Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮޕީ ރަޝީދު އަވަހާރަވުން

ކޮޕީ ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވައިފި

ދިވެހި ދައުލަތަށާއި ދިވެހި މުޖުތަމައަށް ވަރަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ނޮވެމްބަރު 2021 | އަންގާރަ 09:16
ކޮޕީ ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވަނީ

ކޮޕީ ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވަނީ

ދިވެހިބަހާއި އަދަބިއްޔާތާއި މުނިފޫހިފލުވުމުގެ ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ދިވެހިބަހުގެ އެކަޑަމީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއި ކުރެއްވީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވަނީ އަލްމަރްހޫމް ކޮޕީ މުޙައްމަދު ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި، ދިވެހި މުޖުތަމަޢަށް ވަރަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ. އަދި އެބޭފުޅާ ދިވެހި ޤައުމަށް ދޫކުރެއްވީ ވަރަށް އަގުބޮޑު އަދަބީ ތަރިކައެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކޮޕީ މުޙައްމަދު ރަޝީދު ވަކިވެދިޔުމަކީ ދިވެހި ޤައުމަށާއި އަދަބިއްޔާތަށް ލިބުނު ހީނަރުކަމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަ ކުރައްވާފައެވެ.

އުމުރުން 72 އަހަރުގައި ކޮޕީ ރަޝީދު އަވަހާރަވެފައިވަނީ ސްޓްރޯކަކަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ފޮނުއްވުމަށްފަހު ރައީސް ވަނީ މަރުހޫމަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާފައެވެެ.

ކޮޕީ ރަޝީދަކީ، 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވެސް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

ކޮޕީ މުހައްމަދު ރަޝީދު

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2021

އޮއްސިގެން އެދިޔައީ، ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ އެންމެ އަލި "ކޮޕީ" އެވެ!

13 ނޮވެމްބަރު 2021
އޮއްސިގެން އެދިޔައީ، ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ އެންމެ އަލި "ކޮޕީ" އެވެ!
12 ނޮވެމްބަރު 2021

ކޮޕީ މުހައްމަދު ރަޝީދުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

12 ނޮވެމްބަރު 2021
ކޮޕީ މުހައްމަދު ރަޝީދުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
11 ނޮވެމްބަރު 2021

ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވެއްޖެ

11 ނޮވެމްބަރު 2021
ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު