Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް "އުފަންވެނި" ހުޅުއްވައިދެއްވުން

ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅުގަނޑުމެން މިއަދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ - ނައިބު ރައީސް

20 ނޮވެމްބަރު 2021 | ހޮނިހިރު 14:17

ރަނގަޅު ދަރިއެއް އުފެއްދޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 20 ނޮވެމްބަރު 2021 | ހޮނިހިރު 14:17
ނައިބު ރައީސް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ "އުފަންވެނި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ނައިބު ރައީސް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ "އުފަންވެނި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ކުޑަކުދިންގެ ރައްކާތެރިކަމަށް މިއަދު އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ބޭއްވި، ދަރިމައިވުމުގެ ސިއްހަތާބެހޭ މަރުކަޒު "އުފަންވެނި" ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ މިއަދު އަޅުގަނޑު މެންނަށް ފެންނަނީ އިއްޔެ ފެނުން މަންޒަރެއް ނޫންކަމަށާއި އޮއިވަރު މިވަނީ ބަދަލުވެފައިކަމަށެވެ. މިފަދަ ގޮތަކަށް ހިނގަމުންދާ ދުނިޔެއެއްގައި އަޅުގަނޑުމެންގެ ދަރިންގެ ރައްކާތެރިކަމަށާއި ސަލާމަތަށް އެންމެން މަސައްކަތް ކުރަންޖެހޭކަމަށެވެ. ދަރިފުޅުގެ މައިންބަފައިން ދޭ ލޯތްބާއި އޯގާތެރިކަމުން އެކަނި މިއަދު ރަނގަޅު ދަރިއެއް ނުއުފެއްދޭނެކަމަށާއި، މިކަން ކުރަންޖެހޭނީ ހޮސްޕިޓަލްތަކާއި ކައުންސިލްތަކާއި އަދި އެހެނިހެން މުއައްސަސާތައް ގުޅިގެންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނައިބުރައީސް ވިދާޅުވީ ވަކި މީހަކަށް ވީތީ އެއްވެސް ކަމެއްގައި ތަފާތުކުރުން އޮވެގެން ނުވާނެކަމަށެވެ. އަޅުގަނޑުމެންގެ ރައްޔިތުންނަކީ އުފާވެރި އަދި ހިތްހަމަޖެހިގެން ތިބޭ ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ސިއްހީ ދާއިރާއާއި ސްކޫލްތަކާއި ރަށްރަށުގެ ބަނދަރުތަކުގެ އިރުރުން، ރާއްޖޭގައި މިސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަސްރޫއުތަކަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޯވިޑްގެ ދަތި ދުވަސްތަކުގައިވެސް ރާއްޖޭގެ އުތުރުން ހއ. ތުރާކުނުން ފެށިގެން އައްޑޫއާއި ހަމަޔަށް ހުއްޓުމެއްނެތި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ދިޔަކަމީ މިސަރުކާރުން ތަރައްގީއަށް ދެއްވާ އަހަންމިއްޔަތު ހާމަވެގެންދާ ކަމެއްކަމަށެވެ. އަދި މިހާރުވެސް އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރު ތަރައްގީގެ މަޝްރޫއެއް ކުރިއަށް ނުދާ އެއްވެސް ރަށެއް ނުފެންނަކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ، މަރުކަޒީ އުސޫލް މިވަނީ ނައްތާލެވިފައި ކަމަށާއި، ކައުންސިލް ތަކުން ކުރަން ބޭނުންވާ ކަންކަން ކުރުމުގެ ބާރާއި އިޚްތިޔާރު، ކައުންސިލްތަކަށް ލިބިގެންވާކަމަށެވެ. އަދި ކައުންސިލުން ކަމެއް ކުރުމަށް ދުރުގައި ތިބި ބަޔަކަށް މިހާރު ސަލާން ޖަހަން ނުޖެހޭނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަ ނިންމަވާލައްވަމުން ދަތި ހާލަތުގައިވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ފޫހިކަމެއް ވަރުބަލި ކަމެއް ނެތި ޚިދުމަތްކޮށްދެއްވި ސިއްހީ ދާއިރާގެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް