Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލައިޓް ވެއްޓުން

ހުޅުލެ ކައިރިއަށް ޓީއެމްއޭގެ ބޯޓެއް ވެއްޓިއްޖެ

ބޯޓުގައި ތިބި ނުވަ މީހުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 27 މެއި 2017 | ހޮނިހިރު 09:33
ޓީއެމްއޭގެ ބޯޓް ވެއްޓިފައި

ޓީއެމްއޭގެ ބޯޓް ވެއްޓިފައި

ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ) ގެ މޫދަށް ޖައްސާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިއަށް ވެއްޓިއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުލޭ ސީޕްލޭން ޓާމިނަލް ސަރަހައްދަށް ޓީއެމްއޭގެ ބޯޓު ވެއްޓުނީ ޖައްސަން އުޅެނިކޮށެވެ. އެ ބޯޓަކީ ކޮންރެޑް މޯލްޑިވްސް ރިސޯޓުން ފަތުރުވެރިންނާއެކު ހުޅުލެއަށް ދަތުރުކުރި ބޯޓެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

Advertisement - newsAdvertisement

ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ނުވަ މީހުން ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ޓީއެމްއޭގެ ބޯޓެއް ފުރޮޅާލި ހާދިސާއެއް ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި ކަމަށާއި، އެ ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް ބޯޓް ފެންމައްޗަށް ނަގައި އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ޓީއެމްއޭއިން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ޓީއެމްއޭގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ޓީއެމްއޭގެ ބޯޓެއް ވެއްޓިފައިވެ އެވެ. 15 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ޓީއެމްއޭގެ ބޯޓް ވެއްޓިފައިވަނީ ޅ. ކުރެއްދޫ ރިސޯޓް ކައިރިއަށެވެ. 2011 ވަނަ އަހަރުގެ ތެރޭގައި ބިޔާދޫ ރިސޯޓް ކައިރިއަށް ވެސް ޓީއެމްއޭގެ ބޯޓެއް ވެއްޓުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ.ފޮނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި

ލ.ފޮނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި

20 މެއި 2017
އިންޑިއާ ބޯޓެއް ރާއްޖޭގެ ފަރަކަށް އަރައިފި

އިންޑިއާ ބޯޓެއް ރާއްޖޭގެ ފަރަކަށް އަރައިފި

01 މެއި 2017
މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

27 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު

ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު

21 އެޕްރީލު 2017
ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު