Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޅުދުއްފުށީ ހޮނިހިރު ބާޒާރު

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްގީ ކުރަނީ

20 ނޮވެމްބަރު 2021 | ހޮނިހިރު 13:39

ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ، ރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ގަންނަން ލިބޭ ތަނެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 20 ނޮވެމްބަރު 2021 | ހޮނިހިރު 13:39
ކުޅުދުއްފުށި ހޮނިހިރު ބާޒާރު

ކުޅުދުއްފުށި ހޮނިހިރު ބާޒާރު

ހޮނިހިރު ދުވަހަކީ ކުޅުދުއްފުއްޓަށް ވިޔަފާރި ކުރަން ގިނަ އަދަދެއްގެ ދަތުރުވެރިން އަރާ ދުވަހެކެވެ. ހޮސްޕިޓަލުގެ ޚިދުމަތާއި ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް އެތައް ސަތޭކަ ބަޔަކު ކުޅުދުއްފުއްޓަށް އަރާ ދުވަހަކަށް ހޮނިހިރު ދުވަސް ވެއެވެ. އެދުވަސް އެންމެ ބޮޑަށް ޚާއްސަވާ އެއްސަބަބަކީ، ސަރަހައްދުގެ ރަށްތަކުގެ ދަނޑުވެރިން ތަފާތު ބާވަތްތަކުގެ ތަކެތި ވިއްކުމަށް ބާއްވާ ބާޒާރުގެ ސަބަބުންނެވެ. މިކަމަށް ބޭނުން ކުރަން ފެށުނީ ހޮސްޕިޓަލުގެ އުތުރުން، އަދި ވަނި އިމާރާތުގެ ދެކުނުން އޮންނަ ހިތްފަސޭހަ ސަރަހައްދެވެ.

ހޮނިހިރު ދުވަހު ދަނޑުވެރިން އެތަނުގައި ވިއްކާތަކެތި ކުޅުދުއްފުށީ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރި ވެރިންވެސް ގަނެއެވެ. އަދި އެ ބާޒާރު ވެގެން ގޮސްފައިވަނީ ސަރަހައްދުގެ ގިނަ ބަޔަކު އެއްތަނަކުން ބައްދަލުވެ ސަލާންގަލާންކުރާ މަޖިލީހަކަށެވެ. އިޖްތިމާއީ ގުޅުންތައް އާލާވާ ހޮޅުއައްޓަކަށެވެ. އެގޮތުން "ހޮނިހިރު ބާޒާރޭ" ބުނެފިނަމަ ކުޅުދުއްފުށީގެ މަތިން އެންމެންވެސް ހަނދާންވާނެއެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގެ ވާހަކަ މިހާރު ވަނީ ބޮޑުތިލަދުންމަތިން ނުކުމެ ރާއްޖޭގެ އެކިހިސާބުތަކުގައި ދެކެވޭ ވާހަކައަކަށް ވެފަ އެވެ. މާލެއިން ނުވަތަ ރާއްޖޭގެ އެހެން ހިސާބަކުން ކުޅުދުއްފުއްޓަށް އަލަށް އަންނަ ފަރާތްތަކަށް ހޮނިހިރު ބާޒާރު ވަނީ ވަރަށް ޝައުގުވެރިކުރުވާ ކަމަކަށެވެ. މިއީ މިގޮތަށް ރާއްޖޭގެ ރަށެއްގައި އޮންނަ މިފަދަ އެންމެ ބޮޑު މާރުކޭޓެވެ. މިތަނަށް ޒިޔާރަތްކޮށްފައިވާ އެކިފަންތީގެ މީހުން ހޮނިހިރު ބާޒާރުގެ ވާހަކަ ވަނީ ވަރަށް ޝައުގުވެރިކަމާއެކު ދައްކާފައެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި މުއައްސަސާތަކުން ވެސް ހޮނިހިރު ބާޒާރުގެ ބޭނުން ހިފައެވެ. ތަފާތު މައުލޫމާތު ދޭ ރޯޑްޝޯވ ތަކާއި ޕްރޮމޯޝަންތައް އެތަނުގައި ވަނީ ހިންގާފައެވެ. އެކަމުގެ ސަބަބުން ދޭން ބޭނުންވާ މައުލޫމާތު ގިނަ ބަޔަކަށް އެއްތަނަކުން ފޯރުކޮށްދިނުމުގެ އިތުރުން، ރައްޔިތުން ބޭނުންވާ ގިނަ މައުލޫމާތުތަކެއް ފަސޭހައިން ލިބުމަށް އެހީތެރިވެދެއެވެ.

އެހެންނަމަވެސް އެތަނުގައި މީހުން އެއްޗެހި ވިއްކަން ތިބުމަށް ޚާއްސަ މާރުކޭޓެއް ހެދިފައެއް ނުހުރެއެވެ. ވާރޭވެހޭނަމަ މިކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެއެވެ. އަދި ކުޅުދުއްފުއްޓަށް ޚާއްސަ ހޮނިހިރު ބާޒާރު ތަރައްގީކުރަން ޖެހިފައިވާކަމަށް އެންމެންވެސް ގަބޫލުކުރެއެވެ.

ކުޅުދުއްފުށީގެ މަޝްހޫރު ހޮނިހިރު ބާޒާރުގެ އަސްލު ނުގެއްލޭނެހެން ޒަމާނީ ގޮތަކަށް އެތަން ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު މިވަނީ ވިދާޅުވެފައެވެ.

ގެވެށި އަންހެނުންނާއި އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ "ހިޔަލަ އެކްސްޕޯ" ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު އަމީރު އަމީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ގިނަ ބަޔަކު އެއްވެ ތަކެތި ވިއްކަމުންދާ ހޮނިހިރު ބާޒާރަކީ މި ޒަމާނަށް ބަލާއިރު އެންމެ ފުރިހަމަ ވަސީލަތްތަކާއެކީގައި ކުރިއަށްދާ ބާޒާރެއް ނޫން ކަމަށެވެ.

އެގޮތުން ޑެޕިއުޓީ މޭޔަރ ވިދާޅުވީ އުންމީދަކީ ޒަމާނީ ވަސީލަތްތަކާއެކީގައި ގަނެވިއްކުމުގެ ކަންތައްތައް ފަސޭހަ ނިޒާމެއްގެ ތެރެއިން، ހޮނިހިރު ބާޒާރުގެ އަސްލު ނުގެއްލޭނެ ފަދައިން އެތަން އިތުރަށް ތަރައްގީވެގެން ދިޔުންކަމަށެވެ. އެގޮތުން އެފަދަ ހޮނިހިރު ބާޒާރެއް އަންނަ 2022 ވަނަ އަހަރު ތަރައްގީކުރުމަށް ހަމަަޖެހިފައިވާކަމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އަޅައި ލޯކަލް ޓޫރިޒަމަށް ފުރުސަތު ހުޅުވި ނުވަތަ ރާއްޖޭގެ އެހެން ހިސާބުތަކަށް ކުޅުދުއްފުށީގެ ޚާއްސަކަން ވިއްކުމުގެ ފުރުސަތު ހުޅުވިފައިވާ މިދަނޑިވަޅުގައި، ހޮނިހިރު ބާޒާރު މިހާރަށްވުރެ ފުރިހަމަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރެވިގެން ދިއުމަކީ، ކުޅުދުއްފުއްޓަށް އެއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިދާ ތަކެއް ލިބޭނެ ކަމެކެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް