Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެސްއައިޕީ

މިއަހަރުގެ ނިޔަލަށް ހިންގާ ޕީއެސްއައިޕީއަށްވުރެ އަންނަ އަހަރުގެ ޕީއެސްއައިޕީ 20 އިންސައްތަ އިތުރު

ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރާނެ މަޝްރޫއުތަކަށް ބަޖެޓުން ޖާގަދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2021 | ހޮނިހިރު 10:38
ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަނީ

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަނީ

މި ހިނގަމުންދާ 2021 ވަނަ އަހަރުގެ ނިޔަލަށް ހިންގާ ޕީއެސްއައިޕީއަށްވުރެ އަންނަ އަހަރު ރާވަފައިވާ ޕީއެސްއައިޕީ 20.1 އިންސައްތަ އިތުރުވާނެކަމަށް ލަފާކޮށްފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވާގޮތުން 2022 ވަނަ އަހަރަށް ހުށަހަޅާ ޕީއެސްއައިޕީއަކީ 6,273 މިލިއަން ރުފިޔާއެވެ. މިއީ ޖުމުލަ ބަޖެޓުގެ 17 އިންސައްތައެވެ. އަދި މި އަހަރުގެ ނިޔަލަށް ހިނގާނެކަމަށް މިހާރު އަންދާޒާކުރާ ޕީއެސްއައިޕީއަށްވުރެ 20.1 އިންސައްތަ އިތުރު އަދަދެކެވެ.

Advertisement - newsAdvertisement

މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ކޮވިޑް-19 އާ ގުޅިގެން މަޑުޖައްސާލެވުނު މަޝްރޫއުތައް ނިންމުމަށް އަދި އިގުތިސާދީ އައު ހަރަކާތްތައް އިތުރުކުރާނެ ކަންތައްތަކަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރާނެ މަޝްރޫއުތަކަށް ބަޖެޓުން ޖާގަދީފައިވެއެވެ. 2022 ވަނަ އަހަރަށް ހުށަހަޅާ ޕީއެސްއައިޕީ ބަޖެޓު ބެހިފައިވާގޮތަށް ބަލާއިރު، ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން 2،615.3 މިލިއަން ރުފިޔާ، ބޭރުގެ ފަރާތްތަކުން ނަގާ ލޯނުން 2،694.3 މިލިއަން ރުފިޔާ، ބޭރުގެ ހިލޭ އެހީއިން 548.9 މިލިއަން ރުފިޔާ އަދި ޓްރަސްޓް ފަންޑްތަކުން 414.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައިވެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޓްރަސްޓް ފަންޑްތަކުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ވަނީ މޯލްޑިވްސް ގްރީން ފަންޑުންނެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުގެ 6.6 އިންސައްތައެވެ. 2022 ވަނަ އަހަރަށް ހުށަހަޅާ ޕީއެސްއައިޕީ ބަޖެޓުގައި އަލަށް ފަށާ 287 މަޝްރޫއަކަށް 1,342.6 މިލިއަން ރުފިޔާ، ޓެންޑަރިންގ މަރުހަލާގައިވާ 105 މަޝްރޫއަށް 141.0 މިލިއަން ރުފިޔާ ހިމެނޭއިރު ޕްރީޓެންޑަރިން މަރުހަލާގައިވާ 290 މަޝްރޫއުއަށް 783.3 މިލިއަން ރުފިޔާ އަދި ހިނގަމުންދާ 431 މަޝްރޫއަށް 3,635.2 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

އަދި މި އަހަރުގެ ތެރޭގައި ނިމިފައިވާ 163 މަޝްރޫއެއްގެ ރިޓެންޝަން ފައިސާއަށް 112.6 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. 2022 ވަނަ އަހަރަށް ހުށަހަޅާ ޕީއެސްއައިޕީގެ ތެރޭގައި ސަރުކާރުން ވެފައިވާ ގިނަގުނަ ވައުދުތައް ފުއްދުމަށް އިސްކަމެއް ދީފައިވެއެވެ. މީގެ އިތުރުން ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭނުގައި ހިމެނޭ ކަންތައްތައް ފުރިހަމަކުރުމަށް ބަޖެޓުން ޖާގަދީފައިވެއެވެ. މިގޮތުން، ފަތުރުވެރިކަމުގެ އިތުރުން، އިގުތިސާދީ އައު ހަރަކާތްތަކަށް މަގުފަހިކުރުމާއެކު، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމަށް މި ބަޖެޓުގައި މަޝްރޫއުތައް ވަނީ ހިމަނާފައެވެ.

އިގްތިސާދީގޮތުން ރާއްޖެ އައު ހަރުފަތަކަށް ގެނައުމަށްޓަކައި މަގުފަހިކުރުވަދޭނެ މަޝްރޫއުތައް ހިންގުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުން ޖާގަދީފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލް އަދި ރަންވޭ ޑިވަލަޕްމަންޓް ޕްރޮޖެޓާއި، ތިލަފުށީ ބްރިޖް މަޝްރޫއު އަދި ޓްރާންސްޝިޕްމަންޓް ޕޯޓުގެ މަސައްކަތް ކުރުމަށް ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ޕީއެސްއައިޕީބަޖެޓް 2022ފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު