Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ތަރައްގީގެ ނަމުގައި ވެށި ހަލާކު ނުކުރަމާ!

ރާއްޖޭގައި ރަށްގިރުމުގެ މައްސަލަ ދިމާނުވާ ހަމަ އެންމެ ރަށެއްވެސް ނެތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2021 | ބުދަ 09:18
ފުވައްމުލަކުގެ ގިރާ ސަރަހައްދު

ފުވައްމުލަކުގެ ގިރާ ސަރަހައްދު

އުފެދުމުގައިވެސް ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެކެވެ. ގުދުރަތީ ގޮތުން ހިމާޔަތާ ރައްކާތެރިކަން ލިބިފައި އޮތް ގައުމެކެވެ. ރަށްރަށުގެ ހޭޅިފަށުގައި ހެދިފައިވާ ގަސްތަކާއި، ވަށައިގެންވާ ފަރުތަކާއި މުރަކަތަކުން ހިމާޔަތް ލިބެއެވެ.

އެހެންނަމަވެސް ޒަމާނަށް އައި ބަދަލާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު، ދިވެހިން ބޭނުންވާ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުތަކުން ކުރަން ފެށި މަސައްކަތުން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް މިވަނީ ބަދަލު އައިސްފައެވެ. ގައުމު ދެމި އޮންނާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ.

ރާއްޖެއަކީ ސިނާއީ ބޮޑެތި މަޝްރޫއުތައް ހިންގައިގެން ޖައްވަށް ވިހަ ގޭސް ބޭރުކުރާ ގައުމަކަށް ނުވި ނަމަވެސް މިއަދު ރާއްޖެއަށް އޮތް ބިރުވެރިކަން ކުޑައެއް ނޫނެވެ. ދިވެހިންގެ އަމިއްލަ އަތުން ވެށި ހަލާކުކުރުމުގެ ނަތީޖާއަކީ، ރަށްތައް ނެތިދިއުމެވެ. ހޭޅިފަޅުގައި ހުރި ވަރުގަދަ ގަސްތައް ކަނޑައި ބިމާ ހަމަކޮށް ތަރައްގީ ގެނައުމަށް ކުރާ މަސައްކަތުން ރަށް ގިރުމާއި، ރަށްރަށުގެ މަލަމަތިން ފެންނަ ފެހިކަން ނެތިގެންދަނީއެވެ. ފަޅުތަކާއި، ފަރުތައް ހިއްކުމުގެ ނަތީޖާއަކަށް ވެގެންދަނީ ވަށައިގެންވާ ބައޯ ޑައިވަރސިޓީއަށް ބަދަލު އައުމެވެ. ގުދުރަތީ ގޮތުން ކަންކަން ހިނގަމުން އަންނަ އުސޫލަށް ބަދަލު އައުމެވެ.

ފަތުރުވެރިކަން ފުޅާވެ ފަޅުރަށްތަކުގައި ރިސޯޓުތައް ތަރަގީކޮށް ރަށްތައް ހުސްވުމުން ފަޅުތައް ހިއްކައި އެތަންތަންވެސް ރިސޯޓުތަކުގެ ގޮތުގައި ތަރައްގީ ކުރުމަށް އަމާޒު ހިފާފައިވާއިރު، އިސާހިތަކު އެ ފަޅުތައްވެސް ހުސްވެގެން ހިނގައިދާނެއެވެ.

ކަންކަން މިހެން ތަރުތީބު ވަމުން އަންނައިރު، މިކަމުގެ ގެއްލުމާއި، ބިރުވެރިކަން މިހާރު އިންތިހާއަށް ބޮޑުވެފައިވާކަން ބައިނަލްއަގުއާމީ މަސްރަހުގައި ހިނގަމުން އަންނަ ބޮޑެތި ބަހުސްތަކުން އަންދާޒާ ކޮށްލެވެއެވެ. މި ބިރުވެރިކަމުގެ ވާހަކަ ގައުމުގެ އިސްވެރިން މިފަދަ ފޯރަމްތަކުގައި ދައްކަވާއިރު، ރާއްޖޭގެ ތަރައްގީގެ ޕްލޭންތައް އޮތީ ތިމާވެށި ހިމާޔަތް ކުރެވޭނެ ރޮނގަކުންތޯ ވިސްނާލަން ޖެހެއެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލައި، ރަށްރަށުގެ ވަށައިގެންވާ ފަޅުތައް ހިއްކާއިރު، އެކަމުން ނުކުންނާނެ ނަތީޖާއާމެދު ވިސްނާލެވުނުތޯއެވެ. ކޮންމެ މިފަދަ ޕްރޮޖެކްޓަކާއެކު، އެކަމުން ތިމާވެއްޓަށްކުރާ އަސަރު ދެނެގަތުމަށް ދިރާސާތަކެއް ކުރެވެއެވެ. އެހެންނަމަވެސް އެ ދިރާސާތަކަކީ، އެންމެ އެކަށީގެންވާ މުއްދަތެއްގައި އެކަށީގެންވާ ގޮތަކަށް ހެދޭ ދިރާސާއެއްކަމާމެދު ސުވާލު އުފެދެއެވެ. ރަށެއްގެ ބަނދަރުހަދާ ދިމާއެއްގެ ސަބަބުން ގުދުރަތީ ގޮތުން އެރަށުގެ ވަށައިގެން ހިނގަމުން އަންނަ ކަންކަމަށް ބަދަލު އައިސް ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ވެއެވެ.

ތަރައްގީގެ ނަމުގައި ގުދުރަތީގޮތުން ހެދިފައި ހުރި ރަށްތަކުގެ އުފެދުމަށް ބޮޑެތި ބަދަލުތައް ގެންނަމުންދާއިރު، ރަށްތައް ފެހިކޮށް ބޭއްވުމުގެ ޕްލޭނެއް ނެތެވެ. ކޮންނަ ބޯޓުތައް ބޭނުންކޮށްގެން ހާހަލާއި ފަޅުތައް ހިއްކަމުންދާއިރު، މި ފަޅުތައް އެކީ ހުސްވެދިއުމުން ދެންވާނެ ގޮތަކާމެދު މިއަދު ވިސްނުމެއް ނެތޭ ދެންނެވިދާނެއެވެ. ފަޅުތަކާއި ކަނޑުތަކުގެ ދިރުމާއި، ރަށްތަކުގެ ހިމާޔަތާއި، ދިވެހިންގެ ކެއިންބުއިމާއި، މިހެންގޮސް ގުޅި ލާމެހިފައި އޮތް ޗޭނުގެ ބޮޅުތައް ނެއްޓި، އެކީ ޗޭނު ބުރިބުރި ވެގެން ދިއުމުން ދެން ވެގެންދާނެ ގޮތަކާމެދު މިއަދު ވިސްނާލުމެއް ނެތި ހުރިހާ ސަރުކާރަކުންވެސް ގެންނަމުން މިދަނީ މި ތަރައްގީއެވެ.

އަދި މިތަރައްގީ ގެނައުމަށްފަހު، ގައުމުގެ ވެރިން ގައުމުން ބޭރަށް ވަޑައިގެން، ބައިނަލްއަގުވާމީ ފޯރަމްތަކުގައި ރާއްޖެ ނެތި ދާނެ ކަމުގެ ބިރުވެރި މެސެޖް ދެއްވުމުން ހަގީގަތުގައިވެސް ހިތަށް ބިރުވެރިކަން ވެރިވެއެވެ. ރަށްތައް ގިރަމުން އަންނަ ސްޕީޑަށް ބަލާއިރު، މިއީ ހަގީގަތެއްކަން އެނގެއެވެ. ރާއްޖޭގައި ރަށްގިރުމުގެ މައްސަލަ ދިމާނުވާ ހަމަ އެންމެ ރަށެއްވެސް ނެތޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ތިމާވެށީގެ ބަހުސްތަކުގެ ކުރީ ސަފުގައި ރާއްޖެއިން ވަކާލާތު ކުރަމުންދާއިރު، ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ތިމާވެއްޓާއި ރައްޓެހި، އަދި ތިމާވެށި ހިމާޔަތް ކުރާ ސިޔާސަތުތައް އަމިއްލަ ގައުމުގައި ތަންފީޒު ވާން ޖެހެއެވެ. ޖައްވަށް ވިހަގޭސް ބޭރުކުރާ ކާރުޚާނާތައް ނެތެއް ކަމަކު، ތަރައްގީގެ ނަމުގައި ތިމާވެއްޓަށް ގެއްލުންދިނުން ކުޑަ ކުރަންޖެހެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީކްލައިމެޓް ޗޭންޖްތަރައްޤީގެ މަޝްރޫޢުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު