Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބީ ދާއިރާތައް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްނުކުރުމަށް ކޮމިޓީން ނިންމައިފި

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 ނޮވެމްބަރު 2021 | ބުދަ 07:05
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްނުކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގައި ބުނެފައިވަނީ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށެވެ. އިތުރުކުރުމަށް ހުށަހަޅާފައިވާ މާއްދާގައި ބުނެފައިވަަނީ، އިންތިޚާބީ ދާއިރާގެ ނަން ރަސްމީ ލިޔުންތަކުގައި ލިޔަންވާނީ އެ ދާއިރާއެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަމަށެވެ. ލިޔާއިރު އާބާދީގެ ތަރުތީބުން އެންމެ އާބާދީ ބޮޑު ރަށުގެ ނަން އެންމެ ކުރިއަށް އޮންނަ ގޮތަށް ކަމަށާއި، އާބާދީ ބޮޑުރަށް ފިޔަވައި އެހެން ރަށްތަކުގެ ނަން ލިޔަންވާނީ ބްރެކެޓެއްގައި ކަމަށެވެ. އަދި ދާއިރާގެ ނަން ކިޔުމުގައި އާބާދީ ބޮޑު ރަށުގެ ނަން ކުރިއަށް އަންނަ ގޮތަށް ކަމަށެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމެވެ.

ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ، މި އިސްލާހާ ގުޅުންހުރި އެ ގާނޫނުގެ އެހެންމާއްދާތަކާއި، އަދި މުޅި ގާނޫނުގައި އިންތިޚާބީ ދާއިރާތަކާ ގުޅޭގޮތުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް މުޅިންވެސް އިލެކްޝަންސް ކޮމިޝަނަށް މަތިކޮށްފައިވާކަން، އެ ގާނޫނުގެ މާއްދާތަކަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އިސްލާހުގައި ހުށަހެޅިފައިވާ ކަންކަމަކީ އެ ގާނޫނު އިސްލާހުކުރުމަކާ ނުލައިވެސް އިދާރީގޮތުން ކުރެވިދާނެ ކަމެއްކަމަށް ކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވޭތީ، ބިލަށް އިސްލާހު ހުށަހެޅިފައިވާ ގޮތަށް އެ ބިލު ފާސްކުރަން ނުފެންނަކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ކޮމިޓީން މިގޮތަށް ނިންމުން ބިނާވެފައިވަނީ، ބައިނަލްއަގުވާމީ އެހެނިހެން ޖުރިސްޑިކްޝަންތަކުގައި މި ބާވަތުގެ އިދާރީ ކަންކަމުގައި އަމަލުކުރަމުން ގެންދާގޮތް ބެލުމަށްފަހުގައެވެ. އެގޮތުން، އިންތިޚާބީ ދާއިރާގެ ނަން ޗެމްބަރުގައި ލިޔެ ބެހެއްޓުމުގައި، އެދާއިރާއަށް ނިސްބަތްވާ ހުރިހާ ރަށްތަކެއް އަވަށްތަކެއް ހިމަނައިގެން ރަސްމީކޮށް ބޭނުންކުރުމަކީ އާންމުގޮތެއްގައި އެއްވެސް ގައުމެއްގައި ކުރަމުން އަންނަ ގޮތެއް ނޫންކަމަށާއި، އަދި ޗެމްބަރުގައި މެންބަރުންގެ އެރޭންޖްމެންޓު ނުވަތަ މޭޒުގައި މެންބަރުގެ ނަމާއި ދާއިރާ ފާހަގަކޮށްފައި ނުހުންނަކަމަށާއި، އެގޮތަށް ޗެމްބަރުގައި ބޯޑުތައް ބެހެއްޓިފައި ހުންނަ ގައުމުތަކުގައިވެސް ލިޔެފައި ހުންނަނީ ހަމައެކަނި ނަމާއި އެ މެންބަރަކު ނިސްބަތްވާ ދާއިރާ އެކަނިކަން ކޮމިޓީން ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށް ކޮމިޓީ ރިޕޯޓްގައިވަނީ ބުނެފައެވެ. އަދި ބައެއް ގައުމުތަކުގައި، އެއްވެސް ނަމެއް ނުވަތަ އެއްވެސް ބޯޑެއް ޗެމްބަރ ގައިބެހެއްޓިފައި ނުވާކަންވެސް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

އެންނަމަވެސް މަޖިލީހުގެ ވެބްސައިޓްގައި ދާއިރާގެ ނަން ހިމެނުމާއި، މީހުންދިރިއުޅޭ ހުރިހާ ރަށެއް އެނގޭގޮތަށް، އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރުމުން އިސްލާހު ހުށަހެޅި މަގުސަދު ހާސިލްވާނެ ކަމަށް ކޮމިޓީންވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު