Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް ބަހުސް

މެމްބަރުން ޒިންމާދާރުކަމާއެކު ވާހަކަ ދެއްކެވުމަށް މިނިސްޓަރ އަމީރު އެދިވަޑައިގެންފި

2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އިޤްތިޞާދު ދަށަށްދިޔަ ޤައުމަކީ ދިވެހިރާއްޖެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 10 ނޮވެމްބަރު 2021 | ބުދަ 08:08
ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު

ރައްޔިތުންނަށް އޮޅުވާނުލައި، ޒިންމާދާރުކަމާއެކު ވާހަކަދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެދިވަޑައިގެންފިއެވެ.

2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ބަހުސް ކުރަމުން އަންނައިރު ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވާ ހިސާބުތައް ދިމާނުވާކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އޮޅުވާނުލައި ވާހަކަދެއްކެވުމަށް ހުރިހާ މެމްބަރުންނަށް އިލްތިމާސްކުރައްވާފައެވެ.

އަދި މީގެ ކުރީގެ ސަރުކާރުތަކުން ފިސްކަލް ސްޓްރެޓެޖީތަކާއި، މާލީ ރިސްކުތައް ހެދި ނަމަވެސް އެމައުލޫމާތުތައް ރައްޔިތުންނާ ހިއްސާނުކޮށް ފޮރުވާފައި ހުންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއާ ޚިލާފަށް މިސަރުކާރުން އެހުރިހާ މައުލޫމާތުތަކެއް ރައްޔިތުންނަށް ފެންނާނެގޮތަށް ހާމަކަން ބޮޑު ގޮތެއްގައި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައި ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެެ. އަދި މިސަރުކާރުން ދެފުށްފެންނާނެ ގޮތަށް ރައްޔިތުންނަށް ކަންތައްތައް ހާމަކޮށްފައިވާކަން އައިއެމްއެފްއާއި ވޯލްޑްބޭންކް ފަދަ ޖަމިއްޔާތަކުން ފާހަގަކޮށްފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އިޤްތިޞާދު ދަށަށްދިޔަ ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު ވަނީ 32.6 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް މިއަހަރު ރާއްޖޭގެ އިޤްތިޞާދު 33 އިންސައްތަ ކުރިއަރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު މިހާ ހަލުވިކަމާއެކު ކުރިއަރައިގެން ދިޔަ ސަބަބަކީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް ކަމަށެވެ. މީގެ އިތުރުން މިއީ ސަރުކާރުން ރައްޔިތުންނާ ގުޅިގެން ކަންތައްތަކެއް ކުރުމުގެ ނަތީޖާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރު ދައުލަތުގެ ބަޖެޓަށް 38 ބިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ އަދަދު ވަނީ 26 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ. މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުން ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާއެވެ. މިޚަރަދުގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ކޮވިޑްގެ ތެރޭގައި ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި، އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އިތުރުން ލޯނުތައް ދީގެން ވިޔަފާރިތައް އިނދަޖެހުނަ ނުދީ ހިފެހެއްޓުމަށެވެ.

މިނިސްޓަރ ވިދާޅުވީ ބޮޑުތަނުން ޚަރަދު ކުޑަ ނުކުރި ނަމަ ކުރިއަށް އޮތް 10 ނުވަތަ 15 އަހަރާ ހަމައަށް ދިވެހިރާއްޖޭގެ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވެއްޓިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދަރިންގެ ދަރީންނާ ހަމައަށް ދާއިރުވެސް ރާއްޖެ އިޤްތިޞާދީ އަނދަވަޅުން އަރައިނުގަނެވި، ދިގު މުއްދަތަކަށް އިޤްތިޞާދީ ހީނަރުކަމެއްގައި ރާއްޖެ އޮންނާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
30 އޮކްޓޯބަރު 2025

މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

30 އޮކްޓޯބަރު 2025
މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު