Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ޒުވާނުންގެ ވަފުދު

ދިވެހި ޒުވާނުންގެ ވަފުދެއް އިންޑިއާއަށް!

މީގެ ކުރިން 2018 ގައި ވެސް މި ޕްރޮގްރާމްގެ ދަށުން ޒުވާނުންގެ ވަފުދެއް އިންޑިއާއަށް ގޮސްފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 10 ނޮވެމްބަރު 2021 | ބުދަ 10:56
އިންޑިއާއަށް ދަތުރުކުރަ ޒުވާނުންގެ ވަފުދު

އިންޑިއާއަށް ދަތުރުކުރަ ޒުވާނުންގެ ވަފުދު

ދިވެހިރާއްޖެ އާއި އިންޑިއާގެ އިންޓަނޭޝަނަލް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް (އައިއީވައިޕީ) ދަށުން ދިވެހި 14 ޒުވާނުން ހިމެނޭ ވަފުދެއް، ތަޖުރިބާ އާއި އުނގެނުމުގެ ދަތުރަކަށް އިންޑިއާއަށް ފުރައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއާޒް އެންޑް ސްޕޯޓްސް އިން ރާވާފައިވާ ދަތުރުގައި ދިވެހި ވަފުދުން އެގައުމުގެ ވެރިރަށް ނިއު ދިއްލީ އާއި އާގަރާ އަދި ރާޖަސްތާނުގެ އުދައިޕޫރު ހިމެނޭހެން އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރާނެއެވެ.

މި ދަތުރުގައި އިންޑިއާގެ އެގްރިކަލްޗާ ޔުނިވާސިޓީއަށް ޒިޔާރާތްކޮށް ސައިންޓިސްޓުންނާއި ދަރިވަރުންނާ ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކާއި ވަސީލަތްތަކަށް އަހުލުވެރިކުރާނެ ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. އަދި އިންޑިއާގެ އެންމެ މަތީ އެއް ތައުލީމީ މަރުކަޒު ކަމަށްވާ އިންޑިއަން އިންސްޓިޓިއުޝަން އޮފް މެނޭޖްމަންޓަށް ޒިޔާރަތްކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރިތަކާއި ސްޓާޓް އަޕް އިކޯސިސްޓަމްގެ ތައާރަފް ލިބިގަންނާނެއެވެ.

މީގެއިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ބައްދަލުކުރުމުގެ އިތުރުން ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސްއަށް ވެސް ރާއްޖޭގެ ޒުވާނުންގެ ވަފްދު ޒިޔާރަތްކުރާނެއެވެ.

މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއާޒް އެންޑް ސްޕޯޓްސް އާއި ރާއްޖޭގެ ޔޫތް މިނިސްޓްރީން ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ހަމަޖެހުނު ދަތުރެކެވެ. މީގެ ކުރިން 2018 ގައި ވެސް މި ޕްރޮގްރާމްގެ ދަށުން ޒުވާނުންގެ ވަފުދެއް އިންޑިއާއަށް ގޮސްފައިވެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
08 މެއި 2023

ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

08 މެއި 2023
ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް
08 މެއި 2023

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި

08 މެއި 2023
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި
09 އެޕްރީލު 2023

މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި

09 އެޕްރީލު 2023
މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި
24 މާރިޗު 2023

"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި

24 މާރިޗު 2023
"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި
18 މާރިޗު 2023

ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި

18 މާރިޗު 2023
ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު