Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޙާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުން

ރަށުން ބޭރުގައި ޙާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަންނަ އަހަރު ލިވިންގ އެލަވަންސް ހަމަޖައްސައިދޭނަން: ރައީސް

20 ނޮވެމްބަރު 2021 | ހޮނިހިރު 18:14

ޢަމަލީ ދިރިއުޅުމުގައި ކީރިތި ޤުރުއާން ތަންފީޒު ކުރަން ދަސްކުރަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ނޮވެމްބަރު 2021 | ހޮނިހިރު 18:14
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަނީ

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަނީ

ރަށުން ބޭރުގައި ޙާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަންނަ އަހަރު ލިވިންގ އެލަވަންސް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ހަފްލާގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެފަދަ ދަރިވަރުންނަށް މި ޚަރަދުތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޤުރުއާން ކިޔަވައި ދެއްވާ މުދައްރިސުންނާއި މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނަކީ ކާބަފައިންގެ ޒަމާނުއްފެށިގެން މުޖުތަމައުގައި މުހިންމު ދައުރެއް އަދާ ކުރައްވަމުން އައި ބަޔެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭރު ރަށު ފެންވަރުގައި ކަންކަން ރާވާ ހިންގާއިރު އެބޭފުޅުންގެ ލަފަޔާއި ބަސް ގަބޫލުކުރާ ކަމަށެވެ.

މުޖުތަމައުގައި ސުލްހައާއި ހަމަޖެހިމުން އޮތް ކަމަށާއި، އޭރު ދިވެހިން އުޅެމުން އައީ އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިވެ އެހީވާ އެއް އާއިލެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިއަދު މުޖުތަމައަށް އެ އާދަތައް ބޭނުންވާކަމުގައި ވެސް ވިދާޅުވިއެވެ.

އެ އަޚުލާޤު އެބަ ގެންނަންޖެހޭ ކަމަށާއި، އެކަން ކުރުމަށްޓަކައި، ޤުރުއާން ކިޔަވައި ދެއްވާ މުދައްރިސުންނާއި މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ތަޖުވީދު މަގުން ޤުރުއާން ކިޔަވަން ދަސްކޮށް، ހިތުދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ރީތި ރާގަކަށް ޤުރުއާން ކިޔަވާ އަޑު އެހުމަކީ މީހުންގެ ހިތްތަކަށް ހަމަޖެހުން ލިބޭނެކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ޢަމަލީ ދިރިއުޅުމުގައި ކީރިތި ޤުރުއާން ތަންފީޒު ކުރަން ދަސްކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ކީރިތި ޤުރުއާނުގެ ޢިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ ޢިލްމެއް ނަމަވެސް، އެ ޢިލްމުގެ ބޭނުން ހިފޭތަން ނުފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ސިކުނޑިތައް މުއްސަނދި ވެގެންދާނީ ކީރިތި ޤުރުއާނުގެ ޢިލްމީ ދިރާސާތައް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ދައުރު ފުޅާވާން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަރުކަޒުގެ ހަގީގީ ފައިދާ ލިބޭނީ ކީރިތި ޤުރުއާނުގެ ޢިލްމީ ދިރާސާތައް ކޮށްގެން ކަމަށެވެ. މި ސަރުކާރުން ދީނީ ޢިލްމު ރާއްޖޭގައި ފެތުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޤުރުއާން ކިޔަވައިދެއްވާ ޓީޗަރުންގެ އަޚުލާޤު ހުންނަން ވާނީ ކީރިތި ޤުރުއާނުގެ އަހްލާޤީ އިމުގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް