Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮޕީ ރަޝީދު އަވަހާރަވުން

ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވެއްޖެ

އަވަހާރަވީ އުމުރުފުޅުން 72 އަހަރުގައި

| 11 ނޮވެމްބަރު 2021 | ބުރާސްފަތި 19:24
ކޮޕީ މުހައްމަދު ރަޝީދަށް 2005 ވަނަ އަހަރު ޢާއްމު ޚިދުމަތުގެ އިނާމު ދެއްވަނީ

ކޮޕީ މުހައްމަދު ރަޝީދަށް 2005 ވަނަ އަހަރު ޢާއްމު ޚިދުމަތުގެ އިނާމު ދެއްވަނީ

ދިވެހިބަހާއި އަދަބިއްޔާތާއި މުނިފޫހިފލުވުމުގެ ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.

އުމުރުން 72 އަހަރުގައި ކޮޕީ ރަޝީދު އަވަހާރަވެފައިވަނީ ސްޓްރޯކަކަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ބުރާސްފަތިދުވަހުގެ ރޭގެ ވަގުތެއްގައެވެ. މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ ކޮޕީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި މަޝްހޫރު ލަވަންކިއުންތެރިޔާ ޔާމީން ރަޝީދަކީ ކޮޕީ ރަޝީދުގެ ބޭފުޅުންނެވެ.

ކޮޕީ ރަޝީދަކީ ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ނޫސްވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައި މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު 2018 ވަނަ އަހަރު ކާމިޔާބުކުރައްވައިފައިވެއެވެ. މާލޭގެ ވަރަށްގިނަ ސްކޫލްތަކުގައި މުދައްރިސެއްގެ ގޮތުން ދިވެހިބަސް ކިޔަވައިދެއްވައިފައި ވެއެވެ. ސަރުކާރުން ވަނީ ކޮޕީ ރަޝީދަށް ތިން ފަހަރެއްގެ މަތިން އާންމު ޚިދުމަތުގެ އިނާމު ދެއްވާފައެވެ. އެގޮތުން، 1984 ވަނަ އަހަރު ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ އިނާމު، 1988ވަނަ އަހަރު، ތާނަ އަރަބި ލިޔުމުގެ ރޮނގުން އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން އޭނާއަށް ވަނީ އާންމު ޚިދުމަތުގެ އިނާމު ދެއްވާފައެވެ.

ކޮޕީ ރަޝީދަކީ ތާނަ އަރަބި ލިޔުމުގެ ރޮނގުންވެސް ވަރަށް މަޝްހޫރު ބޭފުޅެކެވެ. ބޮޑުއަކުރު ލިޔުއްވުމަކީ ޚާއްސަ ފަންނެކެވެ. ބޮޑު އަކުރު ލިޔަން ދަސްކޮށްދޭ ގިނަ ކޯސްތަކެއް ހިންގެވިއެވެ.

ކޮޕީ ރަޝީދަކީ، 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ބ.އަތޮޅު އަތޮޅުވެރިކަމާއި، ދިވެހިބަހާއި ތާރީހަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރުކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.

ކޮޕީ މުހައްމަދު ރަޝީދު

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2021

ކޮޕީ ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވައިފި

16 ނޮވެމްބަރު 2021
ކޮޕީ ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވައިފި
13 ނޮވެމްބަރު 2021

އޮއްސިގެން އެދިޔައީ، ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ އެންމެ އަލި "ކޮޕީ" އެވެ!

13 ނޮވެމްބަރު 2021
އޮއްސިގެން އެދިޔައީ، ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ އެންމެ އަލި "ކޮޕީ" އެވެ!
12 ނޮވެމްބަރު 2021

ކޮޕީ މުހައްމަދު ރަޝީދުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

12 ނޮވެމްބަރު 2021
ކޮޕީ މުހައްމަދު ރަޝީދުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު