Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފުށީ އެއަރޕޯޓު

އަލިފުށީ އެއަރޕޯޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: އެމްޓީސީސީ

މިހާރު އީއައިއޭގެ މަސައްކަތްތައް ދަނީ ކުރިއަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2021 | ހޮނިހިރު 17:24
ރ. އަލިފުށި

ރ. އަލިފުށި

ރ. އަލިފުށީ އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ 2 ވަނަ ކުއާޓަރުގެ ތެރޭގައި ކަމަށް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރަމްޒީ ވިދާޅުވީ، އެމްޓީސީސީން މިވަގުތު 3 އެއަރޕޯޓެއްގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އެއީ ރ. އަލިފުށީ އެއަރޕޯޓު، މ. މުލީ އެއަރޕޯޓު އަދި ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތެވެ.

އަލިފުށީ އެއަރޕޯޓުގެ މަސައްކަތް ފެށުމުގެ ކުރިން ބިން ހިއްކަން ޖެހޭނެ ކަމަށް ރަމްޒީ ވިދާޅުވިއެވެ. އެއަރޕޯޓުގެ ކޮންސެޕްޓު ޑިވެލޮޕްކުރުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އިއައިއޭގެ މަސައްކަތްތައް ކަމަށް ރަމްޒީ ވިދާޅުވިއެވެ.

ރަމްޒީ ވިދާޅުވީ ރަސްމީކޮށް މަސައްކަތް ފެށުމުގެ ކުރިން ނިންމަންޖެހޭ މަރުހަލާތައް ނިންމައި، އަމަލީ މަސައްކަތް ފެށޭވަރު ވާނީ އަންނަ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށެވެ. މަސައްކަތް ނިންމަން ހަވާލުކުރި ދުވަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ރަމްޒީ ވިދާޅުވިއެވެ.

އަލިފުށީ އެއަރޕޯޓުގެ އީއައިއޭ މަސައްކަތަށް ގާތްގަނޑަކަށް 3 މަސް ދުވަސް ހޭދަވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެކެވެ. މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތް ވަނީ މިކުންފުންޏާ ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މިއީ 451.61 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 750 ދުވަހުގެ ތެރޭގައެވެ.

މަސައްކަތުގެ ގޮތުން ބަލާއިރު މި މަޝްރޫއަކީ އަގުގެ ގޮތުންނާއި، މަޝްރޫއުގެ ދަށުން ކުރަންޖެހޭ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރި އެންމެ ބޮޑު މަޝްރޫއެވެ. 

އަލިފުށިއެމްޓީސީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު