު ހައިކޯޓު މަރުހަލާގެ ކުރިން ހުށައަޅާފައިވާނެކަމަށް ބުނެފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

ދިފާއުން ވަނީ މި މައްސަލައިގެ އަޑުއެހުން ފެށުނުއިރު އިޖުރާއީ ނުކުތާއެއް ނަގާފައެވެ. އެއީ 15 ޑިސެމްބަރު 2019 ގައި އޭރު މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު ގާޒީ ނެރުއްވި އަމުރަކާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލައެއް ހުށައަޅާފައިވާނެ ކަމަށާއި، އެ މައްސަލަ ޖޭއެސްސީގައި ކުރިއަށްދާއިރު، ގާޒީ އަހުމަދު ޝަކީލަށް މައްސަލައާއެކު ކުރިއަށް ގެންދެވިދާނެތޯ ދިފާއުން ވަނީ ސުވާލު ކޮށްފައެވެ. އެގޮތުން މިއީ "އެޕޭރެންޓް ބަޔާސް" އެއް އޮވެދާނެ ކަމެއް ކަމަށް ދުށުމުގެ އިހުތިމާލު އޮތްކަމަށް ދިފާއީ ވަކީލުން ބުންޏެވެ.

އެކަމާ ގުޅޭގޮތުން އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދިފާއުން އެ ކަންބޮޑުވުން ހިއްސާ ކޮށްފާނެ ކަމަށްޓަކައި، މި މައްސަަލައިގައި ކަން ހިނގާފައިވާ ގޮތް ބަޔާން ކުރައްވައި މައްސަލަ އެހެން ގާޒީއަކަށް ބަދަލު ކޮށްދިނުން އެދި، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރަށް ސިޓީއަކުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ގާޒީ ބަދަލު ކުރަންޖެހޭ ހާލަތެއް ނެތްކަމަށާއި، މައްސަލަ ކުރިއަށް ގެންދިޔުމަށް އުއްތަމަ ފަނޑިޔާރު ސިޓީފުޅަކުން އަންގަވާފައިވާކަމަށް ގާޒީ ޝަކީލް ވިދާޅުވިއެވެ.

އެހެންނަމަވެސް، ދިފާއުން އިތުރަށް އެދޭތީ އަލުން މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު، ނިންމަވާ ގޮތެއް އަންގަވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އަދި 2 ހެކިވެރިންގެ ހެކިބަސް ނެގުމަކީ މި މައްސަލައިގައި މައުޒޫއީ ގޮތުން ބަލާއިރު، މައްސަލައަށް އަސަރު ކުރާނެ ކަމެއް ނޫންކަން ދައުލަތުންވެސް ފާހަގަ ކޮށްފައިވާތީ ހެކިބަސް ނެގުމުގެ ބައި ކުރިއަށް ގެންދެވީއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 9 ޑިސެމްބަރު 2021 ގެ 11:30 ގައެވެ.

އަމީން އަލުން ހައްޔަރު ކޮށްފައިވަނީ އަމީނުގެ ދައުވާތައް ހައިކޯޓުން ބާތިލުކުރީ ރަނގަޅަށް ނޫންކަމަށާއި އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުންދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ދާދި ފަހުން ނިންމެވުމާއި ގުޅިގެންނެވެ.

އަމީންކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު