Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެނގެނުމުގައި ހުރިހާ ދަރިވަރުން ޝާމިލްކުރުން

އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ ދަރިވަރުން ޝާމިލްވާގޮތަށް ސްކޫލްތައް ބަދަލުކުރަނީ

ސްޓޫޑެންޓްސް ވިތް ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލްސްގެ ތެރޭގައި ހިމެނެނީ ތިން ގިންތިއެއްގެ ދަރިވަރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2021 | ހޮނިހިރު 03:05
ސްކޫލްތައް ދިރާސާ އައު އަހަރަށް ހުޅުވުމުގެ ތެރެއިން

ސްކޫލްތައް ދިރާސާ އައު އަހަރަށް ހުޅުވުމުގެ ތެރެއިން

ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު އެޑިޔުކޭޝަން މިނިސްޓްރީން އާންމުކޮށްފިއެވެ.

މިސިޔާސަތަކީ ހުރިހާ ދަރިވަރުންނަށް އުނގެނުމުގެ ޙައްޤު ކަށަވަރު ކޮށްދިނުމަށްޓަކައި ޕްރީ ސްކޫލުތަކާއި، ފަށާ ތަޢުލީމު ދޭ ސްކޫލުތަކާއި، ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ދޭ ސްކޫލުތަކުގައި އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ އެންމެހައި ދަރިވަރުންނަށް އުނގެނުމުގެ ޢަދުލުވެރި އަދި ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، އެ ދަރިވަރުންގެ ޤާބިލުކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތެކެވެ.

މިސިޔާސަތު އަމާޒުކޮށްފައިވަނީ ސްޓުޑެންޓްސް ވިތް ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލްސް ގެ ގޮތުގައި ބަޔާންކޮށްފައިވާ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ ދަރިވަރުންނަށެވެ. މި ސިޔާސަތުގައި ދަރިވަރުން ގިންތިކޮށްފައިވަނީ، ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ރިޢާޔަތްކޮށް، ކިޔަވައިދިނުމަށް ބޭނުންވާނެ ވަސީލަތްތަކާއި އާލާތްތައް ހޯދައިދިނުމަށާއި، އަދި އުނގަންނައި ދިނުމަށް ކޮންމެހެން ގެންނަންޖެހޭ ތަފާތު ބަދަލުތަކަށް ސްކޫލުތަކާއި ކަމާގުޅުންހުރި އެންމެހައި ފަރާތްތައް އަހުލުވެރި ކުރުމަށެވެ.

އެގޮތުން ސްޓޫޑެންޓްސް ވިތް ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލްސްގެ ތެރޭގައި ހިމެނެނީ ތިން ގިންތިއެއްގެ ދަރިވަރުންނެވެ. މިތިން ގިންތިއަކީ:

- ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން

- އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުން

- ޚާއްސަ ހާލަތްތައް ދިމާވާ ދަރިވަރުން

މިގިންތިތަކުގައި ހިމެނޭ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭން ޖެހޭނީ އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން (އައި.ސީ.ޕީ) ތައްޔާރުކޮށް އެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ. އަދި 2015 ވަނަ އަހަރު އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގެ ލަނޑުދަނޑިތައް ހުރިހާ ދަރިވަރުންނަށް ހާސިލުކޮށްދިނުމުގައި ކިޔަވާދިނުމުގައި ބޭނުންކުރާނެ ގޮތްތައްވެސް މިސިޔާސަތުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމަތައް ހިފެހެއްޓުމަށް ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އިންކްލޫޝަންގެ އަސާސްތަކާ އެއްގޮތަށް ތަޢުލީމު ފޯރުކޮށްދިނުމަށް ވަކި ވަސީލަތްތައް ސްކޫލުތަކުގައި ޤާއިމުކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ސްކޫލުތަކާއި ބެލެނިވެރިންނަށް ވަކިވަކި ޒިންމާތަކެއް ވަނީ ކަނޑައަޅާފައެވެ.

މިއީ 2020 ވަނަ އަހަރު އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ރ ގެ ދަށުން އެކުލަވާލާފައިވާ ސިޔާސަތެކެވެ. އެގާނޫނުގެ 8 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަކީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރާ ތަޢުލީމީ ނިޒާމަކަށް ހެދުމާއި ގުޅޭ މާއްދާއެވެ. އެމާއްދާގެ ރ ގައި ބުނެފައިވަނީ އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިވެހިރާއްޖޭގެ ސްކޫލްތަކުން ފުރުޞަތު ދިނުމުގައި އަދި އެކުދިންނަށް ތަޢުލީމު ދިނުމުގައި ކަށަވަރު ކޮށްދޭންޖެހޭ ޙައްޤުތަކާއި ފޯރުކޮށްދޭންޖެހޭ ވަސީލަތްތަކާއި ހިފަހައްޓަންޖެހޭ ހަމަތައް ބަޔާންކުރާ ސިޔާސަތެއް، މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރަންވާނެ ކަމަށެވެ.

ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ދިރާސާ އައު އަހަރު ފެށުމާއެކުއެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްތެރޭގައި މިސިޔާސަތު އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލަންޖެހެއެވެ.

ސްކޫލުމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު