Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ޚަރަދު ކުޑަ ކުރުން

ޚަރަދު ކުޑަ ކުރުމަށް ބަޖެޓްގައި ހުރި ނެގެޓިވް އިންވެސްޓްމެންޓްތައް ކުޑަ ކުރަން ޖެހޭ - ސަލީމް

22 ނޮވެމްބަރު 2021 | ހޯމަ 05:28

ދަރަންޏަކީ ވާރުތަ ވަމުން އަންނަ އެއްޗަކަށް ވީއިރު، މި ސަރުކާރަށް ވާރުތަވި، ދަރަނިތައް ބޮޑު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 ނޮވެމްބަރު 2021 | ހޯމަ 05:28
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

ޚަރަދު ކުޑަ ކުރުމަށް ބަޖެޓްގައި ހުރި ނެގެޓިވް އިންވެސްޓްމެންޓްތައް ކުޑަ ކުރަން ޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކުން އިސްތިސްނާ ވުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމި ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ. ސަލީމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައިވެސް ނެގެޓިވް އިންވެސްޓްމެންޓްތައް އެބަހުރި ކަމަށެވެ. އެ އިންވެސްޓްމެންތްތައް ކުޑަކުރުމުން އަހަރުން އަހަރަށް ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. އެގޮތުން ސަލީމް ފާހގަަކުރެއްވި އެއް ކަމަމީ، ހަކަތައާ ގުޅޭ ގޮތުން ހުރި އިންވެސްޓްމެންޓެވެ. އަންނަ އަހަރުގެ ބަޖެޓްގައިވެސް 28 މިލިއަން ޑޮލަރު ފިއުލް ސަބްސިޑީގެ ގޮތުގައި ހިމަނާފައިވާއިރު އެއީ، މުޅި ޕީއެސްއައިޕީގެ 5 އިންސައްތަ ކަމަށް ސަލީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ، ފިއުލް ސަބްސިޑީގެ ގޮތުގައި އެސްޓީއޯއަށް އަހަރަކު އެވްރެޖްކޮށް 34 މިލިއަން ޑޮލަރު ދެމުން އަންނަ ކަމަށާއި، އެސްޓީއޯއިން ދޭ ސަބްސިޑީއަކީ، އެއް އަގެއްގައި ހަކަތަ އުފައްދާ ކުންފުނިތަކަށް ތެޔޮ ވިއްކުމަށް ދޭ ސަބްސިޑީއެއް ކަަމަށެވެ. އެ ސަބްސިޑީއަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލަށް ބެލުމެއް ނެތި ދޭ ސަބްސިޑީއެއް ކަމަށެވެ. ދެން އޮތީ، ކަރަންޓް އަގު ހެޔޮ ކުރުމަށްދޭ ސަބްސިޑީއެވެ. މިއީ އަހަރުން އަހަރަށް ކުޑަކުރެވޭނެ ޚަރަދުތައް ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. އެގޮތުން އިއާދަ ކުރަނިވި ހަކަތަައިގެ ޕްރޮގްރާމް ހަލުވި ކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، އިއާދަ ކުރަނިވި ހަކަތައަށް އެކަށީގެންވާ ހަލުވި ޕްރޮގްރާމެއް ކުރިއަށް ދާތަން މިހާރު ނުފެންނަ ކަމަށާއި، އެކަން ކުރެވިއްޖެ ނަމަ ތެލުގެ ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަ ވެގެންދާނެ ކަމަށެވެ.

އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށާއި، މިއީ ދަތި ހާލަތްތަކުގައި އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ.

ދަރަނި އިތުރަށް ނެގުމުގައި ބަލަންވީ އެކަމަށް ގާބިލްކަން ހުރި މިންވަރު ކަަމަށާއި، ރާއްޖެއަކީ އެކަމަށް ގާބިލް ގައުމެއްކަން ދުނިޔޭގެ ރޭޓިންގ ތަކުން ފެންނަން އެބައޮތް ކަމަށް ސަލީމް ވިދާޅުވިއެވެ. ފިޗްއިން ނެރުނު ރިޕޯޓުން ބީ މައިންސް ދީފައިވަ އިރު، މިއީ އިގްތިސާދީ ހާލަތު ރަނަގަޅުވަމުން އަންނަކަން ދައްކުވައިދޭ ކަމެއް ކަމަށާއި، ދަރަންޏަށް ޒިންމާ ވެވޭނެ ބައެއްކަން މީގެއިން ދޭހަ ކޮށްދޭ ކަަމަށް ސަލީމް ވިދާޅުވިއެވެ. ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ރިޕޯޓަށް ބަލާއިރުވެސް ރާއްޖޭގެ އިގްތިސާދު 11.1 އިންސައްތަ ކުރިއަރާފައިވާކަން ފެންނަން އޮތްއިރު، ރާއްޖެ ހިމެނެނީ، ކޮވިޑަށްފަހު އިގްތިސާދު ރަނގަޅު ވަމުން އަންނަ 5 ގައުމުގެ ތެރޭގައެވެ.

ދަރަންޏަކީ ވާރުތަ ވަމުން އަންނަ އެއްޗަކަށް ވީއިރު، މި ސަރުކާރަށް ވާރުތަވި، ދަރަނިތައް ބޮޑު ކަމަށް ސަލީމް ވިދާޅުވިއެވެ. އެދަރަނިތައް މި ސަރުކާރުން ދައްކާކަމުގެ ނަތީޖާ ރޭޓިން އެޖެންސީ ތަކުގެ ރޭޓިންގ އިން ފެންނަމުން އަންނަ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް