Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެޓެލައިޓް ސްކޫލްތައް ހުޅުވުން

ސެޓެލައިޓް ސްކޫލްތައް އަންނަ ޖެނުއަރީ މަހު ހުޅުވުމަށް މިނިސްޓްރީން ތައްޔާރުވަނީ

20 ނޮވެމްބަރު 2021 | ހޮނިހިރު 07:24

ދަރިވަރުން ބޭނުންކުރަމުން ގެންދާނީ އެކުއްޖަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ޔުނިފޯމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ނޮވެމްބަރު 2021 | ހޮނިހިރު 07:24
ވ. ތިނަދޫ ސެޓެލައިޓް ސްކޫލްގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓަރ ބައްލަވާ ލައްވަނީ

ވ. ތިނަދޫ ސެޓެލައިޓް ސްކޫލްގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓަރ ބައްލަވާ ލައްވަނީ

ބ. ފެހެންދޫ، ވ.ރަކީދޫ އަދި ވ. ތިނަދޫގައި ސަރުކާރުން ގާއިމުކުރާ ސެޓެލައިޓް ސްކޫލްތައް އަންނަ ޖެނުއަރީ މަސް ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ (ޕީއެސް) އަހުމަދު އަލީ ރާއްޖެއެމްވީއަށް ވިދާޅުވީ، ޖެނުއަރީ މަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ސެޓެލައިޓް ސުކޫލުތަކުގެ ކިޔެވުންވެސް ފެށުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ ތައްޔާރީތައް ވަމުންދާކަމަށް ޕީއެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ސްކޫލުތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުން ބޭނުންކުރަމުން ގެންދާނީ އެކުއްޖަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ޔުނިފޯމްކަމަށް އެޑިއުކޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައި ދިނުމަށްޓަކައި ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ތިބޭއިރު، ކޮންމެ ދަރިވަރަކަށް ވެސް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވ. ރަކީދޫ އަދި ވ. ތިނަދޫ ސެޓެލައިޓް ސްކޫލް އިމާރާތްކުރުމަށް އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ބ. ފެހެންދޫ ސެޓެލައިޓް ސްކޫލް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ކޭޑީ އެންޓަޕްރައިޒަސްއާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 2،892،480.66 (ދެމިލިއަން އަށްލައްކަ ނުވަދިހަދެހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ ފަސްދޮޅަސް ހަ ލާރި) އަށެވެ. އަދި ވ. ތިނަދޫ ސެޓެލައިޓް ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1،340،681.81 (އެއްމިލިއަން ތިންލައްކަ ސާޅީސްހާސް ހަސަތޭކަ އަށްޑިހަ އެއް ރުފިޔާ އަށްޑިހަ އެއް ލާރި) އަށެވެ.

"ސެޓެލައިޓް ސްކޫލް" ގާއިމުކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނެތް ރަށްރަށާއި، ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގައެވެ.

ސެޓެލައިޓް ސުކޫލު ޤާއިމު ކުރެވުމުން އެ ތިން ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށް އުފުލަންޖެހޭ ބުރަ ފިލައިގެންދާނެ ކަމަށާއި، އަދި އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ގާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުވެސް ވަނީ ވިދާޅުވެފައެވެ.

މިފަދަ މުހިންމު ބަދަލުތައް ތައުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ގައުމު ތަރައްގީ ކުރާނެ މީހުން ބިނާކުރުއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމު ތަރައްގީ ކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭފަދަ، އިލްމީ އަދި ޖިސްމާނީ ގާބިލްކަން ދަރިންނަށް ހޯދައިދެއްވުން ކަމަށް ވިދާޅުވިއެވެ.

ސްކޫލުމިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް