Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާށިދޫ ދަނޑުތަކުން ވައްކަން ކުރާ މައްސަލަ

ކާށިދޫ ދަނޑުތައް، ވަގުންގެ އަތް ދަށުގައި!

10 ނޮވެމްބަރު 2021 | ބުދަ 09:49

ދަނޑުވެރިން ގަބޫލުކުރާ ގޮތުގައި ކާށިދޫ ދަނޑުތަކުން ވައްކަންކުރަނީ ގިނަ ބަޔަކު ގުޅިގެން

އައިޝަތު ހިދާޔާ
އައިޝަތު ހިދާޔާ | 10 ނޮވެމްބަރު 2021 | ބުދަ 09:49
ކާށިދޫ ދަނޑުތައް - ދަނޑުވެރިން ގަބޫލުކުރާ ގޮތުގައި، ކާށިދޫ ދަނޑުތަކުން ވައްކަން ކުރަނީ ގިނަ ބަޔަކު ގުޅިގެން

ކާށިދޫ ދަނޑުތައް - ދަނޑުވެރިން ގަބޫލުކުރާ ގޮތުގައި، ކާށިދޫ ދަނޑުތަކުން ވައްކަން ކުރަނީ ގިނަ ބަޔަކު ގުޅިގެން

ދިވެހި ރާއްޖޭގެ އެންމެ ބިން ބޮޑު، ފަސް ރަށުގެ ތެރޭގައި ހިމެނޭ ކ. ކާށިދުއަކީ، އާބާދީގެ ގޮތުން ގާތްގަނޑަކަށް ދެހާސް ފައްސަތޭކަ މީހުން ދިރިއުޅޭ ރަށެކެވެ. މި ރަށުގެ ގިނަ ބަޔަކު އާމުދަނީ ހޯދަން ދަނޑުވެރިކަން ކުރަމުން ގެންދާއިރު، އެރަށަކީވެސް ރާއްޖޭގައި ދަނޑުވެރި ކަމަށް  ނަން މަޝްހޫރު ރަށެކެވެ. ރާއްޖޭގެ ރަށްތަކަށާއި މާލޭގެ މާރުކޭޓު ތަކަށް ކާށިދޫ ދަނޑުތަކުން އެންމެ ފެންވަރު ރަނގަޅު ތަކެތި ފޯރުކޮށްދޭން ދަނޑުވެރިން މަސައްކަތްކުރާއިރު، ކާށިދޫ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައްވެސް އެހާމެ ގިނައެވެ. މި ހުރިހާ ގޮންޖެހުން ތަކުގެ ތެރެއިން، ދަނޑުވެރިން ފާހަގަކުރާ އެންމެ ބޮޑު ގޮންޖެހުމަކީ، ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ ނާޖާއިޒު ފައިދާ ވަގުން ނަގާ މައްސަލައެވެ.

ދަނޑުވެރިން ގަބޫލުކުރާ ގޮތުގައި، ކާށިދޫ ދަނޑުތަކުން ވައްކަން ކުރަނީ ގިނަ ބަޔަކު ގުޅިގެންނެވެ. އަދި މިކަމުގެ އަޑީގައި ތިބެނީ މަސްތުވާތަކެތި ބޭނުންކޮށް، އެކަމުގެ ވިޔަފާރި ކުރާ މީހުނާއި ބިދޭސީންނެވެ. މި މީހުން ވަގަށްނަގާ ތަކެތި ގަންނާނެ މާކެޓެވެސް އޮވެއެވެ. މި ތަކެތި މާލެއަށް ވެސް ބޭރުކުރެއެވެ. އެހެންކަމުން، ދަނޑުތަކުން ވަގަށް ނަގާ ތަކެތިން، އެ ބަޔަކު ގެންދަނީ، ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންނެވެ.

Advertisement - newsAdvertisement

ވަގުންގެ ކިބައިން ދަނޑުތައް ސަލާމަތް ކުރުމަށްޓަކައި ކާށިދޫގެ ދަނޑުވެރިން ގެންދަނީ، އެމީހުންގެ އަމިއްލަ ފެންވަރުގައްޔާއި އަދި ކައުންސިލްގެ އެހީވެސް ލިބިގެން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަން ކުރަން، ދަނޑުވެރިންނަށް ދީފައިވާ ބިމުގައި ފެންސު ޖެހުމާއި ދަނޑު ހެއްދުމަށް ބޭނުންކުރާ އާލާތްތައް ބަހައްޓާ ގުދަންތަކުގައި، ތަޅުލެވޭ ގޮތަށް ހެދުން ފަދަ ކަންކަން ހިމެނެއެވެ.

މިކަމާއި ގުޅިގެން ކާށިދޫ ކައުންސިލްގެ ރައީސް މުހަންމަދު އާމިރު،، ދެއްވި ބަސްދީ ގަތުމެއްގައި ބުނުއްވީ، ދަނޑުތަކުން ވައްކަން ކުރާ މީހުނާދޭތެރޭގައި ކައުންސިލުން ހަރުކަށި ފިޔަވަޅު ތަކެއް އަޅަމުން ގެންދާ ކަމުގައެވެ. އަދި ވައްކަން ކުރުން މަދުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅިގެން، ހިންގޭ ހަރަކާތް ތަކުން އެދެވޭ ނަތީޖާއެއް ފެންނަމުން ވެސް އަންނާތީ، ވައްކަން ކުރުން މިހާރު ކުރިއަށްވުރެ މަދުވެފައި ވާކަން ، ފާހަގަ ކުރެވެމުން އަންނަ ކަމަށެވެ.

ކާށިދޫ ދަނޑުވެރިން ދާ އޮހޮރުވައިގެން ކުރާ ބުރަ މަސައްކަތުގައި މޭވާ އަޅާ ހިސާބުން، އެތަކެތި އަތުން ދޫވާ މަންޒަރު ބަލަން ކާށިދޫ ރައްޔިތުން ތިބެނީ ގޮތްހުސްވެ މާޔޫސްވެފައެވެ. ވަގުންގެ ސަބަބުން އެމީހުންގެ ވިޔަފާރިއަށް ދަނީ ބޮޑުތަނުން ގެއްލުން ލިބެމުންނެވެ.

ކާށިދޫދަނޑުވެރިކަންމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

މަސްތުވާތަކެއްޗާއެކު ކާށިދޫ ވަލުތެރެއިން 2 މީހަކު ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
 މަސްތުވާތަކެއްޗާއެކު ކާށިދޫ ވަލުތެރެއިން 2 މީހަކު ހައްޔަރުކޮށްފި
25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް