Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްރުން މުދާ އެތެރެކުރުން

ދިރުވާލައިގެން ރާއްޖެ އެތެރެކުރި 600 ގްރާމަށްވުރެ ގިނަ ރަނާއި މައުދަން ދައުލަތަށް

21 ނޮވެމްބަރު 2021 | އާދީއްތަ 08:12

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ސަފްއަތު ހަބީބް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ނޮވެމްބަރު 2021 | އާދީއްތަ 08:12
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ސަފްއަތު ޙަބީބް

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ސަފްއަތު ޙަބީބް

ދިރުވާލައިގެން ރާއްޖެ އެތެރެކުރި 600 ގްރާމަށްވުރެ ގިނަ ރަނާއި، އެހެނިހެން މައުދަނުގެ މިކްސްޗަރ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަަލައަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުލްމަނާފް އަޔަންކޯލީގެ މައްޗަށް އުފުލާފައިވާ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން އޭނާ 26 ސެޕްޓެމްބަރުގައި ރާއްޖެ އައިސްފައިވާއިރު، އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާގެ ހަށިގަނޑާއި ލަގޭޖް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ހަށިގަނޑު ބަލައި ފާސް ކުރުމުގެ ތެރޭގައި ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރިކަމަށް ފާހަގަ ކުރެވިގެން ކަސްޓަމްސްގެ ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަނުން ވަނީ އޭނާ އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ހަދާފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ތެރޭގައި އެބާވަތުގެ އެއްޗެހިތަކެއް ހުރިކަން ސްކޭނުން ވަނީ ފާހަގަވެފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުން އޭނާ ބޮޑުކަމުދިޔައިރު ފެނިފައިވާ 4 ބުލެޓު ނަގައި އޭގެ ފިޒިކަލް އެގްޒެމިނޭޝަން ހެެދިއިރު އޭގައި ގާތްގަނޑަކަށް 605.8 ގްރާމް ރަން އަދި އެހެނިހެން މާއްދާތައް ހިމެނޭ މިކްސްޗަރ ހުރިކަމަށް ތަހުލީލުން ދައްކާ ކަމަށެވެ.

އޭނާ ވަނީ ދައުވާއަށް އިއުތިރާފުވާ ކަމަށާއި، އޭނާގެ ބައްޕަ ނިޔާވުމާއި ގުޅިގެން ވީހާވެސް އަވަހަށް އަނބުރާ ގައުމަށް ދާން ބޭނުންވާކަމަށް ބުނެފައެވެ. އެއާއެކު 31 އޮކްޓޯބަރުގައި އޭނާއާއި ދައުލަތާއި ދެމެދު ވަނީ އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާފައެވެ. އެ އެއްބަސްވުން ޝަރީއަތުންވެސް ވަނީ ބަލައިގަނެފައެވެ. އަދި އަވަސްނިޔާގެ އަޑުއެހުމެއް 5 ދުވަހުގެ ތެރޭގައި ބޭއްވުމަށް އޭރު އޮތީ ނިންމާފައެވެ.

މި މައްސަލައަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ހިމެނޭ ކުށުގެ އަސާސީ އަދަބަކީ 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުން ނުވަތަ 10،000 ރުފިޔާއާއި 240،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމުގައިވީނަމަވެސް، އިއުތިރާފު އެއްބަސްވުމަށް ރިއާޔަތްކޮށް އޭނާ 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އެ ފައިސާ 18 ނޮވެމްބަރުން ފެށިގެން 5 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށާއި، އޭނާ އެތެރެކުރި ރަނާއި އެހެނިހެން މާއްދާތަކުގެ މިކްސްޗަރ ދައުލަތަށް ނެގުމަށްވެސް ޙުކުމުގައި އަންގާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ސަފްއަތު ހަބީބެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް