Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަކުރުބަލީގެ ދުވަސް

ހަކުރު ބައްޔަށް ހުށަހެޅިފައިވާ 900އަށްވުރެ ގިނަމީހުން ކުޅުދުއްފުށި ސިޓީގައި އެބަތިބި: ޑެޕިއުޓީ ސީއީއޯ

14 ނޮވެމްބަރު 2021 | އާދީއްތަ 13:42

އާބާދީގެ ނިސްބަތުން ބަލާނަމަ 9 އިންސައްތަ މީހުންދަނީ މިބަލި ތަހައްމަލު ކުރަމުން

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 14 ނޮވެމްބަރު 2021 | އާދީއްތަ 13:42
ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ބޭއްވި ހަރަކާތުގެ ތެރޭން

ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ބޭއްވި ހަރަކާތުގެ ތެރޭން

ހަކުރު ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައްޔާމެދު ހޭލުންތެރިކަން ކުޑަވުން ކަމަށާއި، މިހާރުވެސް ކުޅުދުއްފުށީގައި ހަކުރު ބައްޔަށް ހުށަހެޅިފައިވާ 900އަށްވުރެ ގިނަ މީހުން އެބަތިބިކަމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަޙުމަދު ދާއުދޫ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ހަކުރު ބަލީގެ މީހުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ކޭއާރުއެޗްގައި ބޭއްވި ހަރަކާތެއް ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ބަލި ކޮންޓްރޯލްކޮށް ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައްޔާމެދު ހޭލުންތެރިކަން ކުޑަވުން ކަމަށެވެ. އަދި ހަމައެއާއެކު ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުން ބުއިމުގެ އާދަތައް ހުންނަ ގޮތުން، ބަލިން ރައްކާތެރިވުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ދާއޫދު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ނެޝަނަލް ޑަޔަބެޓިކްސް ސެންޓަރާ ގުޅިގެން ދާދި ފަހުން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ސްރީންނިންގ ޕްރޮގްރާމަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، އެ ކޭމްޕުންވެސް މުޅިން އަލަށް ހަކުރު ބައްޔަށް މީހުން ޑައިގްނޯސް ކުރެވިފައިވާ ކަމަށެވެ. ރެކޯޑްތައް ދައްކާ ގޮތުން މިހާރު ވެސް ކުޅުދުއްފުށީގައިވެސް 900 އަށް ވުރެ ގިނަ މީހުން ހަކުރު ބައްޔަށް ހުށަހެޅިފައިވާކަމަށާއި، މިއީ އާބާދީގެ ނިސްބަތުން ބަލާ ކަމުގައިވާނަމަ 9 އިންސައްތައަށްވުރެ ގިނަ މީހުންކަމުގައި ކޭއާރުއެޗްގެ ޑެޕިއުޓީ ސީއީއޯ ވިދާޅުވިއެވެ.

މީގެ ތެރެއިން 50އަށްވުރެ ގިނަ މީހުންނަކީ ޓައިޕް 1 ޑައިބެޓީސް (ނުވަތަ ޒުވާން އުމުރުގައި، ނުވަތަ ކުޑަކުދިންނަށް ޖެހޭ ޑައިބެޓީސް) ޖެހިފައިވާ ފަރާތްތައްކަމަށާއި، މިއީ ކަންބޮޑުވާން ޖެހޭ ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.

ހަކުރު ބައްޔަކީ ވަކި އުމުރު ފުރައަކަށް، އަދި ވަކި ޖިންސަކަށް ޚާއްސަ ބައްޔެއް ނޫންކަން ފާހަގަކުރައްވަމުން ދާއޫދު ވިދާޅުވީ، ޑަޔަބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގައި މި އަހަރު ވެސް 11 މަހުގެ ކުއްޖަކާއި 1 އަހަރުގެ ކުއްޖަކުވެސް ރެޖިސްޓަރކޮށްފައިވާކަމަށެވެ.

އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގެ އާބާދީގެ 8 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ މީހުން ކަމަށް ބެލެވޭ ކަމަށާއި، މިހާރު މި ދާ ރޭޓުން ދާ ކަމުގައި ވާނަމަ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި މި އަދަދު ދެ ގުނަ ވުމުގެ ފުރުސަތު އެބަ އޮތްކަން ފާހަގަކުރެއްވި އެވެ.

އެހެންކަމުން ބައްޔާމެދު މުޖުތަމައު ވަރަށް ބޮޑަށް ހޭލުންތެރި ކުރުވަން ޖެހޭކަމަށާއި، އަދި ކެއުން ބުއިމުގައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމާއި، ބަރުދަން ލުއިކޮށް، ކަސްރަތުކޮށް، މީހާގެ ދިރިއުޅުން އިތުރަށް ތާޒާ ނުކުރެވިއްޖެނަމަ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް