Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުން

އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ގޯހެއް ނެތް - 241 ކޮމިޓީ

22 ނޮވެމްބަރު 2021 | ހޯމަ 02:35

ގޮތް ނިންމި ޖަލްސާގައި އިދިކޮޅުން ބައިވެރި ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 ނޮވެމްބަރު 2021 | ހޯމަ 02:35
241 ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ

241 ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ | ރައްޔިތުންގެ މަޖިލިސް

ރާއްޖެއިން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަަޖިލީހުގެ 241 ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފިއެވެ.

އިންޑިއާއާ އެކު ގާއިމުކުރި ތިން އެއްބަސްވުމެއް ދިރާސާކުރުމަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ. މައްސަލަ ދިރާސާކޮށް، ކޮމިޓީން ފާސްކުރި ރިޕޯޓްގައި ބުނީ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައާ ގުޅިގެން 241 ކޮމިޓީން ދިރާސާކުރީ އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމާއި 2016 ވަނަ އަހަރު އެކުލަވާލި، ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމާއި ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާކުރަން އިންޑިއާ އެކު ހެދި އެއްބަސްވުމެވެ.

ކޮމިޓީން އެއްބަސްވުންތައް ދިރާސާކުރި އިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައިގެން އެއްބަސްވުންތަކުގެ ތަފްސީލް މައުލޫމާތު ދެއްވިއެވެ. އަދި ކޮމިޓީން އެދުމުން މާރިޔާ ވަނީ އެ އެއްބަސްވުންތައް ކޮމިޓީގެ މެމްބަރުންނާވެސް ހިއްސާ ކުރައްވާފައެވެ. އެއްބަސް ވުމުގެ ކޮޕީ މެމްބަރުންނަށް ވަކިން ދެއްވާފައި ނުވަނީ އެއީ ސިއްރު އެއްބަސްވުންތަކަށް ވާތީއެވެ.

އެ ތިން އެއްބަސްވުމުގައި ވެސް ގޯހެއް ނެތް ކަމަށް ނިންމިއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާއާ އެކު ހެދި އެއްބަސްވުންތައް ހަދާފައި ވަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ މާއްދާތަކެއް އޭގައި ހިމަނައިގެން ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު މި ތުހުމަތުތައް ސަރުކާރުން ވަނީ އެކި ފަހަރު މަތިން ދޮގު ކޮށްފައެވެ.

އެއްބަސްވުންތަކާމެދު ގޮތް ނިންމި މި ބައްދަލުވުމުގައި މައްސަލަ ހުށަހެޅުއްވި މެމްބަރު އާދަމް ޝަރީފު ބައިވެރިވެވަޑައި ނުގަންނަވައެވެ. އަދި ކޮމިޓީގައި އިންނަވާ އިދިކޮޅު އަނެއް މެމްބަރު ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫންވެސް ބައިވެރިވެވަޑައި ނުގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއިންޑިއާރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި

04 އޮކްޓޯބަރު 2026
ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި
30 ސެޕްޓެމްބަރު 2026

ރެޑް ބުލް "އެނާޖީ ޑްރިންކް" އެއްގެ ގޮތުގައި އިޝްތިހާރު ކުރެވިދާނެތޯ ބެލުމަށް ކުރިއަށްދިޔަ ގާނޫނީ ހަނގުރާމައިގެ ހުކުމް އިއްވައިފި

30 ސެޕްޓެމްބަރު 2026
ރެޑް ބުލް "އެނާޖީ ޑްރިންކް" އެއްގެ ގޮތުގައި އިޝްތިހާރު ކުރެވިދާނެތޯ ބެލުމަށް ކުރިއަށްދިޔަ ގާނޫނީ ހަނގުރާމައިގެ ހުކުމް އިއްވައިފި
29 ސެޕްޓެމްބަރު 2026

ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟

29 ސެޕްޓެމްބަރު 2026
ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟
29 ސެޕްޓެމްބަރު 2026

އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!

29 ސެޕްޓެމްބަރު 2026
އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!
27 ސެޕްޓެމްބަރު 2026

އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!

27 ސެޕްޓެމްބަރު 2026
އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!
23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
17 ސެޕްޓެމްބަރު 2026

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026
ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!
17 ސެޕްޓެމްބަރު 2026

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

17 ސެޕްޓެމްބަރު 2026
ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ
16 ސެޕްޓެމްބަރު 2026

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

16 ސެޕްޓެމްބަރު 2026
50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި
27 އޯގަސްޓު 2026

މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"

27 އޯގަސްޓު 2026
މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް