Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް

މާލޭގެ މަގުތަކުގެ މަސައްކަތް ލަސްވަނީ މޭޔަރުގެ ކުއްލި ނިންމުންތަކުގެ ސަބަބުން – އާރުޑީސީ

15 ނޮވެމްބަރު 2021 | ހޯމަ 03:34

ކުރީ ކައުންސިލުން ކޮންސެޕްޓް ޕްލޭނިންގ ކުރިން ނިންމާ އެއަށް ކުއްލި ކުއްލި ބަދަލުތަކެއް ނާދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ނޮވެމްބަރު 2021 | ހޯމަ 03:34
ރޯޝަނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ

ރޯޝަނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ނުނިމި ދިގުލައިގެން ދަނީ ކުއްލިކުއްލިއަށް މާލެ ސިޓީގެ މޭޔަރާއި ޕްރޮޖެކްޓް އޮފިސަރުން މަސައްކަތަށް ބަދަލު ގެންނަން ނިންމާ ނިންމުމުގެ ސަބަބުން ކަމަށް ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ ކުރިން އޮތް ކައުންސިލާއެކު މަސައްކަތް ކުރަން ފަސޭހަވެގެން ދިޔަ ކަމަށާއި، ކޮންސެޕްޓް ޕްލޭނިންގ ނިންމާ އެއަށް ކުއްލި ކުއްލި ބަދަލުތަކެއް ކުރިން ނާންނަ ކަމަށެވެ. ނަމަވެސް އައު ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ އިރު ކުއްލިކުއްލިއަށް ބަދަލުތަކެއް ގެންނަން ހުށަހަޅާ ކަމަށާއި، ކޮށްފައި ހުންނަ މަސައްކަތް ދެފަހަރަށް ތިންފަހަރަށް ވެސް ކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މޫކޭ ވިދާޅުވީ ރޯޝަނީ މަގުގެ މަސައްކަތް ފަށައިގަނެގެން ގޮސް 3 ބްލޮކް ނިންމާ ހުޅުވާލުމާއެކީގައި އަނެއްކާވެސް ބަދަލުތަކެއް ގެންނަން ޖެހި މުޅި މަސައްކަތް އަލުން ކުރަން ޖެހުނު ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް ނިމިގެން ހުޅުވާލުމާއި އެކީގައި ސިޓީ ކައުންސިލަށް ފެނިވަޑައިގަތީ ދުވާރު ތަންކޮޅެއް ހަނިކޮށްލަން ޖެހޭކަމަށް ކަމަށާއި، ދެން ކުރީގައި ކުރަން ޖެހުނު މަސައްކަތް އަލުން ބަލުން ކުރަން ޖެހުނު ކަމަށެވެ.

އާރުޑީސީން މަސައްކަތް ކުރަމުން އަންނަނީ ސިޓީ ކައުންސިލުން ފާސްކުރާ ޑިޒައިނާއި އެއްގޮތަށް އެ އޮންނަ ވަގުތެއްގެ ތެރޭގައި މަސައްކަތް ނިންމާލަންކަން ފާހަގަކުރައްވާ މޫކޭ ވިދާޅުވީ މަސައްކަތް ކުރުމުގެ ތެރޭގައި އެބޭފުޅުން ސިޔާސީ ގޮތުން އަޑީގައި ތިއްބަވައިގެން ކުރާ މަސައްކަތުގެ ސަބަބުން މަސައްކަތަށް ބުރޫ އަރާ ކަމަށެވެ. އެގޮތުން އެމްއާރުޑީސީގެ ކުރީގެ އެކްޓިންގ އެމްޑީއަކަށް ހުންނެވި ބޭފުޅަކު އެތަނުގައި ޕްރޮޖެކްޓްގެ ކަންކަން ބަލަން ސިޓީ ކައުންސިލުން ނަގާފައި ހުންނަވާ ކަމަށާއި، އެތަނުގައި ތިއްބަވައިގެން އާރުޑީސީއަށް މިކަން ނުވާފަދަ މޭރުމަކުން މީސް މީހުންލައްވާ ޓްވީޓްކުރުމާއި، މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވާ ކަމަށެވެ.

މޫކޭ ވިދާޅުވީ މަގުތަކުގެ މަސައްކަތް ކުރަމުންދާ އިރު، މާލޭގެ ފެނާއި ނަރުދަމާ ތަރުތީބުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ކޮންނަން ނުޖެހޭގޮތަށް ހޮޅިތައް އަޑީގައި ތަރުތީބުކުރެވިގެން ކުރިއަށް ގެންދެވޭ އިރު، މިއީ އެމްޑަބްލިއުއެސްސީއަށް ވެސް ކުއްލިއަކަށް ކުރަންޖެހުނު ބޮޑު ހަރަދެއް ކަމަށް ފާހަގަކުރެއްވިއެވެ.

އަދި މަގުގެ މަސައްކަތް އާރުޑީސީން ނިންމާލައިގެން ތިއްބަސް ދެން އެހެން ސަރވިސް ޕްރޮވައިޑަރުންގެ އަޕްގްރޭޑިންގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ނުލިބޭކަމުގައި ވާނަމަ އާރުޑީސީގެ މަސައްކަތެއް ނުނިންމޭނެ ކަމަށެވެ.

މޫކޭ ވިދާޅުވީ އާރުޑީސީގެ މުވައްޒަފުން އަދި ކުންފުނިން ކުރަންޖެހޭ ކަމެއް ނުކޮށްގެން ލަސްތަކެއް ނުވާނެ ކަމަށެވެ. ރޯޝަނީ މަގުގައި ވެސް ގެނައި ބަދަލާއެކީގައި މަސައްކަތް އަލުން ކުރަން ޖެހެނު ކަމަށާއި، އެ މަސައްކަތް ފެށި ސްޕީޑުގައި މިހާރު ގޮސް އެ މަސައްކަތް ވެސް ނިމެން ކައިރިވެފައިވާ ކަމަށެވެ.

އާރްޑީސީރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންމޫކޭމާލެ ސިޓީމާލެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްމާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް