Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޯވަރޑްރޯ ކުރުން

އަނެއްކާވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ކުރުމުގެ މުއްދަތު އިތުރުކުރަން އެދިއްޖެ

މިދިޔަ އަހަރު އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް ލިމިޓް މަތިކޮށް ދިނުމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2021 | އަންގާރަ 06:50
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ކުރުމުގެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލުމަށް އެދިއްޖެއެވެ.

މިކަަމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ ގައި ވަނީ، ބޯޑަރު ހުޅުވާލުމާއެކު އިގްތިސާދީ ދުވެލި ބާރުވަމުން ދިޔަ ނަމަވެސް މި ބަލިމަޑުކަމުން އަރައިގެންފައި ނުވުމާއި، އިގްތިސާދީ ހިރާސްތައް އަދިވެސް އެބަހުރި ކަމަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓްގެ އޯވަރޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގައާއި، ދައުލަތުގެ ބަޖެޓް ތަންފީޒު ކުރުމުގައި، ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުގައެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރު އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް ލިމިޓް މަތިކޮށް ދިނުމަށެވެ. އެގޮތަށް މަޖިލީހުން ވަނީ ލިމިޓް މަތިކޮށްދީފައެވެ.

ފައިނޭންސް ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު 2022ވަނަ އަހަރުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ނުކޮށް ކުރިއަށްދިޔުމަކީ އިގްތިސާދަށާއި ސަރުކާރަށާއި، ރައްޔިތުންނަށް ފޯރުކޯށްދޭ ޚިދުމަތްތަކަސް އެކަމުގެ ނުރަނގަޅު އަސަަރު ކުރާނެ ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދު ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫނާރާ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށާއި. އިގްތިސާދީ ފުން ވަޅުގަނޑަކަށް ވެއްޓިގެން ދިޔަ ދަނޑިވަޅުގައި، ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށްވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން މި ސަބަބުތަކަށް ރިއާޔަތްކޮށް ދައުލަތުގެ ޚަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލްތަކާއި ހަމަތަކުން އިސްތިސްނާވުމަށް ދީފައިވާ ހުއްދަ 26 އެޕްރީލް 2022ން ފެށިގެން އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް އަމީރުވަނީ އެދިވަޑައިގެންފައެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް، އެއިރެއްގެ އިންޓަރެސްޓް ރޭޓަށްވުރެ ދަށް ނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައެވެ. އަދި އެގޮތަށް ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފައެވެ. މިދިޔަ އަހަރު އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތިކޮށް ދިނުމަށެވެ.

މިމާއްދާގެ (ރ) ގައި ބުނެފައިވަނީ 1 ޖެނުއަރީ 2016 އިން ފެށިގެން ދައުލަތުން ދަރަންޏަށް ފައިސާ ނަގަންވާނީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާއި އުފެއްދުންތެރިކަން އިތުރުކުރުވޭނެ މަޝްރޫޢުތަކަށް ވަސީލަތްތައް ހޯދުމަށް އެކަންޏެވެ. އެތާރީޚުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

(ބ) ގައި ބުނެފައިވަނީ (ރ) ގައި އެހެން ބުނެފައިވީނަމަވެސް ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ގިނަ ވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް މިމާއްދާގެ (ހ) ގެ ދަށުން މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ދެއްކިދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު