Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮޕް26 ކޮންފަރެންސް

ކޮޕް26 ސަމިޓްގައި ކުރިޔަށްދާ މިނިސްޓަރުންގެ ބައްދަލުވުންތައް ކުރިޔަށްގެންދިޔުމަށް ޝައުނާއާ ހަވާލުކޮށްފި

މިނިސްޓަރުންގެ މެދުގައި މަޝްވަރާކޮށްގެން، ޕެރިސް އެގްރީމެންޓްގެ ދަށުން، މޫސުމީ ބަދަލުތަކަށް އެޑަޕްޓްވުމަށް މަސައްކަތްކުރާނެ ގޮތް ކަނޑައަޅާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ނޮވެމްބަރު 2021 | އަންގާރަ 13:16
ކޮޕް26 ކޮންފަރެންސްގެ ތެރެއިން

ކޮޕް26 ކޮންފަރެންސްގެ ތެރެއިން

މިހާރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިޔަށްދާ ކޮޕް26 ކޮންފަރެންސްގައި މިނިސްޓަރުންގެ މެދުގައި ކުރިޔަށްގެންދާ މަޝްވަރާ ބައްދަލުވުންތައް ކުރިޔަށްގެންދިޔުމަށް, ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާއާ, ކޮޕް26 ކޮންފަރެންސްގެ ރައީސް އަލޯކު ޝަރުމާ ހަވާލުކުރައްވައިފިއެވެ.

އެކަމާގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ މިނިސްޓަރުންގެ މެދުގައި މޫސުމީ ބަދަލުތަކަށް އެޑެޕްޓުވުމާ ގުޅޭ ގޮތުން ހިންގާ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު ޝައުނާއާ ހަވާލުކުރައްވާފައިވާކަމަށެވެ.

Advertisement - newsAdvertisement

ޝައުނާގެ މަސްއޫލިއްޔަތުގެ ތެރޭގައި, މިނިސްޓަރުންގެ މެދުގައި މަޝްވަރާކޮށްގެން ޕެރިސް އެގުރީމެންޓުގެ ދަށުން މުޅި ދުނިޔެ މޫސުމީ ބަދަލުތަކަށް އެޑަޕްޓްވުމަށް މަސައްކަތްކުރާނެ ގޮތާއި, އިޖުރާއާތުތަކާމެދު އެއްބަސްވުމަކަށް ވާސިލުވުން ހިމެނެއެވެ. މީގެއިތުރުން އެ ކަމަށް ފައިސާ ހޯދާނެ ގޮތަކާމެދު އެއްބަސްވުމަކަށް ވާސިލުވުމަކީވެސް މި މަސައްކަތުގެ ތެރޭގައި ހިިމެނޭ ކަމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޝައުނާ މި މަސައްކަތްކުރައްވާނީ ސްޕެއިނުގެ އިކޮލޮޖިކަލް ޓްރާންސިޝަން މިނިސްޓަރު އަދި މި ސަމިޓުގެ ނައިބުރައީސް ޓެރެސާ ރިބެރާއާ އެކުގައި ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

ކޮޕް26 ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ކޮންފަރެންސްގެ ފުރަތަމަ ހަފްތާގައި އޮތީ ގައުމުތަކުގެ ލީޑަރުންގެ ވާހަކަފުޅު ދެއްކެވުމާއި ލީޑަރުންގެ މަޝްވަރާތަކެވެ. ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާ މިކޮންފަރެންސްގައި މިހަފުތާގައި ކުރިޔަށްދަނީ, ޕެރިސް އެގްރީމެންޓަށް ވާސިލުވެވޭނެ ގޮތްތައް ކަނޑައެޅުމާއި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ފައިސާ ހަމަޖެއްސުމާއި ގުޅޭގޮތުން ކުރިޔަށްދާ މަޝްވަރާތަކެވެ.

ކޮޕް26

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2021

ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިނުވާނެކަމުގެ ޔަގީންކަން ކޮޕް ބައްދަލުވުމުން ލިބިފައިނުވާތީ، މިނިސްޓަރގެ ކަންބޮޑުވުން

15 ނޮވެމްބަރު 2021
ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިނުވާނެކަމުގެ ޔަގީންކަން ކޮޕް ބައްދަލުވުމުން ލިބިފައިނުވާތީ، މިނިސްޓަރގެ ކަންބޮޑުވުން
14 ނޮވެމްބަރު 2021

ދުނިޔެ ސަލާމަތްކުރުމަށް ގްލާސްގޯގައި ގައުމުތަކުން އެއްބަސްވީ ކޮން ކަންތައްތަކަކަށް؟

14 ނޮވެމްބަރު 2021
ދުނިޔެ ސަލާމަތްކުރުމަށް ގްލާސްގޯގައި ގައުމުތަކުން އެއްބަސްވީ ކޮން ކަންތައްތަކަކަށް؟
14 ނޮވެމްބަރު 2021

ކޮޕް26: ފަހުވަގުތު އެއްބަސްވުމަށް ބަދަލުތަކެއް ގެންނަންޖެހުމުން ކޮޕް26ގެ ރައީސް މަޢާފަށް އެދިވަޑައިގެންފި

14 ނޮވެމްބަރު 2021
ކޮޕް26: ފަހުވަގުތު އެއްބަސްވުމަށް ބަދަލުތަކެއް ގެންނަންޖެހުމުން ކޮޕް26ގެ ރައީސް މަޢާފަށް އެދިވަޑައިގެންފި
13 ނޮވެމްބަރު 2021

ކޮޕް26: ފަހު ވަގުތު އިންޑިޔާއިން ދެކޮޅު ހެދުމުން ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމަށް އެއްބަހެއް ނުވެވުނު

13 ނޮވެމްބަރު 2021
ކޮޕް26: ފަހު ވަގުތު އިންޑިޔާއިން ދެކޮޅު ހެދުމުން ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމަށް އެއްބަހެއް ނުވެވުނު
13 ނޮވެމްބަރު 2021

ޕެރިސް އެގްރިމެންޓަށްފަހު ލީޑަރުން ނިންމި އެންމެ މުހިންމު ނިންމުންތަކާއެކު ކޮޕް26 ނިންމާލައިފި

13 ނޮވެމްބަރު 2021
ޕެރިސް އެގްރިމެންޓަށްފަހު ލީޑަރުން ނިންމި އެންމެ މުހިންމު ނިންމުންތަކާއެކު ކޮޕް26 ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު