Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޅުދުއްފުށީ މަގުހެދުން

މަގުތައް ހެދިގެން ދާއިރު، ރަނގަޅު ފެން ހިންދާ ނިޒާމެއް ޤާއިމުވެގެން ދިއުމަކީ ރައްޔިތުންގެ އުންމީދު

14 ނޮވެމްބަރު 2021 | އާދީއްތަ 13:31

މިމަޝްރޫޢުގެ ދަށުން، 24 މަގެއްގައި ތާރު އަޅާނެ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 14 ނޮވެމްބަރު 2021 | އާދީއްތަ 13:31
ކުޅުދުއްފުށީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެނެސް ބާލަނީ

ކުޅުދުއްފުށީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެނެސް ބާލަނީ

ބާރަހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ކުޅުދުއްފުށި ސިޓީއަކީ ވެހިކަލް. ގިނަ މަގުތައް ހަލަބޮލި ސިޓީއެކެވެ. އެހެންނަމަވެސް ވާރޭވެހޭ މޫސުމެއް ނަމަ އެސިޓީގެ މަގުތަކަކީ ވަރަށްބޮޑަށް ފެންބޮޑުވާ މަގުތަކެކެވެ.

ކުޅުދުއްފުށީގެ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2018ވަނަ އަހަރު ނިންމާފައިވާއިރު، 18 މަގެއްގައިވަނީ ތާރުއަޅާފައެވެ. އެހެންނަމަވެސް އެކަށީގެން ފެން ހިންދާ ނިޒާމެއް ޤާއިމުކޮށްފައި ނެތުމުގެ ސަބަބުން އޭގެ ދަތިކަން ކުޅުދުއްފުށީގެ ރައްޔިތުންނަށް އަންނަނީ އިންތިހާއަށް ކުރިމަތިވަމުންނެވެ.

ކުރިން އަޑިގުޑަންކޮށް އޮތް މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުން، މަގުތައް ބޭނުންކުރާ މީހުންނަށްވަނީ ލުއިފަސޭހަތަކެއް ލިބިފައެވެ. އަދި ވެހިކަލް ގެންގުޅޭ ފަރާތްތަކަށްވެސް މިއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މަގުތަކުގައި ތާރުއަޅައި މަގުތައް ހަދާފައި ވީނަމަވެސް، ރައްޔިތުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަގުތަކުގައި ފެންބޮޑުވާ މައްސަލައެވެ. އެގޮތުން ތާރު އެޅި ބައެއް މަގުތަކުގައި އެކަށީގެންވާ ފެން ހިންދާ ނިޒާމެއް ނެތުމުގެ ސަބަބުން އެ މަގުތަކުގައިވެސް ފެންބޮޑުވެއެވެ. މިއާއެކު ތާރު އެޅި މަގުތަކާ ކައިރި މަގުތަކަށްވެސް ފެންބޮޑުވުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. ބޯކޮށް ވާރޭވެހޭ މޫސުމުގައި، މަގުތަކުގައި ފެންބޮޑުވުމުގެ އިތުރުން ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތައް ލިބުމުގެ ހާދިސާތައްވަނީ ހިނގާފައެވެ.

ކުޅުދުއްފުށީގެ މަގުތަކުގައި ތާރު އެޅުމުގެ 2ވަނަ ފިޔަވަހީގެ މަސައްކަތް އެރަށުގައި ފެށުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 2ގެ ދަށުން 24 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 6 ކިލޯ މީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާއިރު، މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރުޑީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 100.7 މިލިއަން ރުފިޔާއަށެވެ.

ކުޅުދުއްފުށީގެ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 2ގައި ތަރައްޤީކުރާ މަގުތަކުގައި ސައިޑްވޯކް ހެދުމާއި، ފެންހިނދާ ނިޒާމް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ސްޕީޑް ބްރޭކަރުތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މަގުހެދުމުގެ ޕްރީ ކާސްޓިންގެ މަސައްކަތްތައް ކުރިއަށްގެންދާ ސައިޓްގެ މަސައްކަތްތައްވެސް މިހާރުވަނީ މުޅިން ނިންމާފައެވެ. އަދި މިދިޔަ ހަފުތާގައި، ވަނީ މި މަސައްކަތަށް ބޭނުންވާ ހިލަޔާއި ހިލަވެލިފަދަ ސާމާނު އެރަށަށް ގެންގޮސްފައެވެ.

މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މައްސަލައަށްވާއިރު، ކުޅުދުއްފުށީ ކައުންސިލްގެ މޭޔަރ ޢާޠިފް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމޭއިރު، ފެންބޮޑުވާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް