Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީ ޚިޔާނާތް

ޔާމީނުގެ ހުކުމުގެ ފައިސާ ދައްކަން ޖެހޭކަމަށް އިދިކޮޅުން ގަބޫލެއް ނުކުރޭ

16 ނޮވެމްބަރު 2021 | އަންގާރަ 08:45

އެއްވެސް ފަރާތަކުން ދައުލަތަށް އެއް މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް އިދިކޮޅުން ގަބޫލެއް ނުކުރޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 16 ނޮވެމްބަރު 2021 | އަންގާރަ 08:45
ޔާމީނުގެ ޙުކުމުގެ ފައިސާ ދައްކަން ޖެހޭކަމަށް އިދިކޮޅުން ޤަބޫލެއް ނުކުރޭ

ޔާމީނުގެ ޙުކުމުގެ ފައިސާ ދައްކަން ޖެހޭކަމަށް އިދިކޮޅުން ޤަބޫލެއް ނުކުރޭ

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތަށް ރައީސް އަބްދުﷲ ޔާމީނު ދައްކަވަން ޖެހޭ އެއްވެސް ރުފިޔާއެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށް އިދިކޮޅުން ބުނެފިއެވެ.

ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ރުފިޔާ ޗާޕުކުރަން ހުށަހެޅުމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީނު އަދި ޕީޕީއެމް/ޕީއެންސީން ދައުލަތަށް ދައްކަން ޖެހޭ އެއް މިލިއަން ޑޮލަރު އޮތްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އެމައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި ކަމަށެވެ. އަދި އެކަމަށް ވަކި ގޮތެއް ނިންމާފައި ނުވާތީ އެއީ ދައްކަން ޖެހޭ ރުފިޔާގެ ގޮތުގައި ޤަބޫލު ނުކުރައްވާ ކަމަށެވެ.

މިކަމާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެފައިސާ ދައްކަން ނުޖެހޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމާފައި ވާތީ އެއުސޫލަށް ކުރިއަށް ގެންދެވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނު ދައުލަތަށް ޚިޔާނާތްތެރިވެ އެއް މިލިއަން ޑޮލަރު ނަންގަވާފައިވާ ކަމަށް ސާބިތުވުމުން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން ކޮށްފައިވެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ޔޫއެސް ޑޮލަރު ދެއްކުމަށްވެސް ކްރިމިނަލް ކޯޓުން 28 ނޮވެންބަރު 2019 ގައި ޙުކުމްކުރިއެވެ.

ނަމަވެސް މިއަހަރުގެ އޮކްޓޯބަރ މަހުގެ ފަސްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޔާމީނުގެ ޙުކުމުގެ ފައިސާ ހޯދުމުގެ ކަންކަން އެއްވެސް ކޯޓެއްގައި ކުރިއަށް ގެންގޮސް ގޮތެއް ނިންމަވައިފިނަމަ، ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފު މައްސަލައަށް އޭގެ އަސަރު ކުރާނެކަމަށް ބެލެވޭތީ އެމައްސަލަ މަޑުޖައްސާލުމަށް އަންގާފައެވެ.

ދައުލަތުގެ ޚަރަދުތަކާއި ދަރަނިތައް ބޮޑުވެ، އާމްދަނީ ލިބޭނެ ގޮތްތައް މަދު ކަމަށް އިދިކޮޅުން ފާހަގަ ކުރަމުން އަންނައިރު، ރައީސް ޔާމީނު ނަންގަވާފައިވާ ފައިސާ އަލުން އަނބުރާ ދައުލަތަށް ދައްކަވައިފި ނަމަ އެއީ ދައުލަތުގެ ބަޖެޓަށް ލުއި ވެގެންދާނެ ކަމެކެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއެމްއެމްޕީއާރްސީ ޚިޔާނާތް

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
28 އޮކްޓޯބަރު 2024

ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!

28 އޮކްޓޯބަރު 2024
ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް