Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޅުދުއްފުށީގެ ރޯނުވެށުމުގެ މަސައްކަތް

ރޯނުވެށުމުގެ މަސައްކަތްކުރާ ކަނބަލުންގެ އުންމީދުއާވެއްޖެ

17 ނޮވެމްބަރު 2021 | ބުދަ 13:39

މިބައްދަލުވުމުގައި ރޯނުވެށުމުގެ މަސައްކަތްކުރާ 90އަށްވުރެ ގިނަ ކަނބަލުން ބައިވެރިވި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 17 ނޮވެމްބަރު 2021 | ބުދަ 13:39
ކުޅުދުއްފުށީ ކައުންސިލުން ބޮނބި އޮޅުތަކުގެ ވެރިންނާ ބައްދަލުކުރުން

ކުޅުދުއްފުށީ ކައުންސިލުން ބޮނބި އޮޅުތަކުގެ ވެރިންނާ ބައްދަލުކުރުން

ކުޅުދުއްފުއްޓަކީ ރާއްޖޭގައި ރޯނުވެށުމަށް އެންމެ މަޝްހޫރު މީހުން އުޅޭ ރަށެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ރޯނުވަށާ އަންހެނުންވެސް އުޅެނީ ކުޅުދުއްފުށީގައެވެ. ޒަމާނުންސުރެވެސް މިކަންއޮތީ މިގޮތަށެވެ.

ތަރައްގީގެ ބައެއް ޕްރޮޖެކްޓްތައް ހިންގުމަށާއި ރަށުތެރެ ސާފުކޮށް ބެހެއްޓުމަށް ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ހުރި ބޮނބި އޮޅުތައް ނަގަން އެންގުމުން، ރޯނު ވެށުމުގެ މަސައްކަތް އުވިދާނެކަމުގެ ބިރު ހީވިއެވެ. އަދި އެކަންވީ ޒަމާނުންސުރެ އެ މަސައްކަތުން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ އަންހެންވެރިންގެ ބޮޑު ކަންބޮޑުވުމަކަށެވެ.

ޒަމާނުންސުރެ ކުޅުދުއްފުށީގައި ރޯނުވެށުމުގެ މަސައްކަތް ކުރަމުންއަންނަނީ ރަށުގެ ވަލުތެރޭގަޔާއި ކުޅީގައި އޮޅުކޮނެ އޮޅަށް ބޮނބިއަޅައި ފާކޮށްގެންނެވެ. އެހެންނަމަވެސް ދާދިފަހުން ސިޓީކައުންސިލުންވަނީ، ބައެއް ސަރަހައްދުތަކުގައި ހުރި މިފަދަ އޮޅުތައް 21 ދުވަސްތެރޭ ހުސްކުރުމަށް އަންގާފައެވެ. މިކަމާގުޅިގެން މިމަސައްކަތްކުރާ އެތައްބަޔަކު ކައުންސިލަށް ޝަކުވާ ހުޅަހަޅަންފެށިއެވެ. އެހެންކަމާއެކު ސިޓީ ކައުންސިލުން ނިންމީ ބޮނބި އޮޅުތަކުގެ ވެރިންނާ ބައްދަލުކޮށް އެ މީހުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން މަސައްކަތް ކުރިއަށްގެންދިޔުމަށެވެ.

އެގޮތުން ރޭ ކުޅުދުއްފުށީ ސިޓީކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި މިމަސައްކަތްކުރާ 90އަށްވުރެ ގިނަ އަންހެނުންބައިވެރިވެ، އެމީހުންގެ ކަންބޮޑުވުންތައްވަނީ ހިއްސާކޮށްފައެވެ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަށްވީ އެ މަސައްކަތް ކުރާނެ ތަނެއް ނުދައްކައި އޮޅުތައް ނަގަން އެންގުމުންނެވެ. އަދި އޮޅުތައް ނަގަން ދިން މުއްދަތު ކުޑަވުމަކީވެސް ނުތަނަސްވުމެކެވެ. އެހެންނަމަވެސް މި ބައްދަލުވުމުގައި މޭޔަރު އާތިފު ދެއްވީ އުންމީދީ ޖަވާބެކެވެ. ވިދާޅުވީ އަންހެންވެރިން ކުރަމުންދާ މި މަސައްކަތް ހުއްޓުމަށް ބޭނުންނުވާ ކަމަށާއި، މި މަސައްކަތަށް ޒުވާން ކުދިން ނެރެން ބޭނުންފުޅުވާ ކަމަށެވެ. އަދި ބޮނބިއަޅާ ސަރަހައްދެއް އުތުރުކޮޅު ކުޅިން ޚާއްސަކުރައްވާނެކަމަށެވެ. މީގެ އިތުރުން ދެކުނުކޮޅު މާފަލު ފެންގަނޑުގައިވެސް، ޖާގަ އޮތް މިންވަރަކުން އޮޅު ހެދޭނެކަމަށެވެ. އަދި މީގެއިތުރުން މޭޔަރު ވިދާޅުވީ، އޮޅުތައް ނެގުމަށް ކުރު މުއްދަތެއް ދޭން ޖެހުނީ ވެލިއެޅުމަށް ބޭނުންކުރާ، އެމްޓީސީސީ އާއި ވެމްކޯގެ ވެހިކަލްތައް ގިނަ ދުވަހަށް ލިބެން ނެތުމުން ކަމަށެވެ. އެކަމަކު އޮޅުތައް ހުސްކުރަން އިތުރު ވަގުތު ބޭނުންވާ ނަމަ އެކަމަށް އެދުމުން ވަގުތު ދޭނެކަމަށް މޭޔަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މޭޔަރު ވަނީ، މި މަސައްކަތަށް ޒުވާނުން ނެރުމަށް ކުރެވިދާނެ ކަންކަމާމެދުވެސް މަޝްވަރާކޮށް ޚިޔާލު ބަދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޚިޔާލު ފާޅުކުރި އަންހެނަކު ބުނީ، ކުޅިވަރު ކުޅުމަށް ދަނޑު ހަދައި، ކުޑަކުދިން ކުޅެން ޕާކް ހަދާގޮތަށް، ބޮނބި ފާކުރުމަށް ބޮނބި ޕާކެއް ހަދަން ބޭނުންވާކަމަށެވެ. މިއީ ގިނަބަޔަކަށް ކަމުދިޔަ ޚިޔާލަކަށްވިއެވެ.

ކޮންމެ ގޮތެއް ހަދާފައިވެސް ރޯނުވެށުމުގެ މަސައްކަތައިގެން ކުރިއަށްދިއުމަށް ކުޅުދުއްފުށި ސިޓީގެ ކަނބަލުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. އަދި މޭޔަރުގެ ޖަވާބާއެކު ކަނބަލުން ބައްދަލުވުން ނިންމާލީ އުންމީދުންފުރިގެންނެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް