Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ހިޔަލަ"

އިގްތިސާދީ ތަރައްގީގައި ގެވެށި މަސައްކަތްތެރިން މުހިންމު ދައުރެއް އަދާކުރޭ - ޑެޕިއުޓީ މޭޔަރ

19 ނޮވެމްބަރު 2021 | ހުކުރު 10:41

އަންހެން ވިޔަފާރި ވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ނޮވެމްބަރު މަހުގެ 19 ވަނަދުވަސް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 19 ނޮވެމްބަރު 2021 | ހުކުރު 10:41
ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރ އަލީ އަހުމަދު "ހިޔަލަ" އެކްސްޕޯ ހުޅުވާ ދެއްވަނީ

ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރ އަލީ އަހުމަދު "ހިޔަލަ" އެކްސްޕޯ ހުޅުވާ ދެއްވަނީ

އިގްތިސާދީ ތަރައްގީގައި ގެވެށި މަސައްކަތްތެރިން މުހިންމު ދައުރެއް އަދާކުރާކަމުގައި ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަލީ އަހުމަދު ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މޭޔަރ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޭބިސީ ތަކުގައި މަސައްކަތްކުރާ މީހުންގެ ދުވަހާއި، އަންހެން ވިޔަފާރި ވެރިންގެ ދުވަސް ފާހަގަ ކުރުމަށް "ހިޔަލަ" ގެ ނަމުގައި, ބާއްވާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޑެޕިއުޓީ މޭޔަރ ވިދާޅުވީ މި ޕްރޮގްރާމްގައި މަދުބަޔަކު ބައިވެރި ވީނަމަވެސް ކުޅުދުއްފުއްޓަކީ ގިނަ އަދަދެއްގެ އަންހެން ވިޔަފާރި ވެރިންނާއި، ގެވެށި މަސައްކަތް ކުރާ ގިނަބަޔަކު އުޅޭ ރަށެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތައް ކުރުމަށާއި މި މަސައްކަތްތައް ދިރުވާ އާލާކުރުމުގައި މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ދައުރު އިތުރުކުރަން ޖެހޭކަމަށެވެ. އަދި ގެވެށި މަސައްކަތްތެރިންނަށް އިތުރު މާކެޓް ހޯދަދިނުމަކީ ސިޓީ ކައުންސިލްގެ ބޮޑު އަމާޒެއްކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި "ހިޔަލަ" ޕްރޮގްރާމްގެ ދަށުން މިމަހުގެ 17،18 މި ދެދުވަހު ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށާއި "ހިޔަލަ" މައުރަޒުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފައެވެ.

"ހިޔަލަ" މަސައްކަތު ބައްދަލުވުމުގައި އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ތަކެތި ވިއްކާނެ ގޮތާއި، ކާބޯތަކެތި ތައްޔާރުކުރުމުގައި ސިއްހީ ގޮތުން ސަމާލުކަން ދޭންވީ ކަންތައްތަކާއި، ވިޔަފާރީގެ ހިސާބު ބަލަހައްޓާނެ ގޮތުގެ އިތުރުން ވިޔަފާރި ފުޅާކުރުމަށް އިތުރު ފައިސާހޯދޭނެ ގޮތްތަކާބެހޭ މައުލޫމާތު ވަނީ ދީފައެވެ. މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ކުޅުދުއްފުށީ ބިޒްނަސް ސެންޓަރާއި، ބީއެމްއެލް، އާއި ދާއިރާއާ ގުޅުންހުރި ބައެއް ފަރާތްތަކުންނެވެ.

ބިޒްނަސް ސެންޓަރުން މައުލޫމާތު ދޭގޮތުގައި މި ޕްރޮގްރާމްގެ މަގްސަދަކީ ގޭބިސީތަކުގައި ތިބެގެން އާމްދަނީ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށާއި ވިޔަފާރި ކުރާ އަންހެން ބޭފުޅުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރުމާއި ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެފަރާތްތައް ހޭލުންތެރިކުރުވުމާއި، އެކަމަށް ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި އަންނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.

ބައިނަލްއަގުވާމީ ގޭބިސީތަކުގައި މަސައްކަތްކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހެވެ. އަދި އަންހެން ވިޔަފާރި ވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ނޮވެމްބަރު މަހުގެ 19 ވަނަދުވަހެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް