Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ ސަލާމަތް ކުރުމުގެ މުޒާހަރާ

މިނިވަންކަމުގެ ވާހަކަ ވިލާ ރޮއްޖަކާހެދި ޖަމަލު ފޮޑިއަށް

މިނިވަންކަމުގެ ދިފާއުގައި ނުކުންނަންވާނީ ވަރަށް ކެރިގެން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2021 | އަންގާރަ 10:35
އިދިކޮޅުކޯލިޝަނުން މާލޭގައި ކުރަމުން އަންނަ މުޒާހަރާ

އިދިކޮޅުކޯލިޝަނުން މާލޭގައި ކުރަމުން އަންނަ މުޒާހަރާ

މިނިވަންކަމަކީ އާދައިގެ ކަމެއް ނޫނެވެ. މިނިވަންކަމުގެ އިހުސާސް ކުރެވޭނީ އަޅުވެތި ވީމައޭ ބުނެ އުޅެނީ އެހެން ވެގެންނެވެ. އޭގެ ހިތިކަމާއި ބިރުވެރިކަމުގެ ސަބަބުންނެވެ. އެހެން ބަޔަކު ނުވަތަ މީހަކު ތިމާ ކޮންޓްރޯލް ކުރާތީއެވެ. ބަޔަކަށް ބަރޯސާވެ އެމީހުން ބުނިއްޔާ ބުނިހާ ގޮތަކަށް އުޅެން ޖެހުނީމާ އެތަހައްމަލް ކުރަން ޖެހޭ ހާލުގެ ސަބަބުންނެވެ. ދީނަކަށް މިއްލަތަކަށް ތިމާގެ ޤައުމަކަށް އައުލާދަކަށް ބެލުމެއްނެތި އަޅުވެތި ކޮށްގެން އުޅޭ މީހާ ބުނިއްޔާ ބުނިގޮތަކަށް ބޯލަނބަން ޖެހުނީމައެވެ.

މިހާލަތުގައި ކަށިން ހިތްވަރު ނެރެގެން ވެސް މީހުން ނުކުންނަނީ ފިސާރި ކެރިގެންނެވެ. އަޅުވެތިކަމުން ސަލާމަތްވުމަށެވެ. ދީނާއި ޤައުމުގެ ދިފާއުގައެވެ. އެވެސް މަރޭ މިވެސް މަރޭ ހީކޮށްލައިގެން ނުކުންނަނީ ޤައުމުތަކުގެ ދިފާއުގައެވެ. އުލުބައިންދާ، ގަހަށް އެލުވާ ދަށުން އަންދާނެކަން ޔަޤީން ވިއަސް އަންނާން އޮތް ޖީލުތަކުގެ ދިފާއުގައެވެ.

ބޭރު ކަރަކަރައިގައި އެކަމަށް ކުރި އިހުތިޖާޖުތަކާއި ބޭއްވި ހަރަކާތްތަކާއި އެކަންކަމުން ނުކުތް ނަތީޖާތަކުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ސީދާ މަށްދިވެހި ބިމަށް ބަލާލަމާ ހެއްޔެވެ.

ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރަން ދޮންބަންޑާރައިން ގެއިން ނުކުންނެވީ އާއިލާއަށް ފަހުން ވީހާލެއް ވެދާނެ ކަމަށް ދޫކޮށްލާފައެވެ. މުނާޖާ ގަޑި އޮޅުވާލައި މުދިންކަލޭގެ ހޮޅިންނަށް ދޯކާދިނީ ނާކާމިޔާބުވެއްޖެނަމަ ބޮލާ ކަނދުރާއާ ވަކިކޮށްލަފާނެކަން ދެނެހުރެގެންނެވެ. ބަލަން ނުތިބެ ކުރި ޖިހާދުން ޤައުމު ސަލާމަތް ކުރީއެވެ.

ޝަހީދު އަލިރަސްގެފާނުގެ ހަށިކޮޅު ފުރާނައާ ވަކިން ބިންމައްޗަށް ވައްޓާލަންދެން ހުންނެވީ ސާބިތުކަމާއެކުގައެވެ. ގާތުގައި ތިބީ ކިތައް މީހުންކަމެއް އަތުގައި ހުރީ ކިހާވަރެއްގެ ހަތިޔާރެއްކަމެއް ބައްލަވާކަށް ނެތި ދުޝްމަނުންނާ ކުރިމަތިލެއްވިއެވެ. މިނިވަންކަމުގެ ދިފާއުގައެވެ.

އެރަސްގެފާނު ޝަހީދުކޮށް ވެރިކަމަށް އެރި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރަން އުތީމު ތިންބެއިން ފުރަތަމަ ދުވަހު ވެސް ފައި ނެންގެވީ އެއީ ދަތި އުނދަގޫ ކަމެއްކަން އެނގިހުންނަވައިގެންނެވެ. އަނގަމަތި މަސްއޮޑިއެއްގައި އެޖިހާދު ފެއްޓެވިއިރު ރަށުގައި ތިބި އެވެރިންގެ އާއިލާތަކަށް ޕޯޗުގީޒުންގެ ކަނޑީގެ ތޫނުކަން ދައްކާލަފާނެކަން އެނގިތިބެއެވެ. އެޖިހާދުގައި އަތްވަކަށް ވާރޭއަކަށް ރެއެއް ދުވާލަކަށް ނުބަލައެވެ.

އިނގިރޭސީންގެ އަތްދަށުން މިނިވަންވި ލިޔުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހިނދުކޮޅަކަށް ނަމަވެސް އިބްރާހީމް ނާސިރު ނިދިކުރެއްވީކީ ކޮންމެހެން ދެރޭދެދުވާ ނުނިދާހުރެ ތާއްޔަށް ޖެހޭތީއެއް ނޫނެވެ. އެލިޔުން ރާއްޖެއަށް ފަހިވާގޮތައް ބަދަލުކޮށް ނުލައިގެންނެވެ.

އެންމެ ފަހުގެ ތާރީޚަށް ވެސް ބަލާލަމާ ހެއްޔެވެ. ނޮވެމްބަރު ތިނެއްގައި ޚާއިނުން ރާއްޖެ ހިފައިން ކުރި ހަނގުރާމައިގައި ޝަހީދު ހުސައިން އާދަމް ކުރިމަތިލެއްވީ އާދައިގެ މީހަކާ ނޫނެވެ. މުޅި އޭޝިޔާއަށް ވެސް މަޝްހޫރު ވަސަންތީއާއެވެ. އަތުގައި ހަތިޔާރު ނެތްކަމާއި އޮތް ވަޒަން ވެސް ހުސްވަންދެން ޤައުމުގެ ދިފާއުގައި ޖިހާދުކުރާނަމޭ ބުނެއެވެ. މަގޭ އަތުގައި ވަޒަނެއް ނެތޭ، އެވެރިން މާގިނައޭ، ބަޔަކު ނާންނަންޏާ މަށަކު އެކަންޏަށް މިކަމެއް ނުވާނެޔޭ ބުނެ ރޮއެރޮއެފާ ދިމާކޮޅަށް އަތްނަގައިގެން އަމާންދިނީކީއެއް ނޫނެވެ. ޖެނެރަލް އިބްރާހީމް ދީދީ މަދަރުސާ ކުއްޖެއްގެ ގޮތުގައި ނުކުމެ ބަޑިގުދަނުގެ ތަޅުދަނޑި ހަވާލުކުރީ ފަސޭހަ ރަހުމަތަކުން ނޫނެވެ. ލައްކަ ހާލުގައި އެހާމެ ބިރުވެރިކަމުގައި ފުރާނަ އަތްމައްޗަށް ލައިގެން ހުރެއެވެ.

މިހުރީ މިނިވަންކަމުގެ ދިފާއުގައި ދިވެހިން ޤުރުބާންވި ވަރެވެ. ފަސްނުޖެހި ކުރެއްވި އަގުހުރި ޖިހާދެވެ.

ދައްކާން މިއުޅެނީ އެވާހަކައެއް ނޫނެވެ. ބުނާން މިއުޅެނީ އިންޑިއާ އައުޓޭ، ޤައުމު ބީވެއްޖެއޭ، އަޅުވެތިކަމޭ މަރުދޭން ޖެހެޔޭ ބުނެ މަތިހަށި ނަގާފައި އުޅުނު ބަޔަކަށް ވީގޮތެއްގެ ވާހަކައެވެ. މާ ގަދައަކަށް ދިދަޖާހާފައި ބޮޑެތި ފޮތިފޭލިތަކުން ސަނދުވާދަމައިގެން ކުރަން އުޅުނު ބޮޑު ޖިހާދެއް ހުއްޓާލި ގޮތުގެ ވާހަކައެވެ. ނޫނެކެވެ. ފަސްކުރި ގޮތުގެ ވާހަކައެވެ. ފިޔާތޮށި ކުލައާއި ރަތްކުލައިގެ ހެދުން އަޅައިގެން ނުކުމެ ރާއްޖެ މިނިވަންކުރަން ކުރަން އުޅުނު ޖިހާދު، އުޑުގައި ދަމާލި ހަމަ އެންމެ ވިލާ ރޮއްޖަކަށް ކެންސަލްކޮށްލި ވާހަކައެވެ. އަޅުވެތިވިއަސް ވިއްސާރައިގައި މަށަކު ތިޔަ އެއްވުމަކަށް ނުދާނަމޭ ބުނާހެން އަންނަ ހުކުރަށް ފަސްކޮށްލި ވާހަކައެވެ. އެހުކުރު ނަގާ ބޯމަތިވަމުން އަންނައިރު މޫސުމާ ބެހޭ އިދާރާއިން އެބުނަނީ ކުރިއަށްވުރެ މޫސުން ގޯސްވެދާނެ ކަމެވެ. އަނެއްކާ ދެންވާނީ ކިހިނެއްބާއެވެ. މޫނުގައި ޖެހި ޗޯކުކޮޅާއި ތުންފަތުގައި ހޭކި ކުލަކޮޅު ފިލާފާނެތީ މިފަހަރުވެސް އަޅުވެތިވާން ދޫކޮށްލާފައި ގޭގައި ތިބޭނީ ހެއްޔެވެ.

ނޫނެކެވެ. ތިޔަހެން އުޅެންޏާ ތިޔައުޅެވެނީކީ އަދި މިނިވަންކަން ގެއްލޭތީއޭ ބުނަން ދައްޗެވެ. ނާފަހެ މިނިވަންކަން ގެއްލޭތީ ކުރާ ހަނގުރާމައަކަށް އުޑުގާ އަޅާލާ ވިލާ ރޮއްޖަކަށް ނޫންނަމަ ކޮށްލާ އޮއިކަޅަކަށް ނުބަލާނެކަން މާޒީން އޮތީ ހާމަވެފައެވެ. ކޮންމެހެން ރޯބުހުތާނު ތަކެއް ހަދާނެ ކަމެއް ނެތެވެ. މާމޮޅު ޑްރާމާތަކެއް ކުޅެ ގޭމް ޖެއްސުމުގެ ބޭނުމެއް ނެތެވެ. ކުރަންޏާ މޮޅު އިތުރީ ހަމަ ރަނގަޅަށް ކެރިގެންކުރުމެވެ. ރޫރޫ އަޅަންޏާ ރަނގަޅުވާނީ ހައްޕު ކިޔައިގެން މަޑުކޮށްލުމެވެ. ހަމަ ގައިމުވެސް ތިޔައީކީ ފަހުގެ ޖީލު ޤަބޫލުކުރާ މާމޮޅު ސިޔާސީ އުކުޅެއް ނޫނެވެ. ތިޔަވާނީ ޖަމަލުފޮޑިއަކަށެވެ.

އިދިކޮޅުން މުޒާހަރާ ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްމީ ގަޑީގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ނުކުތީ މުޒާހަރާ އަށް ހުރަސް އަޅަން

ރަސްމީ ގަޑީގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ނުކުތީ މުޒާހަރާ އަށް ހުރަސް އަޅަން

20 ނޮވެމްބަރު 2024
ޖަޒުބާތުގައި ދަތްދޮޅިދޮށަށް އަތްލާ ހިސާބަށް، ތަރުޖަމާނުގެ ޖަވާބަކީ ހިނިތުން މޫނެއް

ޖަޒުބާތުގައި ދަތްދޮޅިދޮށަށް އަތްލާ ހިސާބަށް، ތަރުޖަމާނުގެ ޖަވާބަކީ ހިނިތުން މޫނެއް

20 ޖެނުއަރީ 2023
ވެރިކަމުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ދެއްވިކަމަށް ޔާމީނު ވިދާޅުވުމުން، އެތައް ބައެއްގެ ފާޑުކިޔުން

ވެރިކަމުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ދެއްވިކަމަށް ޔާމީނު ވިދާޅުވުމުން، އެތައް ބައެއްގެ ފާޑުކިޔުން

27 މާރިޗު 2022
އިދިކޮޅު މުޒާހަރާއިން 11 މީހުން ހައްޔަރުކޮށްފި

އިދިކޮޅު މުޒާހަރާއިން 11 މީހުން ހައްޔަރުކޮށްފި

25 މާރިޗު 2022
އަންނަ ހުކުރު ދުވަހު ވެސް ޕީޕީއެމް/ޕީއެންސީގެ ޚާއްސަ ޖަލްސާއެއް

އަންނަ ހުކުރު ދުވަހު ވެސް ޕީޕީއެމް/ޕީއެންސީގެ ޚާއްސަ ޖަލްސާއެއް

19 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު