Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާށިދޫ

މަސްތުވާތަކެއްޗާއެކު ކާށިދޫ ވަލުތެރެއިން 2 މީހަކު ހައްޔަރުކޮށްފި

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކާށިދޫ ޕޮލިސް ސްޓޭޝަނުން މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 07:54
ކާށިދޫ ވަލުތެރެއިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ މީހުން

ކާށިދޫ ވަލުތެރެއިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ މީހުން

ކ. ކާށިދޫ އުތުރު އަވަށު ވަލުތެރެއިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކާށިދޫ ޕޮލިސް ސްޓޭޝަނުން މިމަހުގެ ހަތްވަނަ ދުވަހު މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

ފުލުހުން މައުލޫމާތު ދިންގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ދެމީހުންނަކީ ކާށިދޫ / ސާދާގެ، އުމުރުން 46 އަހަރުގެ އަޙްމަދު ފިރާޤާއި ހަމަ އެރަށު ޝަރަފް، އުމުރުން 43 އަހަރުގެ ސާލިމް ނަޞީރެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ފުލުހުން ކުރި ތަޙްޤީޤުތަކުގައި، ހައްޔަރުކުރެވުނު ދެމީހުންގެ ހަށިގަނޑާއި އެވަގުތު ތިބި ސަރަޙައްދު ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 110 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 10.6 ގްރާމްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ފިރާޤު ހަތް ދުވަހުގެ މުއްދަތައް ބަންދުކުރަން އަމުރު ކޮށްފައިވާއިރު، ސާލިމް ނަޞީރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގެ އިތުރު ތަޙްޤީޤުތައް ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ކާށިދޫމުހައްމަދު ފިރާގުއަލީ ނަސީރުމަސްތުވާތަކެތިހިތަދޫ ޕޮލިސް ސްޓޭޝަންމަސްތުވާތަކެތި ޓްރެފިކްކުރުން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
05 ޑިސެމްބަރު 2025

މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

05 ޑިސެމްބަރު 2025
މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު